19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި ފުލުހުން ބަހެއް ނުބުނި!

  • މިފަދަ މައްސަލައެއް ބަލާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި
  • ފުލުސް މީހާ ޝަހީބު ފަހާ ދުއްވައިގަތީ ކަތުރެއް ހިފައިގެން

| | | phaxyn | |



ރައީސް އަބްދުﷲ ޔާމީން އާއި ބްރޯޑްކޮމްގެ ރައީސް ޝަހީބު -- ފޮޓޯ:އާކައިވް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި ކޮމެންޓެއް ކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

 ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދޭތޯ އާއި އެމައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ފުލުހުންގެ މީޑިއާއަށް ތަކުރާރުކޮށް އެކި ދުވަސްމަތިން ގުޅުމުން ވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުސް މީހާ ހުށަހެޅި އެ މައްސަލަ ބަލަމުންދާއިރު، ޝަހީބު ވެސް މައްސަލަ ހުށަހަޅުއްވާފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބު ހުށަހެޅުއްވީ އޭނާއަށް ފުލުސް މީހާ ހަމަލާދިން ކަމަށް ވިދާޅުވެ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެމައްސަލައާ ގުޅިގެން އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ. ފުލުސް މީހާ އެމައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ޝަހީބާއި ފުލުހަކާ ދެމެދު ހިނގި އެ ހަމަނުޖެހުމުގެ މަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުން އެކަމެއް ހިނގީ ސޯސަންމަގު އެމްޑީޕީ އޮފީސް ކައިރީގައި ހުންނަ ގެއަކަށް ޝަހީބު ވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ. އެ ގެއަށް ވަދެވަޑައިގެންނެވިތާ އިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ދުވެވަޑައިގަންނަވަމުން ނިކުންނެވި މަންޒަރު ކަމަށް އެ މީހާ ބުންޏެވެ. އަދި ޝަހީބުގެ ފަހަތުން އެހެން މީހަކު ކަތުރެއް ހިފައިގެން އެގެއިން ދުވެފައި ނިކުމެގެން ދިޔަ މަންޒަރު ފެނުނު ކަމަށް އެ މީހާ އޭރު ބުނެފައި ވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބުގެ ފަހަތުން ކަތުރެއް ހިފައިގެން ދިޔައީ ފުލުހުންގެ ސްޕަޝަލް އޮޕަރޭޝަންސް (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހެކެވެ.

މިކަމާ ގުޅޭ ގޮތުން ޝަހީބުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީން މަސައްކަތް ކުރި ނަމަވެސް، ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ