19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

  • ވޮޮޓްފޯޑުން އޭނާ ދޫ ނުކުރާނެ ކަމަށާއި އަދި އޭނާ އާއި ވާހަކަ ދެއްކުމުގެ ފުރުސަތު އެވަޓަންއަށް ނުދޭނެ
  • މާކޯ ސިލްވާ އަންނަނީ ވޮޓްފޯޑަށް ރަނގަޅު ނަތީޖާތަކެއް ހޯދައި ދެމުން

| | | @Saaif80 | |



ވޮޓްފޯޑުގެ ކޯޗު މާކޯ ސިލްވާ - އޭނާ ހޯދުމަށް އެވަޓަންއިން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ:ގެޓީ އިމޭޖާސް

އިނިގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ކޯޗުގެ މަގާމަށް ވޮޓްފޯޑުގެ ކޯޗު ގެންނަން މަސައްކަތް ކުރަމުން އެބަދެއެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުސް ވެފައިވާ އެވަޓަންގެ ކޯޗުގެ މަގާމަށް ވޮޓްފޯޑުގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި އުމުރުން 40 އަހަރުގެ މާކޯ ސިލްވާ ގެނައުމަށް އެވަޓަންއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެނަސް ވޮޓްފޯޑުން އޭނާ ދޫ ނުކުރާނެ ކަމަށާއި އަދި އޭނާ އާއި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެނޭ ކަމަށް އެ ކްލަބުން އެވަޓަންއަށް އަންގާފައިވާ ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ. އޭނާ ހޯދުމަށް އެވަޓަން އިން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.

މާކޯ ސިލްވާ ހޯދުމަށް އެވަޓަން އިން މަސައްކަތް ކުރަމުން އަންނައިރު އޭނާ ވޮޓްފޯޑުގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ މި ސީޒަނުގައެވެ. މިދިޔަ ސީޒަނުގައި ހަލް ސިޓީއަށް އިރުޝާދު ދިން ނަމަވެސް އެ ޓީމު ރެލިގޭޓް ވުމާއި ވިދިގެން ވޮޓްފޯޑުން ވަނީ އޭނާ އެ ޓީމުގެ ކޯޗަކަށް ގެނެސްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ވޮޓްފޯޑުން 11 މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން އެ ޓީމު މިވަގުތު އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވާލުގެ ނުވަ ވަނައިގައެވެ.

އެވަޓަންގެ ކޯޗު ކަމުގެ މަގާމަށް އާ ކޯޗަކު ހޯދަމުން އަންނައިރު އެ ކްލަބުގެ ކޯޗުކަމާއި މިހާރު ވަގުތީގޮތުން ހަވާލުވެގެން ހުރީ އެ ޓީމުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޑޭވިޑް އަންސްވޯތްއެވެ. އަންސްވޯތްގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ ހަމައެކަނި ސިލްވާގެ ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ކުރީގެ ކޯޗު ސޭމް އެލަޑައިސް އެވަޓަންއާއި ހަވާލުވުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. ހަމައެހެންމެ އެވަޓަންއިން ބާންލީގެ ކޯޗުކަމުގެ މަގާމުގައި މިވަގުތުހުރި ޝޯން ޑައިޗް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެނަސް ކޯޗުގެ މަގާމަށް އެވަޓަންގެ ބޯޑުން ހުށަހެޅި ކެނޑިޑޭޓުންގެ ލިސްޓުގެ އެންމެ ކުރި ލިބެނީ ސިލްވާއަށް ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.

އެވަޓަންގެ ކޯޗު ކަމުގެ މަގާމު ހުސްވެފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 5-2 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި އޭރު ހުރި ނެދަލޭންޑްސްގެ ރޮނާލްޑް ކޯމަން އެ މަގާމުން ވަކިކުރުމާއި ވިދިގެންނެވެ.

ކޯމަންގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ