19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!

  • 1958 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕަކަށްވެސް އިޓަލީ ވަނީ ކޮލިފައި ވެފަ
  • ކޮލިފައިންގް ބުރުން އިޓަލީ ކެޓީ ސްވިޑެން އާއި ވާދަކޮށް
  • އިޓަލީގެ ކީޕަރު ބުފޯން ވަނީ މި މެޗަށްފަހު ރިޓަޔަރ ކޮށްފަ

| | | @IxmaealNaail | |އިޓަލީގެ ކީޕަރު ބުފޯން: އޭނާ ރިޓަޔަރ ކުރަންޖެހުނީ ހިތާމަވެރި ދަނޑިވަޅެއްގައި -- ފޮޓޯ:ގޫގުލްސް

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގގައި ނާކާމިޔާބުވެ، ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިޓަލީއަށް މުބާރާތުގައި ވާދަ ނުކުރެވޭގޮތްވެއްޖެއެވެ.

ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވެ، މުބާރާތުން ކެޓީ، ކޮލިފައިންގްގެ ފަހު ލެގުގައި ހޯމަ ދުވަހުގެރޭ ސްވިޑެން އާއި ދެކޮޅަށް ކުޅެ، 0-0 އިން މެޗު އެއްވަރުވުމުން، އެގްރިގޭޓް ނަތީޖާއިން ސްވިޑެންއަށް ކާމިޔާބު ލިބުމުންނެވެ.

އަންނަ އަހަރުގެ މުބާރާތުން އިޓަލީއަށް ޖާގައެއް ނުލިބުނު އިރު، އިޓަލީއިން ވަނީ 1958 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 60 އަހަރު ބޭއްވި ވޯލްޑް ކަޕް ސިރީޒްގެ ކޮންމެ މުބާރާތެއްގައިވެސް ވާދަކޮށްފައެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އިޓަލީގެ ކުޅަދާނަ ގޯލްކީޕަރު ގިއާންލުއީޖީ ބުފޯން ފުޓުބޯޅައިން ރިތަޔަރ ކުރާނެކަން ކުރިން އިޢުލާނުކޮށްފައިވާއިރު ހޯމަ ދުވަހުގެ ރޭގެ ނާކާމިޔާބީއާއެކު، ބުފޯންގެ ކެރިއަރު ނިންމާލަން ޖެހިފައިވަނީ ބޮޑު ހިތާމަވެރިކަމެއްގެ ތެރެއިންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ