17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ދަށުން 7000 ކުދިން ވަނީ ސްކްރީން ކުރެވިފައި: އެޑިއުކޭޝަން މިނިސްޓަރ

  • 7324 ކުދިންގެ ހެލްތު ސްކްރީން ވަނީ ކުރެވިފައި
  • ތައުލީމީ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައި

| | 14 ނޮވެންބަރު 2017 | އަންގާރަ 11:44 | FathimathShana | |ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ނަތީޖާ ނެރުން -- ފޮޓޯ:އަބްދުﷲ ޒިޔާން އަލީ

ގްރޭޑް 1 ގައި ކިޔަވާ ދަރިވަރުންގެ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ދަށުން، މި ފާއިތުވި ތިން އަހަރު، 7،324 ކުދިން ސްކްރީން ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އައިޝަތު ޝިހާމު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރަކީ، ތައުލީމީ ދާއިރާއަށް ހެޔޮ ގިނަ ބަދަލުތަކެއް އައިސްފައިވާ ދުވަސްތަކެއް ކަމަށާއި ކޮންމެ ކުއްޖަކީ މުހިއްމު އަދި ހުނަރުވެރި ކުއްޖެއް ކަމުގައި ގަބޫލުކޮށް، ކިޔަވައިދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، 2013 ވަނަ އަހަރު، ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް 43 ޕަސެންޓްގައި ހުރި ނަމަވެސް އެއަދަދު މިހާރު 83 ޕަސެންޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 79 ޕަސެންޓް ޕްރިންސިޕަލުންނަކީ ޑިގްރީ ފެންވަރުގެ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ އަސާސީ ޝަރުތު ޑިޕްލޮމާ ފެންވަރަށް މަތިކޮށް 1،123 ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. މިއަދު އެޑިއުކޭޝަނުން އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ 3،000 ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވާ ޓީޗަރުންނަށް ހެދުން ކަމަށާއި އެކަން ވަރަށް އަވަހަށް ހާސިލްވާނެ ކަމުގެ ކުލަވަރުތައް ފެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފާއިތުވީ ތިން އަހަރުގެ ތެރޭގައި ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރި 1،880 ދަރިވަރުން މިހާރު ވެސް ވަޒީފާ އަދާކުރަމުންދާކަން މިނިސްޓަރ އައިޝަތި ޝިހާމު ފާހަގަކުރެއްވި އެވެ.

 

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް