17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އެމެރިކާއާ ރާއްޖެ އަސްކަރިއްޔާގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

  • ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ
  • ދެޤައުމު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ

| | 14 ނޮވެންބަރު 2017 | އަންގާރަ 22:37 | nuzu8121 | |ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް -- ފޮޓޯ:އެމްއެންޑީއެފް

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ޑިފެންސް އެޓާރޗޭ ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެޤައުމު ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ލެފްޓިނެންޓް ކާނަލް ޑަގްލަސް ހެސް، މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް