17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ދެވަނަ ކައިވެންޏެއް ކުރައްވައިފި

  • ޒެއިންގެ ކައިވެނި ހަފްލާ ބޭއްވީ ކުރުނބާ އައިލެންޑް ރިސޯޓުގައި
  • މިއީ ޒެއިންގެ ދެވަނަ ކައިވެނި
  • ނަޝާޔާއާއި ޒެއިން ކައިވެނި ބައްލަވައިގަތީ ހޯމަ ދުވަހު

| | |



ރައީސް ޔާމީންގެ ދޮށީ ދަރިކަލުންގެ ކައިވެނި ހަފްލާގައި ރައީސް ޔާމީނުގެ ބޭފުޅުންނާއި އަނބިކަނބަލުން -- ފޮޓޯ:ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ދޮށީ ދަރިކަލުން، ޒެއިން އަބްދުﷲ ޔާމީން ދެވަނަ ކައިވެންޏެއް ކުރައްވައިފި އެވެ.

ޒެއިން އަރިސް ބޭފުޅެއްގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެއިން ކައިވެނި ކުރެއްވީ ހޯމަ ދުވަހު އެވެ. ކައިވެނި ހަފުލާ ބާއްވާފައިވަނީ ކުރުނބާ އައިލެންޑް ރިސޯޓުގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކައިވެނި ހަފްލާގައި ރައީސް ޔާމީނާއި، އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ހަފްލާގައި ރައީސް ޔާމީނުގެ ދަރިކަނބަލުންނާއި ހަނގު ދަރިކަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކައިވެނި ހަފްލާގައި ނަޝާޔާގެ ބައްޕަ އާއި މަންމަ

ޒެއިން ކައިވެނި ބައްލަވައިގަތީ ނަޝާޔާ އަލީ ޝިމްރީއާ އެވެ. ނަޝާޔާއަކީ ސަން އެފްއެމްގެ ކުރީގެ ސްޓޭޝަން މެނޭޖަރު އަލީ ޝިމްރީގެ ދަރިކަނބަލެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިއީ ޒެއިންއާއި ނަޝާޔާގެ ވެސް ދެވަނަ ކައިވެންޏެވެ. 

ޒެއިން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ދައުލަތުގެ ގެއެއް ކަމަށްވާ، މުރައިދޫގޭގަ އެވެ. މުރައިދޫގެއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް ޒެއިންއަށް ކުއްޔަށް ދިނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މީޑިއާތަކުން އެއިރު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕާޓްމެންޓުގެ ކުލީގެ އަގަކީ 12،000 ރުފިޔާ އެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



އާސިމު

3 ހަފްތާކުރިން

މަރުޙާބާ. ހުރިހާވެސް އުފަލަކީ ޤައުމަށް ގެނެސްދޭ ތަރައްޤީގެ ބާނީގެ އާއިލާއަށް މިފަދަ އުފާވެރިކަން އަންނަ ހިނދު ފިސާރި ބަފައެއްގެގޮތުގައި އާއިލާޔާއެކު ހުންނަވާކަން

0
0
މަރިޔަން

4 ހަފްތާކުރިން

މަރުހަބާ. ދެރައީ ރައްޔިތުންގެ ގިނަ ބައެއްގެ ނަފްރަތާ، ބަދު ދުއާ ވެސް ލިބިދާނެތީ

13
2
އއދއ

4 ހަފްތާކުރިން

އދއދ