17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރައީސް ޔާމީންގެ ސަރުކާރުން ކުރާ ކަންތަކާ ދެކޮޅު މީހުން ޕީޕީއެމްގެ ތެރޭގައި ވެސް އެބަތިބި: ރިޔާޒް ރަޝީދު

  • ތަރައްގީ އަށްޓަކައި ގުޅުން ކަނޑާލަން ޖެހުނު ކޮންމެ ބަޔަކާ ވެސް ގުޅުން ކަނޑާނަން
  • ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބުނު ގެއްލުމެއް ނެތް
  • ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖެ އަށް މިނިވަން ކަމާއެކު ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ

| | | sahubaan | |



ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރޮޔާޒް ރަޝީދު -- ފޮޓޯ:މުހައްމަދު ޝަރުހާން

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަން ކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ފަދައިން ޕީޕީއެމްގެ ތެރޭގައި ވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އެބަތިބި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އިން އަންގާރަ ދުވަހުގެ ރޭ އެ ޕާޓީގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބް ކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނީ އެމަނިކުފާންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބައެއް ޕީޕީއެމްގެ ތެރޭގައި ވެސް ތިބިކަން ގަބޫލު ކޮށްގެން ކަމަށެވެ. އަދި އެއީ ބަދަލު ކުރެވެން ނެތް ހަގީގަތެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރައީސް އަބުދުﷲ ޔާމީން ގެންނަވާ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން  ރިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ހަތަރު އަހަރު މުޅި މާލެ ސަރަހައްދަށް ގެނެސްދީފައިވާ ތަރައްގީ އަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެރިކަމުގެ 30 އަހަރުގައި މުޅި ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީގެ 50 ޕަސެންޓް ތަރައްގީ މި ވެރިކަމުގެ ހަތަރު އަހަރު ތެރޭގައި މާލެ ސަރަހައްދަށް ގެނެސްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާބޮޑު ތަރައްގީއެއް ގެނެސްދޭނެ އިތުރު ވެރިއެއް ނާންނާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމް ކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ރާއްޖެ އަށް އަންނަ ތަރައްގީއާ މެދު އަވައްޓެރި ގައުމުތަކުން ހަސަދަވެރިވަމުންދާ ކަމަށެވެ. 

ރިޔާޒް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އަލަށްވި އެއްބަސްވުމެއް ނޫން ކަމަށާއި މީގެ ކުރިންވެސް އޭގެ އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ތަރައްގީ އަންނަ ކަމަށާއި އަދި ރާއްޖޭގެ ތަރައްގީ އަށް ޗައިނާ އިން ވެދިން އެހީ ވީ އިތުރު އެއްވެސް ގައުމެއް މި އުޑުދަށުގައި ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ބައެއް އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވަނީ އެ ގައުމުތަކުގެ ވިޔަފާރިތައް ގެއްލޭތީ ކަމަށެވެ. 

ރިޔާޒް ވިދާޅުވީ، ކޮމަން ވެލްތާ ގުޅުން ކަނޑާލުމުން ރާއްޖެއަށް ލިބުނު ގެއްލުމެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން މިނިވަން ކަމާއެކު ވެރިކަން ކުރުމުގެ ފުރުސަތު މިއަދު ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް އަންނަ ތަރައްގީގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށާއި އެކަން ހުއްޓުވުމަށް ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާޒް ރަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށްޓަކައި ގުޅުން ކަނޑާލަން ޖެހޭ ކޮންމެ ބަޔަކާ ސަރުކާރުން ގުޅުން ކަނޑާލާނެ ކަމަށާއި އަދި ތަރައްގީ އަށްޓަކައި ގުޅުން ބަދަހި ކުރަން ޖެހޭ ކޮންމެ ބަޔަކާ އެކުވެސް ގުޅުން ބަދަހި ކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ