17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

މިނިސްޓަރު ސައީދަށް އަބްދުﷲ ރިޔާޒު ދެއްވި ރައްދު: ތިޔައީ މީސްމީހުންގެ ތައްޕާހުން މަގާމުގެ ދިފާއުގައި އުޅޭ މީހެއް؟

  • ސައީދު ވިދާޅުވެފައި ވަނީ ގާސިމް ރަނގަޅު ވާނީ ވިޔަފާރި ކުރަން ކަމަށް
  • ރިޔާޒު ވިދާޅުވީ އެއް އިރެއްގައި ގާސިމް ވަރެއް ނެތިގެން އުޅުއްވި ކަމަށް

| | | phaxyn | |މެމްބަރު އަބްދުﷲ ރިޔާޒު އަދި މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ:މުހަމްމަދު ފަޒީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރަނގަޅު ވާނީ ވިޔަފާރި ކުރަން ކަމަށް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ރައްދު ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިނިސްޓަރު ސައީދަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ވެރިކަން ހޯދައިދިނުމަށް އުޅުއްވިއިރު، އެވަރެއް ނެތް ކަމަށެވެ. އަދި އޭރު ވާދަވެރި ކެންޑެޑޭޓް އަދި މިހާރު ރައީސްކަން ކުރައްވާ އަބްދުﷲ ޔާމީނަކީ ވެރިކަމަށް ކަމުދާ ބޭފުޅެއް ކަމަށް ނުވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަން ލިބިލެއްވި ހިސާބުން ރައީސް ޔާމީން ވަރެއް ސައީދަށް ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާޒު ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސަރުކާރުން ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން ލިބިފައިވާ ވަޒީރުކަމުގެ މަގާމު ދިފާއު ކުރެއްވުމަށް މިނިސްޓަރު ސައީދު ޖުމްހޫރީ ޕާޓީ ދޫކޮށްލެއްވި ކަމަށެވެ. އަދި ސައީދު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާއިރު ރައީސް ޔާމީން ވަރެއް ނެތް ކަމަށް ވެސް ރިޔާޒް ވިދާޅުވެފައި ވެއެވެ. 

ރިޔާޒު ވިދާޅުވީ ސައީދު ދައްކަވަނީ އަމިއްލަ ނަފްސަށް ޔަގީން ކަމެއް ނެތި މީސް މީހުންގެ ތައްޕާހުން އުޅޭ މީހުން ދައްކާ ފަދަ ވާހަކައެއް ކަމަށެވެ. 

 

ސަރުކާރުގެ މިނިސްޓަރުގެ ތެރެއިން މިވަގުތު ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ސައީދު ފެންނަމުންދާއިރު، ގާސިމްއާ ގުޅޭ ގޮތުން ސައީދު މީގެ ކުރިން އެފަދަ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

ސައިދަކީ ރައްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓް ކަމަށްވާ ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓްގެ ކުރީގެ މެނޭޖަރެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެއް ގާސިމްގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ސައީދު ސިޔާސީ މައިދާނަށް ނިކުންނެވީ ވެސް ގާސިމް އިބްރާހީމާ އެކު ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާދުއްޕާން

2 ހަފްތާކުރިން

ކާންދީ ބޮޑުކުރީވެސް ގާސިމްއިބުރާހީމް. ކިޔަވަން ފޮނުވާ އެކަމައް ޚަރަދުކުރީވެސް ގާސިމް އިބުރާހީމް. ،،، ހަހަހަހަހަހަހަ ... ލަދު ކުޑަ

1
0
Gamaru

2 ހަފްތާކުރިން

Hahahaha

2
0