19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް

  • މިއީ ކޮންގްރެސްގެ އަޑު އެހުމަކަށް ސެޝަންސް ހާޒިރުކުރެވުނު 3ވަނަ ފަހަރު

| | | @Miuvaan | |



ެއެމެރިކާގެ ބަންޑާރަ ނައިބު ޖެފް ސެޝަންސް، ކޮންގްރެސްގައި އޮތް އަޑު އެހުމެއްގެ ކުރިން ހުވާކުރަނީ -- ފޮޓޯ:ގޫގުލްސް

އެމެރިކާގެ ބަންޑާރަ ނައިބު ޖެފް ސެޝަންސް އެޤައުމުގެ ސެނެޓްގެ ކޮމިޓީއަކަށް ހުވާގެ މަތީގައި ހުންނަވައިގެން އިތުރުފުޅު ހެއްދެވި ކަމަށް ކުރެވޭ ތުހުމަތުތައް އަނެއްކާވެސް ދޮގުކުރައްވައިފިއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖުޑީޝަރީ ކޮމިޓީގައި ކޮންގްރެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސެޝަންސް ވިދާޅުވީ 2016ވަނަ އަހަރު ޖޯޖް ޕަޕަޑާޕޮލޮސް އާއިއެކު ބައްދަލުކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެކަމުގެ ތަފްޞީލެއް ހަނދާން ނެތް ކަމަށެވެ. ސެޝަންސް އިތުރުފުޅު ހެއްދެވި ކަމަށް ޑިމޮކްރޭޓުންނާއި އާއްމުން ބުނަންފެށީ މި ބައްދަލުވުމުގެ އެއްވެސް ހަނދާނެއް ނެތް ކަމަށް ސެޝަންސް މީގެ ކުރިން ކޮންގްރެސް އިންޓެލިޖެންސް ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެންނެވެ. މި ބައްދަލުވުމުގެ ވާހަކައެއް ނެތް ކަމަށް ސެޝަންސް ވިދާޅުވެފައިވަނިކޮށް ޕަޕަޑާޕޮލޮސް ވަނީ އެބައްދަލުވުމުގެ ފޮޓީއެއް އާއްމުކޮށްފައެވެ.

ޖޯޖް ޕަޕަޑާޕޮލޮސް އަކީ ރަޝިޔާ އާއި ގުޅުން އޮންނަ މީހެކެވެ. އަދި ޕަޕަޑާޕޮލޮސް އާއި ޖެފް ސެޝަންސް އާއި ދެބޭފުޅުން ބައްދަލުކުރައްވައި، ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިންއާއި، ކެމްޕޭން ދުވަސްވަރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރުމަށް އެފަދަ ބައްދަލުވުމެއް ރޭވިތޯ ކޮންގްރެސްގެ މެމްބަރުން ވަނީ ސުވާލު ކޮށްފައެވެ. މި ސުވާލުތަކުގެ ޖަވާބުގައި ސެޝަންސް ވިދާޅުވީ އެފަދަ ބައްދަލުވުމެއްގެ ހަނދާނެއް ނެތް ކަމަށެވެ.

ބައްދަލުވުން ބޭއްވިކަން މިހާރު ހަނދުމަފުޅުވެއްޖެ ކަމަށް ވިދާޅުވަމުން ސެޝަންސް ވިދާޅުވީ އޭނާ އިތުރުފުޅު ހެއްދެވިކަމަށް އަދިވެސް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އިތުރުފުޅު ހެއްދެވިކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށެވެ.

ރަޝިޔާގެ މައްސަލައިގައި ބަންޑާރަ ނައިބު ޖެފް ސެޝަންސް އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލަ ފެންމަތިވުމުން، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ ތަހުޤީޤްކުރުމަށް އެފްބީއައިގެ ކުރީގެ ވެރިޔާ ރޮބަރޓް މުލަރ، ރައީސް ޓްރަމްޕްވަނީ އައްޔަން ކުރައްވާފައެވެ.

މައްސަލަ ބޮޑުވެފައިވާ ބައްދަލުވުމާއި ގުޅޭ ގޮތުން ޖޯޖް ޕަޕަޑާޕޮލޮސްވެސް އެމެރިކާގެ މަރުކަޒީ ތަހުޤީޤީ އިދާރާ، އެފްބީއައިއަށް އިތުރުފުޅު ހެއްދެވިކަން ވަނީ ފަޅާއަރާފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ