17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ކެޓަލޯނިއާގެ މައްސަލަ: ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެއްޖެ

  • • އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު
  • ލީޑަރުން ހައްޔަރު ކުރުމާ ދެކޮޅަށް ބާސެލޯނާގައި ހޮނިހިރު ދުވަހުވަނީ ބޮޑު އެއްވުމެއް ބާއްވާފައި
  • • ބޮޑުވަޒީރު ރަޚޮއި ވަނީ ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފަ

| | 12 ނޮވެންބަރު 2017 | އާދީއްތަ 18:57 | 8Abbo | |• އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު -- ފޮޓޯ:ރޮއިޓާސް

ކެޓަލޯނިއާގައި އުފެދިފައިވާ ވަކިވެ ގަތުމުގެ ރޫހު ނިމުމަކަށް ގެނައުމަށް އެ ސަރަހައްދުގައި އަންނަ މަހު ބާއްވާ އިންތިޚާބު އެހީއަކަށް ވާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި ވިދާޅުވެއްޖެއެވެ.

މީގެ ދެ ހަފްތާ ކުރިން މައި ސަރުކާރުގެ ބާރުގެ ދަށަށް އެ ސަރަހައްދު ގެންދިއުމަށްފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޒިޔާރަތުގައި ރަޚޮއި ވަނީ އެ މަނިކުފާނުގެ ޕާޓީގެ ކެމްޕެއިން ފައްޓަވައި ދެއްވުމުގެ ގޮތުން ތަގުރީރު ކުރައްވާފައެވެ.

ޕޮޕިއުލާ ޕާޓީގެ ކެމްޕެއިން އިވެންޓްގައި ވާހަކަ ދައްކަވަމުން ރަޚޮއިވަނީ "ސައިލެންޓް މެޖޯރިޓީ" ވޯޓުގައި ބައިވެރިވެ ވޯޓުން ބަސްބުނުމަށް ގޮވާލައްވާފައެވެ.

ޕޮޕިއުލާ ޕާޓީގެ މެމްބަރުންނަށް ބޮޑުވަޒީރު ވިދާޅުވީ އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ އަންނަ އަހަރު ސްޕެއިންގެ އިގްތިސާދު ތިން ޕަސެންޓް ކުރިއަރާނެ ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާނުވަނީ އިގްތިސާދީ ގޮތުން ފަސް ވަނައަށް އެންމެ ވަރުގަދަ ސަރަހައްދުކަމަށްވާ ކެޓަލޯނިއާ ސަރަހައްދު ދޫކޮށް ކުންފުނިތައް ނުދިއުމަށް އެދިވަޑައިގެންފައެވެ.

ކެޓަލޯނިއާގެ ސަރުކާރުގެ ގިނަ އިސް ބޭފުޅުން ތިއްބެވީ ހައްޔަރުކޮށްފަ އެވެ. 

ކެޓަލޯނިއާގެ ލީޑަރުން ހައްޔަރުކުރުމާ ދެކޮޅަށް ހޮނިހިރު ދުވަހު ބާސެލޯނާގައި ބޭއްވި އެއްވުމުގައި 750،000 މީހުން ބައިވެރިވެފައިވާކަމަށް ފުލުހުން އަންދާޒާ ކުރެއެވެ.

ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި އެ ސަރަހައްދުގެ މިނިވަންކަން އިއުލާނު ކުރުމަށް ފެނޭތޯ ބެލުމަށް އޮކްޓޯބަރު މަހުގެ 27 ގައި ނެގި ވޯޓަށްފަހު ކެޓަލޯނިއާ ސަރަހައްދުވަނީ ސްޕެއިންގެ މައި ސަރުކާރުގެ ދަށަށް ގެންގޮސްފައެވެ. މިއާއެކު ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޮއި ނިންމެވިކަން އޮކްޓޯބަރު 28 ވަނަ ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް