19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ޕިޗު އެޅުމަށް ހަވާލުކޮށްފި

  • މި ތިން ޕިޗު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިމޭނެ

| | | @Saaif80 | |



މާފަންނު ސްޓޭޑިއަމުގައި މި ތިން ޕިޗު އެޅުމަށް ލިމޮންޓާ ސްޕޯޓްސްއާއި ހވާލުކުރުމުގެ ތެރެއިން -- ފޮޓޯ:އެފްއޭމް

މާފަންނު ސްޓޭޑިއަމްގައި ތިން މިނީ ފުޓްބޯޅަ ޕިޗް އެޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުންފުނުޏަކާއި ހަވާލުކޮށްފިއެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މާފަންނު ސްޓޭޑިއަމުގައި މި ތިން ޕިޗު އެޅުމަށް ލިމޮންޓާ ސްޕޯޓްސް އާއި ވަނީ ހަވާލުކޮށްފައެވެ.

މި ތިން ޕިޗަކީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ރައީސްގެ 'މިނީ ޕިޗް ޕްރޮޖެކްޓް އިނީޝިއޭޓިވް' ގެ ދަށުން ރާއްޖެގައި އަޅާ ޕިޗުތަކެކެވެ. އެ ޕްރޮޖެކްޓަކީ އެ އެސޯސިއޭޝަނުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް އެ އެސޯސިއޭޝަނުގެ ރައީސްގެ އިސް ނެގުމަކަށް ހިންގާ ޕްރޮޖެކްޓެކެވެ. ހަމައެހެންމެ މިއީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 'ޓުވާޑްސް ފިއުޗާ' ގެ ތަސައްވަރުގެ ދަށުން ގްރާސްރޫޓްސް އަދި މުޖްތަމައުގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

އެފްއޭއެމްގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ވެފައިވަނީ ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ކުރިއަރުވައި މުސްތަގުބަލަށް ހުނަރުވެރި ޓީމުތަކެއް ބިނާކުރުމެވެ.  

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ