17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރައީސް މައުމޫންގެ ސުވާލު: ގައުމުގެ މުސްތަގްބަލް ބޭރުގެ ބަޔަކަށް ވިއްކާލުމުގެ އިހްތިޔާރު އެންމެ މީހަކަށް އޮންނާނެތޯ؟

  • ރައީސް ޔާމިން މިހާރު ހުންނެވީ ޗައިނާގައި
  • ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން
  • މި އެގްރީމެންޓްގައި ހިމެނިފައިވާ ކަންކަން ވަނީ ވަރަށް ބޮޑަށް ސިއްރުކުރެވިފައި

| | | FathimathShana | |ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ފޮޓޯ:މިހާރު

ތިން ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ގައުމެއްގައި އެންމެ މީހަކަށް ގައުމުގެ މުސްތަގްބަލް ބޭރު ބަޔަކަށް ވިއްކާލުމުގެ އިހްތިޔާރު އޮންނާނެތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލުކުރައްވައިފި އެވެ.

ރައީސް މައުމޫން މިފަދައިން ސުވާލު ކުރައްވާފައިވާ އިރު، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި ރައީސް ޔާމިން ނިންމަވައި އެކަން ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ. އަދި ރައީސުލްޖުމްހުރިއްޔާ މިހާރު ހުންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ދައުވަތުފުޅަކަށް އެގައުމަށް ވަޑައިގަންނަވާ އެވެ. ބެލެވެ ގޮތުގައި މި ދަތުރުފުޅުގައި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެއެވެ. 

 

 

ރައީސް ޔާމީން ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދެގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާAli Shameem

1 ހަފްތާކުރިން

Thoraa Boarainge Kibain Miraajje Naasiru Salaamah Kuree Seenu Karayah Migaumu Vikkaakah Noon Hithaamayakee Raajje Iguthisaadhee Alhuvethi Kamuge There Ah Yaameen Vattaairuves Hanu Thibeythee Amillayah Namuge Kuriyah Izzahtheri Laigen

1
0