19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!

  • މަހަކަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ލަންކާއަށް ޒިޔާރަތްކުރި

| | | @Miuvaan | |



ނިމިދިޔަ މަހު ފަހުކޮޅު ލަންކާއަށް ޒިޔާރަތްކުރި އެމެރިކާ މަނަވަރެއް -- ފޮޓޯ:ކޮލޮމްބޯ ޕޭޖް

އަވަށްޓެރި ސްރީލަންކާއަށް ފުލުފުލުގައި އެކި ޤައުމުތަކުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތައް ޒިޔާރަތް ކުރަމުން އެބަދެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިންގެ ނިމިޓްޒް ކެރިއަރ ސްޓްރައިކް ގްރޫޕްގެ 6 މަނަވަރު ލަންކާއަށް ޒިޔާރަތްކުރިއެވެ. އެ ލަޝްކަރުގައި މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒްގެ އިތުރުން، އިތުރު 5 ހަނގުރާމަމަތީ މަނަވަރު ލަންކާއަށް ޒިޔާރަތްކުރިއެވެ. 1985ވަނަ އަހަރުގެ ފަހުން ލަންކާއަށް ޒިޔާރަތްކުރި ފުރަތަމަ އެއަރކްރާފްޓް ކެރިއަރއަކީ ޔޫއެސްއެސް ނިމިޓްޒްއެވެ. އެލަޝްކަރުގައި ލަންކާއަށް ޒިޔާރަތްކުރި އެމެރިކާ ކަނޑުގެ ސިފައިންވަނީ ލަންކާ ސިފައިންނާއިއެކު ގިނަ އަދަދެއްގެ ތަމްރީންތަކުގައި ބައިވެރިވެފައެވެ. އަދި އެކިކަހަލަ ހަރަކާތްތައް ދެޤައުމު ސިފައިން ގުޅިގެން ހިންގާފައިވެއެވެ.

ޗައިނާގެ އަސްކަރިއްޔާގެ މަނަވަރެއް ކަމަށްވާ ކީޖީ ގުއާން ކޮޅުނބަށް ބަނދަރުކޮށްފައިވަނީ ނޮވެމްބަރު 10ގައެވެ. މި ޒިޔާރަތުގައި ޗައިނާ ސިފައިން ވެސް ވަނީ ލަންކާގެ ސިފައިންނާއިއެކު ތަމްރީންތަކެއް ބާއްވައި، ގުޅުން ބަދަހިކުރުމަށް ހަރަކާތްތަކެއް ހިންގާފައެވެ. ލަންކާއާއި ޗައިނާއިން ގެންދަނީ އަސްކަރީގޮތުން ގުޅުން ބަދަހިކުރަމުންނެވެ. ޚާއްސަކޮށް ޗައިނާގެ ކަނޑުގެ ސިފައިން އާއްމުކޮށް ޒިޔާރަތްކުރާ ތަނަކަށް ލަންކާވަނީ ވެފައެވެ.

 

ލަންކާއަށް ޒިޔާރަތްކުރި ޗައިނާގެ މަނަވަރަށް މަރުހަބާ ކިޔަނީ

ޗައިނާގެ މަނަރު ފުރުމާއިއެކު އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވެސް ވަނީ މިހާރު ލަންކާއަށް ބަނދަރު ކޮށްފައެވެ. އޮސްޓްރޭލިއާ ކަނޑުގެ ސިފައިންގެ މަނަވަރު އެޗް.އެމް.އޭ.އެސް ނިއުކާސަލް ލަންކާއަށް ބަނދަރު ކޮށްފައިވަނީ 184 ސިފައިންނާއިއެކުގައެވެ. 4 ދުވަހުގެ މިޒިޔާރަތުގައި އޮސްޓްރޭލިއާ ސިފައިންވެސް ލަންކާ ސިފައިންނާއިއެކު ތަމްރީނުތައް ބާއްވާނެއެވެ.

 

ލަންކާއަށް ޒިޔާރަތްކުރި އޮސްޓްރޭލިއާގެ މަނަވަރަށް މަރުހަބާ ކިޔަނީ
އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ