19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ފާރިސް ހައްޔަރުކުރި މައްސަލަ އާއި ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި

  • ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން
  • މިހާރު މައްސަލަ ބައްލަވާ ބެންޗަކީ ސައްހަ ބެންޗެއް ކަމަށް ފާރިސް ގަބޫލެއް ނުކުރައްވާ
  • ފާރިސް ހައްޔަރު ކުރީ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައެއްގައި

| | | sahubaan | |



ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން -- ފޮޓޯ:އާކައިވް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ. 

ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ފާރިސްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން މައްސަލައާ ގުޅޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ. އެގޮތުން ދެފަރާތުން ވެސް އަދި ފާރިސްގެ ފަރާތުން ވެސް ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ ނަމަ އެ ފުރުސަތު ދިން ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ. 

ފާރިސްގެ ވަކީލް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ކުރިން މައްސަލަ ބެއްލެވި ބެންޗަށް ހުށަހަޅާފައިވާނެ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވި ކަމަށެވެ. އަދި މިހާރު މައްސަލަ ބައްލަވާ ބެންޗަކީ ސައްހަ ބެންޗެއް ކަމަށް ގަބޫލު ނުކުރައްވާތީ އިިތުރު ހުށަހެޅުމެއް މައްސަލައާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުން ނުވާ ކަމަށް ފާރިސް ވިދާޅުވި ކަމަށް ގާނޫނީ ވަކީލް ވިދާޅުވިއެވެ. 

ފާރިސްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. އަދި ދައުލަތުގެ ފަރާތުން ވެސް އިތުރު ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ފާރިސްގެ ވަކީލް ވިދާޅުވިއެވެ. 

ވަކީލް ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ސާފް ކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ކަމަށް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވި ކަމަށެވެ. ނަަމަވެސް ބެންޗުން ވަކި ތާރީީީހެއް ވިދާޅުވެފައި ނުވާ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ. 

ފާރިސްގެ އިސްތިއުނާފު މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައެއް ނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް، އިބުތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ