19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ކުޅުދުއްފުށީ ބަނދަރުމަތީ ބެނާ ދަމަން އެމްޕީއެލްގެ 35 މީހުން ތިންރޭ ތިން ދުވާ

  • ބެނާތައް ގެނައީ މާލެއިން
  • ބެނާތައް ކެނޑިއިރު ލިޔުންތައް ހަމަނުޖެހޭ ބެނާވެސް ހުރި
  • ރަށްރަށުން ގެނައި ފެނަކައިގެ މީހުންނަށް ކެއުމަށްވެސް ބޮޑު ޚަރަދެއް ހިނގާނެ

| | | dhonbandaara | |



ރައީސް ޔާމީން ޖަލްސާއަށް ވަޑައިގަންނަވަނީ -- ފޮޓޯ:ރައީސް އޮފީސް

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ބަނދަރުމަތީ ބެނާ ދެމުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 35 މުވައްޒަފަކު ތިން ރޭ ތިން ދުވާ ހޭދަކުރިކަން އެނގިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ކުޅުދުއްފުށީ އެމްޕީއެލްގައި ވަޒީފާ އަދާކުރާ މީހަކު ބުނީ ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަނދަރު ތައްޔާރު ކުރީ އެމްޕީއެލްގެ މުވައްޒަފުން ކަމަށާއި އެކަމަށްޓަކައި 35 މުވައްޒަފުން ގާތްގަނޑަކަށް 3 ރޭ 3 ދުވާ މަސައްކަތް ކޮށްފައިވާނޭ ކަމަށެވެ.

އޭނާ ބުނީ އެތާ ދެމި ހުރިހާ ބެނާއަކީވެސް މާލެއިން އެރަށަށް ފޮނުވި ބެނާ ތަކެއް ކަމަށާއި އެބެނާތައް ހުރީވެސް ޕެކެޓްގައި ބަންދުކޮށްފައި ކަމަށެވެ.

"އެތާކު ނުހުންނާނެ ކުޅުދުއްފުށީ އެހެން މީހަކު ދެމި އެންމެ ބެނާއެއް ވެސް. އެތާ ބެނާ ދަމާ ދިދަ ޖެހީ އަޅުގަނޑުމެން. އެމްޕީއެލްގެ 35 މުވައްޒަފުން ވެގެން" ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ބައެއް ބެނާތަކުގައި ލިޔުންތައް ހުރީ ނުބައިކޮށް ކަމަށާއި އެކަން އެނގެނީ ވެސް ބެނާތައް ޕެކެޓުން ކަނޑާލުމުން ކަމަށް އޭނާ ބުންޏެވެ.

"ބެނާތަކުގައި ވަރަށް ބޮޑެތި މައްސަލަތައް ހުރި. ބައެއް ލިޔުންތައް ހަމަވެސް ނުޖެހޭ" އޭނާ ބުންޏެވެ.

އޭނާ ބުނީ އެމްޕީއެލްގެ މީހުންގެ ސައިގެ ކަންކަން ވެސް ހަމަޖައްސާފައި އޮތްއިރު ސައިދެމުން ދިޔައީ ކޮންމެ މީހަކަށް 20 ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް 20 ރުފިޔާގެ ރޭޓުން ކިތަންމެ ބަޔަކު ގޮވައިގެން ސައިބުއިމަށް ދިޔަޔަސް އެކަން އޮތީ ދޫކޮށްލެވިފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ރަށްރަށުން ވަރަށް ގިނަ މީހުން ގެނައި ކަމަށާއި އެމީހުންގެ ކެއުމުގެ ޚަރަދަށް ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުން ގެނައި ފެނަކައިގެ މުވައްޒަފުންނަށް އެކަނިވެސް 80 ހާހެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ކެރީމާ

4 ދުވަަސް ކުރިން

ދެން ކޮބާތޯ މައްސަލަޔަކީ އެންމެންގެ ރައީސް ނުންތޯ ވަޑައިގަތީ ؟

0
0