17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ގައުމީ ކޯޗުގެ އެއްބަސްވުން އާނުކުރަން އެފްއޭއެމް އިން ނިންމައިފި

  • ގައުމީ ކޯޗުގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު

| | | MrLeevaan | |



ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓްވާޓް -- ފޮޓޯ:މިހާރު

 

ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓްވާޓްގެ އެއްބަސްވުން އާނުކުރަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ކޯޗުގެ އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށާއި، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ގައުމީ ޓީމުގެ ކޮމެޓީން ކުރިޔަށް ގެންދާ ކަމަށެވެ.

ސްޓްވާޓްގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ ކުރިން ގައުމީ ޓީމު އެއްވެސް މެޗެއް ކުޅުމަށް އަދި ތާވަލުކޮށްފައެއް ނުވެއެވެ.

ގައުމީ ކޯޗުގެ އެއްބަސްވުން އާނުކުރަން ނިންމާފައިވާއިރު، އެސިސްޓެންޓް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ވަނީ މަގާމު ދޫކޮށްލުމަށް ފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ހަވާލުވެފައެވެ. އޭނާ އެ ކްލަބާ ހަވާލުވީ އަންނަ އަހަރުގެ ނިޔަލަށެވެ.

ސްޓްވާޓްގެ އިރުޝާދުގެ ދަށުން އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފަސް މެޗު ކުޅުނު އިރު، އޭގެ ތެރެއިން ރާއްޖެ މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. ކޮލިފައިންގައި ރަށުން ބޭރުގައި ރާއްޖެ ވަނީ ފަލަސްތީން އަތުން 1-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަދި އޮމާން އަތުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. ފަލަސްތީން އަތުން ރާއްޖެ ހަތް ލަނޑުގެ ތަފާތުން ބަލިވެފައިވާއިރު، މިއީ ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ރާއްޖެ މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމު ޝެޑިއުލް އަދި އޮތްގޮތުން ދެން އެންމެ އަވަހަށް ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ ރާއްޖޭގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ