17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރައްވައިފި

  • ޓެރެރިޒަމްގެ ކުށް ސާބިތުކޮށް ނަޝީދުގެ މައްޗަށް ހުކުމްކުރީ މާޗް 2015ގައި
  • ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 18 ޖެނުއަރީ 2016ގައި

| | | 8Abbo | |ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ނަޝީދު އެމްޑީޕީގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަނީ -- ފޮޓޯ:އާކައިވް

ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ކުރީގެ ރައީސް މުހައްމަދު ނަޝީދު  ބުދަ ދުވަހު ތަކުރާރު ކުރައްވައިފިއެވެ.

 ސްރީލަންކާގެ އެންމެ މަޝްހޫރު އެއް ޚަބަރު ޗެނަލް ކަމަށްވާ ނިއުސްފަސްޓްގެ ނިއުސްލައިން ޝޯގައި ރައީސް ނަޝީދު ވިދާޅުވީ " އާދެ އަޅުގަނޑު ދާނަން، އަޅުގަނޑު އުއްމީދު ކުރަން ދިއުމަށް އަދި އަޅުގަނޑު ދާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ވަޑައިގަތުމުން ވާނީ ކިހިނެތްތޯ  ހައްޔަރު ކުރައްވަފާނެ ނޫންތޯ ޕްރެޒެންޓަރ ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ އުއްމީދު ކުރައްވަނީ "ހަމަ ވިސްނުމަށް އައިސް" އެހެން އެކަން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ދަނީ ރަނގަޅު މަގުންތޯ ބެލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

މާޗް13، 2015 ގައި އެ މަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާއިރު 18 ޖެނުއަރީ 2016 ގައި  ބޭސްފަރުވާއަށް އެ މަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވިފަހުން އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނަވާއިރު ދޭތެރެ ދޭތެރެއިން ސްރީލަންކާއަށް ނަޝީދު ވަޑައިގަންނަވައެވެ. މީގެ އިތުރުން ޓެރެރިސްޓެއް ކަމަށް ދިވެހި ރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައިވާ ނަޝީދު ވަނީ އިންޑިއާ، އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ފޯރަމްތަކާ ތިމާވެށީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރައްވާފައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ