17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

މަޓާ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވަނީ!

  • މަޓާ ޔުނައިޓެޑު ދޫކޮށްލަން ވިސްނާފައިވަނީ ފަހަކަށް އައިސް ގަވައިދުން ޔުނައިޓެޑުން ފުރުސަތު ނުލިބޭތީ

| | 12 ނޮވެންބަރު 2017 | އާދީއްތަ 18:48 | @A_HaNnAAn_M | |ހުއާން މަޓާ -- ފޮޓޯ:ގޯލް.ކޮމް

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ހުއާން މަޓާ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ މަޓާ ޔުނައިޓެޑު ދޫކޮށް ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް  ފެތުރިފައިވާއިރު، އޭނާ ހޯދުމަށް ޝައުގުވެރިވާކަމަށް ރެއާލްއިން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބުނެފައެވެ.

ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން މަޓާ ޔުނައިޓެޑު ދޫކޮށް ސްޕެއިންގެ ރެއާލްއަށް ބަދަލުވަނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ސްޕެއިންގެ ގައުމީ ޓީމުން ޖާގައެއް ހޯދުމުގެ ވިސްނުމުގައެވެ.

މި ރިޕޯޓްތައް ބުނާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ހުއާން މަޓާ ޔުނައިޓެޑު ދޫކޮށްލާނެއެވެ.

ރެއާލް މެޑްރިޑުގެ އިތުރުން މަޓާ ހޯދަން އޭނާގެ ކުރީގެ ކްލަބް ވެލެންސިއާއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ސެވިއްޔާއިން ވެސް މަޓާ ހޯދުމަށް ޝައުގުވެރިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަޓާ ޔުނައިޓެޑު ދޫކޮށްލަން ވިސްނާފައިވަނީ ފަހަކަށް އައިސް ގަވައިދުން ޔުނައިޓެޑުން ފުރުސަތު ނުލިބޭތީއެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަޓާ ދިއުން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބު ވެލެންސިއާ އަށެވެ. ވެލެންސިއާގެ ކޯޗު މާސެލީނިއޯ ގާސިއާ ވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ފޯވާޑުން ގެންނާނެ ކަމަށް ބުނެފަ އެވެ. އަދި މަޓާ އަކީ ގެންނަން ބޭނުންވާ ކުޅުންތެރިއެއް ކަމަށްވެސް އޭނާ ވަނީ ކުރިން ބުނެފައެވެ.

މީގެ އިތުރުން މަޓާ ވަނީ ސްޕެއިނުގެ ކްލަބަކަށް ބަދަލުވާނަމަ ވެލެންސިއާއަކީ އޭނާގެ ފުރަތަމަ ކްލަބް ކަމަށް ވެސް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ވެސް އަންނަނީ އެ ޓީމުން ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު އާ ކުޅުންތެރިން އެކުލަބަށް ގެނައުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މަޓާވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް