25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ފެން

އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

  • ގިނައިން ފެން ބުއިމަކީ ސިކުނޑީގެ ބާރު ގަަދަވާ ކަމެއް
  • ގިނައިން ފެން ބުއިމުން ޒުވާންކަންމަތީ ދަމަހައްޓައިދޭ
އާމިނަތު ނުޒުހާ | nuzu8121

| 21 ނޮވެންބަރު 2017 | އަންގާރަ 22:25 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ކުޑަ ކުއްޖަކު ފެންތައްޓެއް ބޮނީ -- ގޫގުލް

އެނގޭ ހެއްޔެވެ؟ ހަށިގަނޑުގައިވާ ކޮންމެ ސެލްއެއް ވެސް އެކަށީގެންވާ ގޮތުގައި މަސައްކަތްކުރަން ފެން ބޭނުންވެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފެނަކީ ވަރަށް ވެސް މުހިއްމު އެއްޗެކެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތްކުރުމުގައި އެންމެ މުހިއްމު އެކައްޗަކީ ފެނެވެ. އެގޮތުން ސިކުނޑިއަކީ ފާހަގަކޮށްލެވޭ ގުނަވަނެކެވެ. ހަށިގަނޑަށް ބޭނުންވާ ތެތްކަން ނުވަތަ އެތެރެ ހަށީގެ ހޫނު މަޑުކުރުމަށް އަހަރެމެން ދިޔާތަކެތި ބޮއި ހަދަމެވެ.

އެހެނިހެން ދިޔާތަކެތީގެ ބަދަލުގައި ހަމައެކަނި ފެން އެކަނި ބޭނުންކޮށްގެން ވެސް ފަރުޖައްސާލެވިދާނެކަން އެނގޭ ހެއްޔެވެ؟ ކެއުމަށް ވެސް އަދި ބުއިމަށް ވެސް ފެން ނޫން އެހެން އެއްވެސް އެއްޗެއް ބޭނުން ނުކޮށް 30 ދުވަސް ވަންދެއް ހުރުމުން ވާނެ ބައެއް މުހިއްމު ފައިދާތައް ހިއްސާކޮށްލާނަމެވެ.

ވިސްނުން ތޫނުވެ މޮޅު ޚިޔާލްތައް އައުން

އެހެން އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ފެންބުއިމުން ސިކުނޑީގެ މަސައްކަތް ހަލުއިވެއެވެ. އަދި ވިސްނުމުގެ ބާރު ގަދަކޮށްދެއެވެ. "ފްރޮންޓިއާސް އިން ހިއުމަން ނިއުރޯ ސައިންސް ޖާނަލްގައި ބުނެފައިވާ ގޮތުގައި، ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް އޮކްސިޖަން ބޭނުންވެއެވެ. އަދި ފެނަކީ އޮސިޖަން މަތީ މިންވަރަކަށް ހިމެނޭ އެއްޗެއް ކަމަށްވުމާ އެކު، ގިނައިން ފެން ބުއިމުން ސިކުނޑިއަށް ބޮޑަށް އޮކްސިޖަން ލިއްބައިދެއެވެ. ސިކުނޑިއަށް އޮކްސިޖަން ލިބޭ ވަރަކަށް ރަނގަޅަށް ފޯކަސް ކުރުމަށާއި، ވިސްނުން ތޫނުވެ ކަންކަމަށް ޝައުގުވެރިކަން އިތުރުކުރުވައެވެ. އަދި ކަންކަމުގައި އަވަސް ނިންމުން ގެނެސް ބުއްދިވެރިކަމާ އެކު މައްސަލަތައް ހައްލުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ދުވާލަކު 8-10 ތަށި ފެން ކޮންމެހެން ވެސް ބޯން އާދަކުރާށެވެ. އަދި ހަމައެކަނި ފެން އެކަނި ބޭނުން ކުރިއަސް ވިސްނުމުގެ ބާރު 30 އިންސައްތަ އިތުރުވާ ކަމަށް ސައިންސްވެރިން ބުނެއެެވެ.

ޒުވާންކަންމަތީ ދަމަހައްޓައިދޭ

ޑެއިލީ މެއިލްގައި ރިޕޯޓްކުރި ލިޔުމެއްގައި ބުނި ގޮތުގައި 30 ދުވަސްވަންދެއް މެދު ނުކެނޑި ހުސް ފެން އެކަނި ބުއި 42 އަހަރުގެ އަންހެނަކު އޭނާގެ އުމުރަށް ވުރެ 10 އަހަރު ޅަ ކަމަށް ދެއްކިއެވެ. އޭނާ ދުވާލަކު ތިން ލިޓަރުގެ ފެން ބުއީ، ބޮލުގައި ރިހުމާއި، ބަނޑުހިކުމުގެ މައްސަލަ ތަކުރާރުކޮށް ދިމާވަމުންދާތީއެވެ. އެގޮތަށް ކަންކުރީ ޑޮކްޓަރުގެ ވެސް ލަފައާ އެކުގައެވެ. އޭނަގެ އެތަށް ޒަމާނަކަށް ދެމިގެން ދިޔަ މި ދެ މައްސަލަ އެއްކޮށް ހައްލުވީ 30 ދުވަސް ވަންދެއް މެދުނުކެނޑި ފެން ބުއިމުންނެވެ. ތިރީސް ދުވަސްވަންދެއް ހުސްފެން ބުއިމުން މޫނާއި ގައިގެ ހަންގަނޑު އޮމާންކޮށްލާ ތާޒާކޮށްލައެވެ. އަދި ހަށިގަނޑުގެ ތެއްކަން ހިފަހައްޓައިދީ ވިދުން ގެނުވައެވެ.

ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ

ސްލޮވޯކިއާގެ ހަރު ބަހެއްގައި ބުނަނީ، "ސާފު ފެނަކީ އެެންމެ ފުރަތަމަ އުފެދުނު ބޭހެވެ" އަދި އެއީ ތެދެއް ވެސްމެއެވެ. ފެން އަހަރުމެންގެ ހަށިގަނޑު ސާފުކޮށްދެއެވެ. އަދި ހަށިގަނޑުގެ މަސައްކަތް ފުރިހަމަކޮށްދެއެެވެ. ލިވާ އަދި ކިޑްނީގެ މަސައްކަތް ހަލުއިކޮށްދެއެވެ. މި ގުނަވަންތަކަކީ ހަށިގަނޑުން ވިހައާއި ބޭކާރު ބައިތައް ބޭރުކޮށްދީ، ލޭ ސާފުކޮށްދޭ ދެ ގުނަވަނެވެ.

ހިތުގެ ހިގުން ވަރުގަދަކޮށްދޭ

ފެން ބުއިމުން ހިތުގެ ހިނގުން ރަނގަޅުކޮށްދެއެެވެ. ގިނައިން ފެން ބުއިމުން ހާޓް އެޓޭކް ޖެހުމާއި، ލޭމައްޗަށް ދިއުމުން ދުރުކޮށްދެއެވެ. ރޭގަނޑު ނިދުމުގެ އެއްގަޑިއިރު ކުރިން ފެންތައްޓެއް ބުއިމުން ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ. އަދި ހިތަށްލޭ ފޮނުވައިދޭން ފަސޭހަވެއެވެ.

އިންސާނެއްގެ ހަށިގަނޑުގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ފެނެވެ. އެހެންކަމުން ފެނަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު ވަސީލަތެކެވެ. ކާނާއާ ނުލާ އިންސާނަކަށް އެތަށް ދުވަހަކު ދިރިއުޅެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެކަމަކު ފެނާ ނުލައި އިންސާނަކަށް ދިގު މުއްދަތަކަށް ދިރިހުރުމަކީ ނުވާނެ ކަމަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް