19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ކުޅުދުއްފުށީގައި މި ސަރުކާރުން އެއާޕޯޓެއް ނާޅާނެ:އެމްޑީޕީ

  • ދެ އަހަރުތެރޭގައި ފުއްދަން ބުނި ވައުދު އަދިވެސް ނުފުއްދޭ
  • އެއާޕޯޓަކީ ލޮލުގައި އަޅުވާ އަނދުނެއް
  • ކުޅުދުއްފުށީގެ ތަރައްޤީގެ ތަސައްވަރެއް އެމްޑީޕީގެ އެބަ އޮތް

| | | sampathmasiw | |



ކުޅުދުއްފުށީ ކުޅި:އެއާޕޯޓް އެޅުމަށް ނިންމާފައި ވަނީ ކުޅި ހިއްކައިގެން -- ފޮޓޯ:މުޙައްމަދު ޒާހިރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ ދަޅަ ދެއްކެވި ނަމަވެސް، ކުޅުދުއްފުށީގައި މި ސަރުކާރުން އެއާޕޯޓެއް ނާޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް 2013 ގެ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެފައިވީ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެން ދާއިރު އެކަން ނުކުރައްވާ ހުންނެވިކަން ފާހަގަ ކުރާކަމަށެވެ.  ރައީސް ޔާމީންގެ ސަރުކާރުގެ މަޤްޞަދަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކައި، ކުޅުދުއްފުށީ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުން އެޅުވުން ކަމަށް އެމްޑީޕީން ބުންޏެއެވެ.

ކުޅުދުއްފުށީ ރައްޔިތުން ރައީސް ޔާމީނަން މަރުޙަބާ ދަންނަވަނީ

ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ރައްޔިތުންނާމެދު އެފަދަ ޢަމަލުތައް ހިންގުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

" ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ތަރައްޤީގެ ޕްލޭންތައް އެކުލަވާލަމުން އަބަދުވެސް ގެންދަނީ ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ދެނެގަނެ، އެރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ޙާޞިލުކުރެވޭނޭ ވިސްނުމުގައެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ރިޢާޔަތް ކުރުމަށްފަހުގަ" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


ކުޅުދުއްފުށީގެ ތަރައްޤީގެ ތަސައްވަރެއް އެމްޑީޕީގެ އެބަ އޮތް ކަމަށާއި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަށް ވެފައި، އެޕާޓީގެ ތަރައްޤީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިޤްޠުޞާދީ ނާރެސް ކަމުގައި ވުމުން، ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްޤީ ކުރުމަކީ އެމްޑީޕީން އެކުލަވާލާނޭ ތަރައްޤީގެ ޕްލޭންގެ މައިގަނޑު އެއްބައި ކަމަށް ބަޔާނުގައި ބުނެފައެވެ.

އެޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނބަހާއެކުގައި ކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ޤާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



Yes

5 ދުވަަސް ކުރިން

ފ.އަތޮޅު މީހުންވެސް ތިބޭނީ އެތައްގުނައެއް އުފަލުގަ އިދި ކޮޅު މީހުން އަނގަ ނުތެޅިނަމަ.މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ ތިމާވެށި ހިމަޔާތް ކުރުމަށް؟

0
0
ހ މ ޒ

5 ދުވަަސް ކުރިން

ފ.އަތޮޅު މީހުންވެސް ތިބޭނީ އެތައްގުނައެއް އުފަލުގަ އިދި ކޮޅު މީހުން އަނގަ ނުތެޅިނަމަ.

0
0
ކަނީރުއަލީ

6 ދުވަަސް ކުރިން

ކަނު ބައެއްތަ؟

0
0
ޝުކޫރު

6 ދުވަަސް ކުރިން

ވަރައްބޮޑު ތެދެއްތީ ތިނަންކިޔާރަށެއްވެސްނޯވޭ ކުރުދުއްފުށި

0
0
މުހައްމަދު

6 ދުވަަސް ކުރިން

އޮޅުވާ ވާހަކަ ދައްކަން ލަދު ނުގަނޭތަ؟ ކުޅުދުއްފުށީ 600 ރައްޔިތުން ކުރިމަތީ އެރަށު ހޮސްޕިޓަލް ޖަރުމަން ބަޔަކާ ހަވާލު ކުރި ގޮތް ހަދާން އެބަހުރި !! ރައްޔިތުން އޮޅުވުމުގަ އެންޑީޕީ ވަރެއް ނޯންނާނެ!

0
0