17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރު ވެސް ޑޫސާން ޑައިވޫ އިންޖީނަށް

  • މިއީ މި އެވޯޑް ހޯދި ތިން ވަނަ ފަހަރު
  • ރާއްޖޭގެ 400 އޮޑީގައި މި އިންޖީނު ބޭނުން ކުރޭ

| | | FathimathShana | |



ވީއޭއެމްކޯގެ ޝޯ ރޫމް -- ފޮޓޯ:އާކައިވް

ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު ޑޫސާން ޑައިވޫ އިންޖީނު ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ އަރޓް ގެލެރީގައި ކުރިއަށްދިޔަ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2017 ގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު ޑޫސާން ޑައިވޫ ހޯދި އިރު މިއީ އެ ބްރޭންޑަށް ޖެހިޖެހިގެން މި އެވޯޑް ލިބުނު ތިން ވަނަ ފަހަރެވެ. ޑޫސާން ޑައިވޫ އިންޖީނު ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ވީއޭއެމްކޯގެ ފަރާތަކުންނެވެ. މި އެވޯޑްގެ އިތުރުން އެންމެ މަގްބޫލު މެރިން އިކުއިޕްމެންޓް ސަޕްލަޔަރގެ އެވޯޑް ވެސް ވީއޭއެމްކޯއިން ވަނީ ހާސިލުކޮށްފަ އެވެ.

ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށް ވުރެ ގިނަ އޮޑީގައި ބޭނުން ކުރަމުން އަންނަ، ގިނަ ދުވަހަށް ގެންގުޅެވޭ އަގުހެޔޮ ތެޔޮ ހަރަދު ކުޑަ އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ އިންޖީނެއް ކަމަށް ވީއޭއެމްކޯ އިން ހާމަކުރެ އެވެ.

މި އިންޖީނަކީ 160 ހޯސްޕަވަރުން ފެށިގެން 1200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނު ވީއެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.

ވީއޭއެމްކޯ ސަރވިސް ސެންޓަރުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިންޖީނު މަރާމާތުކޮށް ސަރވިސްކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭ ކަމަށް އެކުންފުނިން ބުނެ އެވެ. މެރިން އިންޖީނުގެ އިތުރުން އޮޑި ދޯނިފަހަރަށް ބޭނުންވާ އެހެނިހެން ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައް ވެސް ވީއޭއެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ