19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ވަކި ގޮތެއް އަންގަންދެން މާރުކޭޓްގެ ގޮޅިތައް ހުސްކުރުން މަޑުޖައްސާލައިފި

  • ގޮޅިތައް ހުސްކުރަން އަންގާފައި ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން
  • އެއްބަސްވުންތައް ވަނީ ބާތިލްވެފައި
  • ގޮޅިތައް ބަލަހައްޓަނީ ހައުސިން މިނިސްޓްރީން

| | | sampathmasiw | |



ލޯކަލް މާރުކޭޓްގެ ގޮޅިތައް ހުސްކުރުން : ވީޑިއޯ ރިޕޯޓް -- ވީޑިއޯ: ރާއްޖެ ޓީވީ

މާލޭ ލޯކަލް މާރުކޭޓް ގޮޅިތައް ހުސްކުރަން ހައުސިން މިނިސްޓްރީން ކުރި އިއުލާން އެ މިނިސްޓްރީން ބާތިލްކޮށްފިއެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ ވެރިންނަށް ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު އަންގާފައި ވަނީ ތިން ދުވަސް ތެރޭގައި ގޮޅިތައް ހުސްކުރަންޖެހޭނެ ކަމަށެވެ. ގޮޅިތައް ހުސްކުރަން އެންގީ އެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެކަށީގެންވާ މުއްދަތެއް ނުދީ ގޮޅިތައް ހުސްކުރަން އެނގުމާ ގުޅިގެން ގޮޅިތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން،  ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގޮޅިތައް ހުސްކުރަން އެންގި އެންގުން އެ ބާތިލްކޮށްފަ އެވެ.

 

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

"ހޯމަ ދުވަހު ގެނެސްފައި އޮތް ލިޔުމުގައި އޮތީ ތިން ދުވަހުގެ ތެރޭގައި ގޮޅިތަށް ހުސްކުރަށޭ، ހުސްނުކޮށްފިނަމަ ތިމަންނަމެން އައިސް ގޮޅިތަށް ހުސްކުރާނަމޭ، ނެރޭ އިރު ލިބޭ އެއްވެސް ގެއްލުމަކަށް ގެއްލުމެއްނުވާނެކަމަށް އެންގީ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

ލޯކަލް މާރުކޭޓްގައި ގޮޅިތައް ހިންގާ ބައެއް މީހުން ބުނި ގޮތުގައި ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި ގޮޅިތައް ހުސް ނުކޮށްފި ނަމަ، އެ މިނިސްޓްރީގެ ފަރާތުން މީހުން ގޮސް ގޮޅިތައް ހުސްކުރާނެ ކަމަށެވެ. އަދި އެގޮތަށް ހުސްކުރާއިރު މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.

ހަރުކަށި މި އެންގުމާ ގުޅިގެން ގޮޅިތަކުގެ ވެރިން ހައުސިން މިނިސްޓްރީއަށް އަންގާފައި ވަނީ ތިން ދުވަސްތެރޭގައި ގޮޅިތައް ހުސް ނުކުރެވޭނެ ކަމަށެވެ.

"މިއީ އެތައް ބައިވަރު ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތް މިއީ،އެހެންވީމަ ބޮޑު ގެއްލުމެއް މިއީ، މިހާރު އިއްޔެ (އާދީއްތަ) ދުވަހު ގެނައި ލިޔުންތައް ވަރަށް ގިނަ މީހުން ގޮސް ޕީޕީއެމް އޮފީހަށް އަޅާލައިފި، އެކަމުގެ ހައްލުގެ ގޮތުން މިހާރު މި ބާތިލްކުރީ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

"އިއުލާންގައި ވާނެ ގޮތަކީ ތިން ދުވަހުގެ ތެރޭގައި ހުސްކުރަން އެންގީމަ އަހަރުމެންނަން އެކަމެއް ނުކުރެވޭނެ، އެހެންވެގެން އަހަރުމެން ދިޔައީ އޮފީހަށް، ދިޔާމަ އެއްވެސް ބޮޑުމީހެއް ނެތިގެން މާދަމާ ކޮންމެސް ގޮތެއް ހަދާދޭނަމޭ ކިޔާފައި، މިހާރު ތިހިރަ ފެންނަނީ ވަކި ގޮތެއް ފެންނަން ދެން ވަގުތީ ގޮތުން ނިންމާލާފައި ' ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

މާލޭ ލޯކަލް މާރުކޭޓްގައި ގާތްގަނޑަކަށް 180 ގޮޅި ހުރެ އެވެ. ނަމަވެސް އޭގެ ތެރެއިން ވިޔަފާރިކުރަނީ ގާތްގަނޑަކަށް 100 ގޮޅީގައެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތައް އެންމެ ފަހުން ދޫކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް  ސިޓީ ކައުންސިލަށް ގޮޅިތައް ނުބެހެއްޓޭ ކަމަށް ބުނެ، ގޮޅިތައް ބަލަހައްޓަމުން ހައުސިން މިނިސްޓްރީ ދަށަށް ބަދަލުކުރި އެވެ.

ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ބުނި ގޮތުގައި  ސިޓީ ކައުންސިލާއެކު ހެދި އެއްބަސްވުން މީގެ ދެ އަހަރު ކުރިން ވަނީ ހަމަވެފަ އެވެ. އެއަށް ފަހު އެއްބަސްވުންތައް އާކުރާނެކަން އެންގި ނަމަވެސް، އަދިވެސް އާނުކުރެ އެވެ.

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

" މިހާރު އެއްބަސްވުންތައް ބާތިލްވިތާ ދެ އަހަރު ވެއްޖެ، އޭގެ ފަހުން އެންގީ އެގްރިމެންޓްތައް  ހައުސިން މިނިސްޓްރީއަށް ހުށަހަޅަން، ބާތިލްވީމަ ހުށައެޅި ފަހުން ޙަބަރެއް ނުވޭ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ