17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލަންކާގެ 30 ބޯޓެއް އޮޔާދޭ، އެކަމަށް ސަމާލުވޭ: އެމްއެންޑީއެފް

  • ގިނަ އަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާ އެބަދޭ
  • ދިވެހި މަސްވެރިންނާއި ދަތުރުވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ

| | | DeNaseer | |



އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ -- ފޮޓޯ:އެމްއެންޑީއެފް

ރާއްޖޭގެ އުތުރާއި ހުޅަނގު އުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން "އޮކި" ގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައި ޖެހި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމުގެ ޚަބަރު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި މިދުވަސްވަރަކީ ތޫފާން "އޮކި"އާ ގުޅިގެން ގިނަ އަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ދުވަސްވަރަކަށް ވާތީ، ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖެގެ ބައެއް ރަށްތަކަށް ވެސް ގެއްލުން ލިބުނު ތޫފާން އޮކިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ސްރީ ލަންކާ އަށެވެ. އެ ތޫފާނުގައި ސްރީ ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެފައި ވެސް ވެއެވެ. އަދި މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ އިރު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް ތޫފާނުގެ އަސަރުކޮށް މަސްވެރިންތަކެއް ގެއްލިފައި ވެއެވެ. އިންޑިއާ ސިފައިން ވަނީ ކަނޑުމަތިން ގިނަ އަދަދެއްގެ މަސްވެރިން ހޯދާފައެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ