17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ކަދާ އިންވިޓޭޝަން ކަޕްގެ ސެމީއަށް ޓީމުތައް ހޮވިއްޖެ

  • ގްރޫޕް "ބީ" އިން ސެމީ އަށް ދަތުރުކުރީ އެފްސީ ގޫވަލް އަދި ޕާކް ބޯއިސް
  • ގްރޫޕް "އޭ" އިން ސެމީ އަށް ދަތުރުކުރީ އެފްސީ ލެޖެންޑްސް އާއި އެފްސީ އޭ

| | | @Saaif80 | |މި މުބާރާތުގެ ސެމީގައި ވާދަކުރާ ޓީމެއް -- ފޮޓޯ:ރާއްޖެ.އެމްވީ

ގދ. ވާދޫ ޔުނައިޓެޑް އެލަޔަންސް އޮފް ވާދޫ (ޔޫއޭވީ) ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ "ކަދާ އިންވިޓޭޝަން ކަޕް 2017" ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްއަށް ޓީމުތައް ހޮވިއްޖެއެވެ.  

ޖުމްލަ ހަ ޓީމެއް ބައިވެރިވި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީއަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ގްރޫޕް "އޭ" އިން ސެމީއަށް ދަތުރުކުރީ އެފްސީ ލެޖެންޑްސް އާއި އެފްސީ އޭ އެވެ. ގްރޫޕް "ބީ" އިން ސެމީއަށް ދަތުރުކުރީ އެފްސީ ގޫވަލް އަދި ޕާކް ބޯއިސްއެވެ.

މި މުބާރާތުގައި ގްރޫޕް "އޭ" ގެ ފަހު މެޗުގައި ކްލަބް ޓީއެންޓީ އަދި އެފްސީ އޭ ބައްދަލުކުރި މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ އޭ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ އެފްސީ އޭގެ ޖާޒީ ނަމްބަރު 10، އިބްރާހިމް ނިޔާޒް (ބޭޑާ) އެވެ.

މު މުބާރާތުގެ ގްރޫޕް "ބީ" ގެ ފަހު މެޗުގައި ޕާކް ޖޫނިއާސް އަދި ޕާކް ބޯއިސް ކުޅުނު މެޗު 4-2 އިން ކާމިޔާބުކުރީ ޕާކް ބޯއިސްއެވެ. މި މެޗުގައި ޕާކް ބޯއިސްގެ ކީޕަރު ވަނީ ޕާކް ޖޫނިއާސްއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕާކް ބޯއިސްގެ ޖާޒީ ނަމްބަރު 3، ނާއިފް ޝަފީގް (ޔުނާ) އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "އޭ" ގެ އެއްވަނަ ޓީމު ދަ ލެޖެންޑްސް އަދި ގްރޫޕް "ބީ" ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ކޮލިފައިވި އެފްސީ ގޫވަލްއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް "އޭ" ގެ ދެވަނަ ޓީމް ކަމަށްވާ ކްލަބް ޓީއެންޓީ އަދި ގްރޫޕް "ބީ" ގެ ދެވަނަ ޓީމްގު ގޮތުގައި ސެމީ އިން ޖާގަ ހޯދި ޕާކް ބޯއިސްއެވެ. އަދި ސެމީގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ދެވަނަ ސެމީ އިން މޮޅުވާ ޓީމެވެ.

މިމުބާރާތުގެ ސެމީގެ މެޗުތައް މިއަދާއި މާދަމާގެ ވަގުތުތަކުގައި ކުރިޔަށްދާނެއެވެ.

ޔޫއޭވީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މި މުބާރާތަކީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަށް ހިންގާ މުބާރާތެކެވެ. މި މުބާރާތުގެ ފައިސާގެ އިނާމެއްގެ ގޮތުން 50،000 (ފަންސާސް ހާސް ރުފިޔާ) ކަނޑައަޅާފައިވާއިރު މި މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅެންތެރިން ކުޅެމުންދާކަން ޔޫއޭވީއިން ފާހަގަކުރެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ