17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

  • އުމްރާ ދަތުރުގެ އަގަކީ 37965ރ.
  • އުމްރާ ދަތުރެއްގެ މުއްދަތަކީ 15 ދުވަސް
  • ގިނަ މީހުން އެކީ އުމްރާއަށް ދިއުމަށް ބައިވެރިވުމުން ޑިސްކައުންޓް ލިބިގެންދާނެ

| | 14 ނޮވެންބަރު 2017 | އަންގާރަ 14:06 | FathimathShana | |



1438 ވަނަ އަހަރު ހައްޖަށް ދިޔަ ގްރޫޕަކުން ފްލައިޓަށް އަރަނީ -- ފޮޓޯ:މެގަމޯލްޑިވްސް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގަށް ބަދަލު ގެނެސްފި އެވެ.

ރަމަޟާން މަހުގެ އުމްރާ ދަތުރަށް އެ ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 37،965ރ. އެވެ. މިއީ 1438 ވަނަ އަހަރު ނުވަތަ 2017 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަގަށް ވުރެ 2,000ރ. ހެޔޮ އަގެކެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގައި 15 ދުވަސް ހޭދަވާ އިރު ގްރޫޕުތަކުން ބައިވެރިވުމުން ވެސް ޑިސްކައުންޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާ ނަމަ 1,000ރ. ގެ ޑިސްކައުންޓް ލިބޭ އިރު 10 މީހުންގެ ގްރޫޕެއް ބައިވެރިވާ ނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި ޕެކޭޖުތައް ނަގާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ދޫކުރާ އުމްރާ ކިޓު ބޭނުން ނުވާ ފަރާތްތަކަށް އިތުރު 1,000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އުމްރާއަށް އެކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ދާން ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިއަލަށް ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ކަންކަން ވަނީ ހަމަޖެހިފަ އެވެ.

 

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަޙްމަދު

2 މަސް ކުރިން

27965/- މިހާރުވެސް ރޯދަމަހު މިއަގަށް ކުރެވޭނެ

0
0