26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ތަރިކަ ބެހުން

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

  • ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ 10 ޙާލަތަށް ވުރެ ގިނަ ޙާލަތެއް ގައި އަންހެނާއަށް ތަރިކަ މުދަލުން ލިބޭ މިންވަރު އިތުރުވެއެވެ.

| 12 ނޮވެންބަރު 2017 | އާދީއްތަ 10:19 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ތަރިކަ މުދާ ބެހުމުގެ އުސޫލްތައް އިސްލާމް ދީނުގައި ވަނީ އެކަށައަޅާފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

(އޮކްޓޯބަރު 20، 2017 ގެ ބަޔާ ގުޅޭ)

ތަރިކަ މުދާ ބެހުމުގެ އުޞޫލުތައް ހަމަޖައްސަވައިފައި ވަނީ الله تعالى އެވެ. އަދި މުދަލުން ބައި ދިނުމުގެ ތަފުޞީލުތައް ބަޔާންކުރެއްވުމުގައި ވަރަށް މަތިވެރި ޙިކުމަތް އެކުލެވިގެން ވާ ކަން ކަށަވަރެވެ. މިކަން މިހެން އޮތް އިރު الله ވަޙީ ބަސްފުޅުގެ މާނައަށް ވިސްނަމާތޯއެވެ. "ތިޔަ ބައި މީހުންގެ ދަރިންނާ މެދު، الله ތިޔަބައި މީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެ. ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައި މީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) الله ގެ حضرة ން ކަނޑައަޅުއްވައި އަންގަވާފައިވާ فرض އެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، الله އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ." އެވެ. (އައްނިސާ ސޫރަތުގެ 13)

 މި އާޔަތަށް ބަލާއިރު ފުރަތަމަ ބައިގައި ވަނީ އަންހެނަކަށް ލިބޭ މިންވަރުގެ ދެ ގުނަ ފިރިހެނާ އަށް ދިނުމަށެވެ. އަދި ހަމަ އެ އާޔަތުގެ ފަހުބައިގައި ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަވާ ގޮތަށް ތަރިކަ ބެހޭ ޙާލަތެއް ވެސް ވަނީ ބަޔާން ކޮށްދެއްވާފައެވެ. މި އަމުރުފުޅުގައި އަންހެން ފިރިހެން ތަފާތު ކުރައްވައިފައި ނެތެވެ. އެކި ޙާލަތްތަކުގައި އެކި ނިސްބަތުން އެކި މީހުންނަށް ތަރިކަ މުދަލުން ދިނުމަށް الله އަންގަވައި ތަފްޞީލު ތަކާއެކު އަމުރު ކުރައްވައިފައިވާ ސަބަބު ވެސް މި އާޔަތުގެ ފަހު ބައިގައި ވަރަށް ޢިބްރަތްތެރި ގޮތެއްގައި ބަޔާންކުރައްވައިފައި ވެއެވެ.

 

އިސްލާމް ދީނުގައި ތަރިކަ މުދާ ބެހެވޭ ގޮތްތައް

އިލާހީ ކޮންމެ ނިޡާމެއް ވެސް ހަމަ ޖައްސަވައިފައި ވަނީ އިންސާނުންނަށް ޓަކައެވެ. އިންސާނުންގެ ލާބައާއި، މަންފާ އަށްޓަކައެވެ. އެބައި މީހުންގެ މަޞްލަޙަތަށްޓަކައެވެ. އެހެން ކަމުން ތަރިކަމުދާ ބެހުމުގެ އެއްމެހައި  ޙާލަތްތަކަށް ފިކުރުކޮށް ދިރާސާކުރާ މީހަކަށް ހާމަވާނެ ޙަޤީޤަތަކީ ތަރިކަ ބެހުމުގައި ވެސް އަންހެނުންނަށް އިސްކަން ދެވިފައިވާ ކަމެވެ. އަދި އިސްލާމް ދީނުގައި އަންހެނާ އަކީ ޢާއްމުގޮތެއްގައި، ވިހާ ދުވަހުން ފެށިގެން މަރުވުމާ ހަމައަށް ކޮންމެ ވެސް ފިރިހެނެއްގެ (ބައްޕަ، ފިރިމީހާ ނުވަތަ ދަރިފުޅު ފަދަ ފިރިހެނެއްގެ) ޤިވާމާ ނުވަތަ ބެލުމުގެ ދަށުގައި ހުންނަ މީހެކެވެ. މިހެން ވުމުން އޭނާގެ ޚަރަދު ބަރަދު ހަމަޖެއްސުމީ އެ ފިރިހެނެއްގެ ޛިންމާއެކެވެ. މިހެން ވުމުން އެ އަންހެނާގެ މުދަލުން ތަޞައްރުފު ކުރާކަށެއް ނުޖެހޭނެއެވެ. އެހެން ނަމަވެސް އިސްލާމް ދީނުގައި ވަނީ އަންހެނުންނަށް ވެސް ތަރިކަ މުދަލުން ޙިއްޞާ ލިބެން ޖެހޭ ގޮތަށް ހަމަޖައްސަވައި ދެއްވާފައެވެ.

ވާރުތަވުން ހުރީ ދެބަކަށެވެ. އެއީ 1. ކަނޑައެޅިފައިވާ ވަކިބައެއް ޙައްޤުވުމާއި، 2. ތައުޞީބުގެ ސަބަބުން ވާރުތަ މުދަލުން ޙައްޤު ވުމެވެ. މި ގޮތުން ވާރުތަ މުދަލުގެ ކަނޑައެޅިފައިވާ ވަކި ބައެއް ޙައްޤު ވަނީ ނުވަތަ ވާރުތަ މުދާ ފަރުޟު ކުރައްވައިފައި ވަނީ 10 ބަޔަކަށެވެ. އެއީ 1. ފިރިމީހާ، 2. އަނބިމީހާ، 3. ބައްޕަ، 4. މަންމަ، 5. އަންހެން ދަރި، 6. ފިރިހެން ދަރީގެ އަންހެން ދަރި، 7. މަންމަ ފަރާތުގެ އަޚުން (މަންމަގެ ފިރިހެން ދަރިން)، 8. އެއްބަނޑު އެއްބަފާ އަންހެނުން ނުވަތަ ބައްޕަ ފަރާތު އުޚްތުން، 9. ކާފަ، 10. މާމަ. އެވެ.  މީގެތެރެއިން 6 ބަޔަކީ އަންހެނުންނެވެ. އެއީ 1. އަނބިމީހާ، 2. މަންމަ، 3. އަންހެން ދަރި، 4. ފިރިހެން ދަރީގެ އަންހެން ދަރި، 5. އެއްބަނޑު އެއްބަފާ އަންހެނުން ނުވަތަ ބައްޕަ ފަރާތުގެ އުޚްތުން، 6. މާމަ. މިއެވެ. މީގެ އިތުރުން މައްމަގެ ފަރާތު އަޚުންނަށް ވެސް އެބަ ލިބެއެވެ. މިއާ ޚިލާފަށް ސީދާ ފިރިހެނުންނަށް ޚާޞަވަނީ ތިން ޙާލަތެއްގަ އެވެ. މިގޮތުން ކުރު ގޮތަކަށް ބަލާއިރު އަންނަނިވި ހަމަތަކުން އަންހެނާ އަށް ވާރުތަ މުދަލުން ލިބެން ޖެހެއެވެ.

ހ- ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ 10 ޙާލަތަށް ވުރެ ގިނަ ޙާލަތެއް ގައި އަންހެނާއަށް ތަރިކަ މުދަލުން ލިބޭ މިންވަރު އިތުރުވެއެވެ. (މިސާލަކަށް މީހަކު މަރުވި އިރު ދުނިޔޭގައި ތިބީ އަންހެން އުޚުތަކާއި މަންމަ އާއި ބައްޕަ ކަމުގައި ވާނަމަ މަންމަ އާއި ބައްޕައަށް (ޖިންސް ތަފާތުކުރުމެއް ނެތި) ކޮންމެ މީހަކަށް ލިބޭނީ 6/1 (ހަބައިކުޅަ އެއްބައި) އެވެ. އަންހެން ކުއްޖާއަށް 2/1 (ދެބައިކުޅަ އެއް ބައި) އެވެ. މި ޙާލަތުގައި އަންހެނުންނަށް ލިބޭ އެއްޗެއް މަރުވި މީހާގެ ބައްޕަ އަށް ލިބޭ މިންވަރު ކަމުގައި ވާ 6/1 އިތުރު ވެއެވެ.)

ށ. ފިރިހެނާއަށް ނުލިބޭ 10 ޙާލަތެއް ވެއެވެ. (މިސާލަކަށް: މީހަކު މަރުވި އިރު ދުނިޔޭގައި ތިބީ 1 އަންހެން ދަރި، 1 އެއްބަނޑު އެއްބަފާ އުޚުތު، 1 އެއްބަފާ އަޚު، އަދި 1 އެއްބަނޑު އެއްބަފާ އަޚެއްގެ ފިރިހެން ދަރި އަދި ބަފައިފުށުގެ ބޮޑުބޭބެ ކަމުގައި ވާނަމަ 2/1 (ދެބައިކުޅަ އެއްބައި) ލިބެނީ އަންހެން ކުއްޖާއަށެވެ.

ނ. ތަރިކަ ބެހެވޭ އެއްމެހައި ޙާލަތްތަކަށް ބަލާއިރު އަންހެނަކަށް ލިބޭ މިންވަރުގެ ދެ ބައި ފިރިހެނަކަށް ލިބެނީ އެންމެ 4 ޙާލަތެއްގައެވެ. މިއީ އެންމެ އަސާސީ ޤާޢިދާއެވެ.

ރ. ދެ ޖިންސަށް ހަމަހަމައަށް ލިބޭނީ 10 ޙާލަތެއްގައެވެ. (މިސާލަކަށް: މީހަކު މަރުވިއިރު ދުނިޔޭގައި ތިބީ އެއްބަނޑު އެއްބަފާ އަޚަކާއި އެއްބަނޑު އެއްބަފާ އުޚުތެއް ނަމަ އެ ދެމީހުންކުރެ ކޮންމެ މީހަކަށް ވެސް ލިބޭނީ 6/1 އެވެ. އެއަށްވުރެ ގިނަ ނަމަ 3/1 އެވެ. ދެ ޖިންސަށް ވެސް ހަމަހަމަ ކޮށްނެވެ.

މި ޙަޤީޤަތްތައް މިހެން ހުރުމުން މުސްތަޝްރިޤުން މި ދައްކާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތްކަން ދޭހަވެއެވެ. އަދި އެބައި މީހުންގެ މަޤުޞަދަކީ އިސްލާމުންގެ މެދުގައި ޝައްކުތައް އުފައްދައި ފިތުނަފަސާދަ އުފެއްދުން ކަން ވެސް ހާމަވެއެވެ.

ތަރިކަ ބެހުމުގައި އިސްލާމީ ފަލްސަފާ

މީހަކު މަރުވުމުން އެމީހާގެ މުދާ ވާރިސުންނާއި ވާރިސާއިންނަށް ބެހުމުގައި އެބައި މީހުންނަށް އިސްލާމް ދީނުގައި ކަނޑަ އަޅުއްވައިފައިވާ ޙިއްޞާއަށް ބަލާއިރު ތަފާތުވުމުގެ ފަލްސަފާ ބިނާވެގެން ވަނީ ތިން ބަޔަކަށެވެ.

 

މައްޔިތާ އާއި ވާރިސުންނާ ދެމެދުގައިވާ ތިމާގެ ކަމުގެ ދަރަޖަ

މައްޔިތާ އާއި، ވާރިސާ އާ އޮންނަ ތިމާގެ ކަމުގެ ގުޅުން ގާތްވި ވަރަކަށް، ވާރިސަށް (ދެ ޖިންސަށް ވެސް) ވާރުތަ މުދާ ލިބޭ މިންވަރު އިތުރުވާނެއެވެ.

ވާރިސުގެ ޖީލު:

ޢުމުރުގެ ގޮތުން ދޮށީ ޖީލުގެ ވާރިސުންނަށް ލިބޭ އެއްޗަކަށް ވުރެ ޢުމުރުން ހަގު ޖީލުގެ ވާރިސުންނަށް ލިބޭ މިންވަރު ގިނަ ވާނެއެވެ. އެހެނީ މި ޖީލުގެ މީހުންނަށް ޢަމަލީ ޙަޔާތުގައި އުފުއްލަން ޖެހޭ ބުރަ ބޮޑުވެ. ގިނަ ފަހަރަށް ޢުމުރުން ދުވަސްވީ މީހުންގެ މާލީ ޒިންނާ އުފުލަން ޖެހެނީ ޢުރުން ހަގު ޖީލަށެވެ. މި ޙާލަތުގައި ވެސް އަންހެން، ފިރިހެން ޖިންސަށް ތަފާތެއް ނެތެވެ.

މި ދެ މިންގަނޑަށް ބަލާއިރު އެނގެނީ އިސްލާމް ދީނުގައި އައިސްފައިވާ ތަރިކަ މުދަލާ ބެހޭ ފަލްސަފާ އަކީ އެކަމުގައި ޙިކްމަތްތަކެއް ހިމެނޭ ކަމެއްކަމެވެ. އަދި އެއީ އިލާހީ ޙިކުމަތެކެވެ. މިކަމުގައި ޖިންސުގެ ތަފާތު ވުމެއް ހުރިކަމެއް ނޫންކަމެވެ.

 

ވާރިސަށް އުފުލަންޖެހޭ މާލީ ޒިންމާތައް

މުދާ ވާރުތަ ވުމުގައި ޖިންސީ ތަފާތެއް، ބޭރުފުށުން ފެނިދާނެ މިންގަނޑު ކަމުގައި ބެލެވެނީ މި މިންގަނޑެވެ. އެއީ ވާރުތަވެރިން، ގާތް ތިމާގެވުމުގައި އެއްވަރުވެ، އެއް ދަރަޖަ ވެފައި، ޢުމުރުގެ ގޮތުން އެއްވަރު ނަމަ، މައްޔިތާގެ ފިރިހެން ދަރިންނާއި އަންހެން ދަރިން، ދޭދޭ ވާރިޘުންނަށް ތަރިކަ ލިބުމުގައި މިންވަރު ތަފާތު ވުމެއް ވަނީ އެމީހަކު އުފުލަންޖެހޭ މާލީ ބުރައިގެ ސަބަބުންނެވެ. އައްނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައި الله ވަޙީ ކުރައްވާ އާޔަތުގެ މާނާގައި ވަނީ: "ތިޔަބައި މީހުންގެ ދަރިންނާމެދު الله، ތިޔަބައި މީހުންނަށް އަންގަވަނީ، އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ މިންވަރެއް ފިރިހެން ދަރިއަށް ލިބިގެން ވާކަމަށެވެ." މި މިންގަނޑުގައި މިވަނީ ފިރިހެން ދަރިއަކަށް ދެބަޔެވެ. އަދި އަންހެން ދަރިއަކަށް އެއްބަޔެވެ.

ބޭރުފުށުން ފެންނަ ފެނުމަށް ބަލައި ފިރިހެނާ އަށް ލިބޭ މިންވަރު އިތުރުވެފައި ވާ ނަމަވެސް އަންހެނާ އަށް އެއްވެސް ތަފާތުކުރުމެއް މި މިންގަނޑު ވެސް ނުވެއެވެ. އަދި އޭނާގެ ޙައްޤެއް އުނިވެގެން ވެސް ނުދެއެވެ. އެހެނީ މިޙާލަތުގައި އަންހެން ދަރީގެ ބަލަދުވެރިއަކީ އޭނާގެ އަޚު (ފިރިހެންދަރި) އެވެ. އަންހެން ކުއްޖާ، މީހަކާ އިންނަންދެން އޭނާގެ އެއްމެހައި ޒިންމާތަކެއް އުފަލައި ޚަރަދުކުރަން، ޝަރްޢީގޮތުން ލާޒިމްކުރަނީ އެ ކުއްޖާގެ އަޚާގެ މައްޗަށެވެ. އަދި މީހަކާ އިނުމަށް ފަހު އެ ޚަރަދުކުރަން ލާޒިމް ވަނީ ފިރިމީހާގެ މައްޗަށެވެ. މި ސަބަބާހުރެ ޢަދްލުވެރި، ހަމަ ބުއްދިން ބަލައިލުމުން ނުވަތަ ފިކުރު ކޮށްފިނަމަ އަންހެން ކުއްޖާއަށް ލިބޭ ބަޔަކީ އޭނާ ޚަރަދު ކުރަން ޖެހޭ އެއްޗެއްކަމުގައި ނުވެއެވެ. އެ އަންހެނާ އެ ހުރެވެނީ އަބަދުވެސް، ހުރިހާ ޙާލަތެއްގައި ވެސް ފިރިހެނެއްގެ ޤިވާމާ ގައެވެ. ނުވަތަ ފިރިހެނެއްގެ ބެލުމުގެ ދަށުގައެވެ.

 

ތަރިކަ ލިބުމުގައި ދެ ޖިންސްގެ މެދުގައިވާ ތަފާތު

ތަރިކަ ބެހުމުގެ މައްސަލަތަކުގައި ދެ ޖިންސުގެ މީހުންގެ ޙިއްޞާގައި ތަފާތެއް އެކުލެވޭ މިންގަނޑުތައް ކަމުގައި ދިރާސާ ކުރައްވަ ބޭފުޅުން ލިޔުއްވާފައި ވަނީ އަންނަނިވި ކަންކަމެވެ.

ހ- 4 ޙާލަތެއްގައި ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބޭ ޙާލަތްތައް.

ނ- 10 ވަރަކަށް ޙާލަތެއް ގައި ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ އަންހެނާއަށް ލިބޭ މިންވަރު އިތުރު.

ރ- 30 ހަކަށް ޙާލަތެއް ގައި ފިރިހެނާ އާއި އަންހެނާއަށް ލިބޭ މިންވަރު ތާފާތެވެ. އެއީ އަންހެނާއަށް ލިބޭ މިންވަރު އިތުރު ވުން، ނުވަތަ އެއްވަރު ވުން، ނުވަތަ ފިރިހެނާއަށް ނުލިބޭ ޙާލަތެވެ.

 

ތަރިކަ މުދާބެހުމުގައި ކަނޑައެޅިފައިވާ މިންވަރެއް ލިބޭ ބަޔަކުވެ އެވެ.

މިބައި މީހުންނަށް ފަރްޟުވެރިންނޭ ވެސް ކިޔައެވެ. މި ބައި މީހުންނަށް ދިނުމަށްފަހު ބާކީ ހުންނަ އެއްޗެއް ލިބޭ މީހުންނަށް ކިޔަނީ ޢަޞަބާއިންނެވެ. ތަރިކަ މުދަލުގެ މައްސަލަތަކުގައި އަންހެނުންނަށް 17 ޙާލަތެއްގައި ފަރްޟުވެރިންގެ ގޮތުގައި ބައި ލިބެއެވެ. އެއާ ޚިލާފަށް ފިރިހެނުންނަށް ލިބެނީ ހަތަރު ޙާލަތެއްގައެވެ.

 

ޢަޞަބާއިން ތިންބަޔަކަށް ބެހިގެންވެ އެވެ.

(ހ) އަމިއްލަ ޛާތުގައި ޢަޞަބާއިން.

(ށ) އެހެން މީހެއްގެ ސަބަބުން ޢަޞަބާއިންނަށް ވުން.

(ނ) އެހެން މީހަކާއެކު ޢަޞަބާއަކަށްވާ މީހުންނެވެ.

މިތިން ޙާލަތަށް ބަލާއިރު ފުރަތަމަ ޙާލަތުގައި ފިރިހެނުންނަށް ޚާއްޞަވެގެން ވެއެވެ. ދެވަނަ ޙާލަތަކީ ފިރިހެނެއްގެ ސަބަބުން އަންހެނުން ޢަޞަބާއިންނަށް ވާ ޙާލަތެކެވެ. ތިން ވަނަ ޙާލަތަކީ އަންހެނަކާއެކު އެހެން އަންހެނަކު ޢަޞަބާއަކަށް ވާ ޙާލަތެވެ. އެހެން ކަމުން ޢަޞަބާއިންގެ ޙާލަތުގައި ވެސް އަންހެނުންގެ ޙިއްޞާ މަދުކަމަށް ބުނެވޭކަށް ނެތެވެ.

 

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް