19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

އެއްވެސް ގެއްލުމެއް ނެތި ޚިދުމަތުގައި އަށް އަހަރު؛ ލަފާޖް މޯލްޑިވްސް ސިމެންޓް އަށްް ބޮޑު ކާމިޔާބީއެއް!

  • މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އަބަދުވެސް ސަލާމަތީ ފިޔަވަޅުތައް އިސްކުރުމަކީ ކުންފުނީގެ މައި އަމާޒު

| | | rushdhar | |



ލަފާޖް މޯލްޑިވްސް ސިމެންޓްގެ މައި ކުންފުނި، އެސްޓީއޯގެ މައި އިމާރާތް -- ފޮޓޯ:ގޫގުލްސް

ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކާއި މުއައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުލިބި އަށް އަހަރު ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށާއި މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ލަފާޖް މޯލްޑިވްސް ސިމެންޓުން ބުނެފިއެވެ.

މިކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ހޮޓެލްޖެންގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަފާޖް ހޮލްސިމް ޓްރޭޑިންގގެ ސްޓްރެޓެޖީ އެންޑް ބިޒްނަޒް ޑިވެލޮޕްމަންޓްގެ ވައިސް ޕްރެޒިޑެންޓް، ސްޓެފާން ރިއޯ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަކީ ގިނަ ނުރައްކާތަކެއް ކުރިމަތިވާ ދާއިރާއެއް ކަމަށެވެ. ނަމަވެސް، ލަފާޖް މޯލްޑިވްސްއިން ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރުމުގެ ސަބަބުން، އެއްވެސް ފަރާތަކަށް އެއްވެސް ގެއްލުމެއް ނުލިބި، ޖެހިޖެހިގެން އަށް އަހަރު ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިއީ ނަމޫނާ އިން ކަންކަން ކުރުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ސްޓެފާން ވިދާޅުވިއެވެ.

"މިސާލަކަށް ސައިލޯއެއްގައި ކުލަލާންޖެހުނީ. އެކަން ކުރުމުގެ ކުރިން އަޅުގަނޑުމެން އެބަ ބާއްވަން ކުޑަ ބައްދަލުވުމެއް. އޭގައި ހުރި ނުރައްކާ ދެނެގަތުމަށް. އަޅުގަނޑުމެންނަށް ބުނެވިދާނެ، އެއީ ކުޑަ މަސައްކަތެކޭ، ބައްދަލުވުން ނުބާއްވާ ބައިގަޑިއިރު ސަލާމަތްކުރެވިދާނެއޭ. އެކަމަކު، އަޅުގަނޑުމެން ބޭނުންވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން. އެއްވެސް ހާލަތެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ވުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ސްޓެފާން ވިދާޅުވިިއެވެ.  

ކުންފުނީގެ ޗެއަރޕަރސަން ފާތިމަތު އާޝާން ވިދާޅުވީ މިކާމިޔާބީއަކީ ކުންފުނީގެ މުއައްޒަފުން ސަލާމާތީ ފިޔަވަޅުތަކަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި، ލޮސް ޓައިމް އިންޖަރީ، ނުވަތަ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް، ވީހާ ވެސް މަދުކުރުމަށް ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ވެސް އާޝާން ވިދާޅުވިއެވެ.

އެގޮތުން، މިއަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގުޅިގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްގައި ބައިވެރިވެފައިވާ ކަމަށާއި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހަމަ ކޮންމެ އަހަރަކު ހެލްތު އެންޑް ސޭފްޓީ ވީކެއް ނުވަތަ ދުވަހެއް ބޭއްވުމުގެ އިތުރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސަައްކަތް އެބަކުރަން މި އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނާ ގުޅިގެން މި އެވެއާރނަސް ކުރިއަށްގެންދަން. އެހެންވީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އިރާދަކުރެއްވިއްޔާ މިއަހަރު ކުރިއަށް އޮތް ތާންގައި އަދި އަންނަ އަހަރު ބަޖެޓް ކުރެވިގެން ވަރަށް ގިނަ މިކަހަލަ ޕްރޮގްރާމްތައް ހިންގަން،" އާޝާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގަައި ލަފާޖް މޯލްޑިވްސް ސިމެންޓްގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުއައްޒަފުންނަށް ޚިދުމަތުގެ އަގު ވަޒަންކޮށް، ހަނދާނީލިޔުމެއް ވަނީ އަރުވާފައެވެ. މި މުވައްޒަފުންނަށް ހަނދާނީ ލިޔުންދެއްވީ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ރަޝީދެވެ.

ލަފާޖް މޯލްޑިވްސް ސިމެންޓަކީ 1999 ވަނަ އަހަރު އެސްޓީއޯ އާއި ލަފާޖް ހޮލްސިމްގެ ޖޮއިންޓް ވެންޗަރ ޕާޓްނަޝިޕްގެ ދަށުން ގާއިމްކުރި ކުންފުންޏެކެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ