17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އޭޓީޕީ ފައިނަލްސް: ފެޑެރާ އަދި ޒަވަރޭވް ފެށުން ރަނގަޅު ކޮށްފި

  • ފެޑެރާ ވަނީ ސީދާ ދެ ސެޓުން ޖެކް ސޮކް ބަލިކޮށްފައި
  • ޒަވަރޭވް ވަނީ ދެ ސެޓު އެއް ސެޓުން ސިލިޗް ބަލިކޮށްފައި

| | 13 ނޮވެންބަރު 2017 | ހޯމަ 17:32 | @Saaif80 | |ފެޑެރާ އާއި ސޮކް ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ:ގެޓީ އިމޭޖާސް

ލަންޑަނުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ރޯޖާ ފެޑެރާ އަދި އެލެކްސެންޑާ ޒަވަރޭވް ކުޅުނު މެޗުތައް ކާމިޔާބުކޮށް އެ ދެ ކުޅުންތެރިން ވެސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިއީ އޭޓީޕީ ޓެނިސް ރޭންކިންގައި މިވަގުތު އެންމެ މަތިން ރޭންކް ކުރެވިފައިތިބި އަށް ކުޅުންތެރިންގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. ކެރިއަރުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ އެމެރިކާގެ ޖެކް ސޮކްއާއި ދެކޮޅަށް ކުޅުނު މެޗުން ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ މޮޅުވެފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފެޑެރާ ގެންގޮސްފައިވަނީ 6-4 އަދި 7-6 އިންނެވެ.

މިއީ ފެޑެރާ މި މުބާރާތުގައި ވާދަކުރާ 15 ވަނަ ފަހަރަށްވާއިރު ސޮކް މި މުބާރާތުގެ ޖާގައެއް ކަށަވަރުކުރީ މިދިޔަ ހަފްތާގައި ފްރާންސްގެ ޕެރިހުގައި ކުޅުނު ޕެރިސް މާސްޓާސް މުބާރާތް ކާމިޔާބު ކޮށްގެންނެވެ. މި މެޗު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ މެޗު ފެއްޓުނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެނަސް ދެވަނަ ސެޓުގައި އުނދަގޫތަކާއި ކުރިމަތިވި ކަމަށެވެ. ފެޑެރާއަށް މިދިޔަ އަހަރުގެ މުބާރާތް ގެއްލުނު ނަމަވެސް އޭނާ މި އަހަރުގެ މުބާރާތަށް ކޮލިފައިވީ މި ސީޒަނުގައި ދެއްކި މޮޅު ކުޅުމާއި ވިދިގެންނެވެ.

މި މުބާރާތުގެ ރައުންޑް ރޮބިންގެ ދެވަނަ މެޗުގައި ޖަރުމަނުގެ އެލެކްސެންޑާ ޒަވަރޭވް ވަނީ ދެ ސެޓު އެއް ސެޓުން ކްރޮއޭޝިއާގެ މަރިން ސިލިޗް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ސިލިޗް ގެންދިޔަ ނަމަވެސް ޒަވަރޭވް ވަނީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. ޒަވަރޭވް ބުނެފައިވަނީ ސިލިޗް އާއި ދެކޮޅަށް ކުޅުނީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ފަހުން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އުއްމީދަކީ މުބާރާތް ކާމިޔާބުކުރުން ކަމަށް ވެސް ޒަވަރޭވް ބުނެފައިވެއެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓްގެ މެޗުތައް ފެށިފައިވާއިރު ސިންގަލްސް އިވެންޓް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބެހިގެންނެވެ. އެއް ގްރޫޕަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޕީޓް ސެމްޕްރަސްގެ ގްރޫޕެވެ. ދެވަނަ ގްރޫޕަކީ ކުރީގެ ޓެނިސް ތަރި ބޮރިސް ބެކަރގެ ގްރޫޕެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް އަދި ހަތްވަނައިގައިވާ ޑޭވިޑް ގޮފިން ހިމެނެނީ ޕީޓް ސެމްޕްރަސް ގްރޫޕްގައެވެ. ނަޑާލް އަދި ގޮފިން އާއެކު ދެން މިގްރޫޕްގައި ހިމެނެނީ ދުނިޔޭގެ ހަތަރު ވަނަ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަދި ދުނިޔޭގެ ހަވަނާގައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފް އެވެ.

މިމުބާރަތުގެ ބޮރިސް ބެކާ ގްރޫޕްގައި ހިމެނެނީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ، ދުނިޔޭގެ އަށްވަނާގައިވާ އެމެރިކާގެ ޖެކް ސޮކް އަދި ތިންވަނާގައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒަވެރޭވްގެ އިތުރުން ފަސްވަނާގައިވާ ޗެކް ރިޕަބްލިކްގެ މަރިން ސިލިޗެވެ.

މި އަހަރުގެ މުބާރާތުގައި އެންޑީ މަރޭ އާއި ނޮވަކް ޖޮކޮވިޗްގެ އިތުރުން ސްޓަން ވަވަރިންކާ ވާދައެއް ނުކުރާނެއެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް