17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ގދ. ވާދޫ އިން ކަރަންޓް ކެނޑުމާ ގުޅިގެން ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކުރަނީ

  • ކަރަންޓު ކެނޑިފައި ވަނީ 7 ޖެހިއިރު
  • ކަރަންޓުގެ ހިދުމަތް އެ ރަށަށް އަލުން ލިބިގެންދާނެ ވަގުތެއް ބުނާކަށް ނޭނގޭ

| | | sim_kamana | |



ވާދޫ ރައްޔިތުން މަގުމަތީގައި -- ފޮޓޯ:އަބުދުﷲ ނަސީރު އިބްރާހިމް

ގދ. ވާދޫ އިން ކަރަންޓް ކެނޑުމާ ގުޅިގެން އެ ރަށު ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ ރަށުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ މިރޭ 7:00 ހާއިރުން ފެށިގެން އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ކަރަންޓް ކެނޑެން ދިމާވީ ތިން ޖަނަރޭޓަރު ފެއިލްވުމާ ގުޅިގެން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމީހާ އިތުރަށް ބުނީ އެ ރަށުގައި މިވަގުތު ހުރި ތިން ޖަނަރޭޓަރުގައި މައްސަލަ އުޅޭ ކަމުގެ މައުލޫމާތު ފެނަކަ ކޯޕަރޭޝަނާ ހިއްސާކޮށްފައިވާ ކަމަށާއި، އެ ކޯޕަރޭޝަނުން އިތުރު ސްޕެއަރ ޕާޓްސްތައް އެ ރަށަށް ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

 

ވާދޫން ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން ރައްޔިތުން މަގުމަތީގައި

 

އަހަރުގެ މި ދުވަސްކޮޅަކީ ރަށުގެ ގިނަ ކުދިންތަކެއް ހިތާނަކުރާ ދުވަސްވަރަކަށްވާ އިރު މިކަހަލަ ކަމެއް ދިމާވުމުން ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

އެ ރަށުގެ ކައުންސިލް މެޖޯރިޓީ ސަރުކާރަށް އޮވެމެ، ކަންތައްތައް އެގޮތަށް ދިމާވުމުން، ސަރުކާރުން އެ ރަށު ރައްޔިތުންނާ މެދު އަޅާނުލާ ކަން ހާމަވެގެން ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފަށާއި ވާދޫގެ ޕަވަރ ހައުސް މެނޭޖަރު އިބްރާހިމް ވަޖުދީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

 

ވާދޫން ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން ރައްޔިތުން މަގުމަތީގައި

 

ކަރަންޓުގެ ހިދުމަތް އެ ރަށަށް އަލުން ލިބިގެންދާނެ ވަގުތެއް ބުނަން ނޭނގޭ ކަމަށް ވެސް އެ ރަށުން މައުލޫމާތުދެއެވެ.

  

 

 

 

    

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ