17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

  • ރައީސް ނަޝީދު ވިދާޅުވަނީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް
  • ޕީޕީއެމުން ބުނަނީ ވޯޓު ކަރުދާސް ކޮޅުގައި ނަޝީދުގެ ނަމެއް ނޯންނާނެ ކަމަށް
  • ޕީޕީއެމުން ވަނީ ރައީސް ނަޝީދުގެ އެންޓި ކެމްޕެއިން ޖައްސަން ފަށާފައި

| | 9 ނޮވެންބަރު 2017 | ބުރާސްފަތި 21:07 | dhonbandaara | |ރައީސް ނަޝީދު: ސަރުކާރުން ޖެހިލުންވޭ -- ފޮޓޯ:ޓުވިޓާރ

ދެފަތް ކޭތިލިއަސް އިވެނީ އެއް އަޑެކެވެ. ދޭދޭ ދެމީހަކު ބައްދަލުވާ ހިނދު ހާލު އަހާލުމުގެ ކުރިން ވެސް ފުރަތަމަ އެވާހަކައެވެ. އަނބި ދަރިންނަށް ކުރެވޭ ފޯން ކޯލް ތަކުގައިވެސް މުޅިން އެވާހަކައެވެ. މަސްއޮޑި އަތިރިއާ ހޮޅުއަށިތަކުގައި ވެސް އެންމެ ފޯރި ހިފާފައިވަނީ ހަމަ އެވާހަކައެވެ. މަގު ކުނިކަހަން ނިކުންނަ އަންހެންވެރިން އެކަކު އަނެކަކަށް ވެސް ދައްކާ އުޅެނީ އެވާހަކައެވެ. އެކަމަކު ހަމަ އެންމެ ބަގައެއްގެ ތެރޭގައެވެ. ފިޔާތޮށި ކުދިންގެ މެދުގައެވެ. ރަތްލާޖެހި ޕީޕީއެމްގެ ކުދިން ދައްކާ ވާހަކައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ޕީއޭއިން އައިސް ޕީޕީއެމް އަތްދަށުލައިގެން އުޅޭ އިސްވެރިންގެ ތެރޭގައެވެ. ރައީސް ނަޝީދުގެ ވާހަކައެވެ. ކެނެރީގޭ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ކަމުގެ ވާހަކައެވެ. އިންތިޚާބާ ކުޑަބޭރު ވެސް އަރާލިޔަ ނުދޭނެ ކަމަށާއި ވާދަ ކުރިއަ ނުދޭނެ ކަމުގެ ވާހަކައެވެ. ހުރިހާވެސް ސަބަބަކީ ބޮޑު ސިންގާ ޓެރަރިސްޓަކަށް ވުމެވެ. އިންތިޚާބަށް ކުރިމަތި ނުލެވޭފަދަ ބޮޑު ޝަރުއީ ހުކުމެއް ކޮށްފައި އޮތުމެވެ.

ޕީޕީއެމުން ސޯޝަލް މީޑިއާގައި ބަހެއް ބުންޏަސް އެބަހެއް ނިންމާލަނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ވާހަކަ ބުނަމުންނެވެ. ޕޯޑިއަމްތަކުގައި ކަރުން ނާރު ނަގަނަގާފައިވެސް ރައީސް ނަޝީދު ކުރިމަތިލިޔަ ނުދޭނެ ކަމުގެ ވާހަކައެވެ. ޕްރެސްކޮންފަރެންސްތަކުގެ 90 ޕަސެންޓްވެސް ހަމަ އެއަނގަ ތެޅުމުގައެވެ. ބޮޑު ހޭދަ ކޮށްފައި ރަށްރަށަށް ކުރާ ކެމްޕޭން ޖަލްސާތަކުގައިވެސް އެރަށެއްގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ދައްކާ މައިގަނޑު ވާހަކައަކީ ރައީސް ނަޝީދުގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދާއި އެމްޑީޕީ ކުދިންކޮޅު ބުނެލި ހަމަ އެންމެ އެއްޗަކާ ހެދިއެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ނަން އޮންނާނެ ވާހަކަ ބުނީތީއެވެ.

އެކަމާ ގުޅިގެން ނުދައްކާކަ ވާހަކައެއް ނެތެވެ. ސަރުކާރު ޕްރޮމޯޓް ކޮށްދޭ ޗެނަލްތަކުން ނުދައްކާ މަންޒަރެއް ނެތެވެ.

މީހަކު ހީނހީނ ހަލާކެއް ނުވާނެ ހެއްޔެވެ. ޕީޕީއެމްގެ އިސްބޭފުޅުން އަޑަށް ބާރުލައްވާފައި ތިޔަ ވިދާޅުވަނީ ނަޝީދަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. ދެން އިތުރަށް ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ނަޝީދަކާ ތިޔަބޭފުޅުންނާ ދެންވާ ކީއްހެއްޔެވެ. ވަގުތު ނަގާލާފައި ބޭކާރު ހޭދަތަކެއްކޮށް ބޭކާރު އަނގަތަކެއް ތެޅުމުގެ ބޭނުމެއްނެތެވެ. ނަޝީދަކާ ނަޝީދެއް ދޫކޮށްލާފައި ހަމަ ކެންޕޭނައިގެން ކުރިއަށް ދާންވީ ނޫން ހެއްޔެވެ. ނަޝީދު ނޫނަކަސް ޖަލު ހުކުމުގައި ތިބި މީހުން އެބަތިއްބެވެ. އާއިލާ މީހުންނަށާއި ތާއީދެއް ކުރާ މީހުންނަށް މަސަލާމަތް ވާނެޔޭ،  މަ އަދި އެނބުރި އަންނާނަމޭ ބުނެ ޓަސްބުނާ މީހުން ނަޝީދު ނޫނަކަސް އުޅޭ ނޫންތޯއެވެ. ކޮންމެހެން ތިޔަ ނަޝީދަކާއި އަޅައިގަނެގެން ނެއްޓެން ނޭނގި އުޅުމުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ. ތިޔަ ވިދާޅުވަނީ ސަރުކާރުގެ ވަރުގަދަ ވާހަކައެވެ. ރައީސް ޔާމީން ގެންނެވި ބޮޑު ތަރައްޤީގެ ސަބަބުން ރައްޔިތުންގެ ތާއީދު އޮހޭ ކަމަށެވެ. ހަމައެކަނި ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމާއި ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ ކަމުގެ ވާހަކައެވެ. ދެން ކޮންމެހެން ހާސަރުތަކެއް ދަމަދަމާނެ ކަމެއް ނެތްތާއެވެ.

ތިޔަގޮތަށް އަނގަތެޅިވަރަކަށް ފަޅާއަރާއެއްޗެހި ވާނީ އިތުރެވެ. ކޮނުނު ވަރަކުން ފަސްގިނަވާ ބީދައިންނެވެ. ތިޔަށް ރައްދު ދީ ކަން އޮތްގޮތް ވެސް މީހުން ހާމަކުރަން ފެށުމުން އިތުރަށް ފަޟީހަތްވެ އުނުއޮތް ފޮށާ ވެއްޓިދާނެއެވެ. ނާފަހެ ރައީސް ނަޝީދު ބޭރަށް ނުފޮނުވާން  ވެސް ކިހާ ސަކަރާތެއް ޖެހިހެއްޔެވެ. އަމުދުން އެހުއްދަ ތިޔަ ދިނީވެސް އެއަނގަ އޭރު ތެޅި ތިޔަ މީހުންނެވެ. އެހުރީ ބޭރުގައެވެ. ޖައްސަން އުޅުނު ލާވެސް ޖެހޭ ގޮތެއް ނުވިއެއް ނޫން ހެއްޔެވެ. އަންނަން ވާނެއޭ ގެންނާނަމޭ ތިޔަހެނެއް ނުހުރެވޭނެޔޭ ބުނެ ބައިސާތައްވެސް ކެނޑީވެސް ތިޔަ މީހުނެއް ނޫން ހެއްޔެވެ. އެހެރަ ދަތުރުކޮށް ނަގަނީއެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ހަފްލާތަކުގައި ބައިވެރިވެ ޝަރަފްވެރިކަމާއެކު އެހެރަ އުޅެމުން ދަނީއެވެ. ބޮޑު ޓެރަރިސްޓް އެއުޅުއްވަނީ ބޮޑު ހީރޯއެއްގެ ގޮތުގައެވެ. މިވާހަކަތައް މިހެން ބުނީމާ މަ ނަމަވެސް ހަމަ ލައްކަ ތަނުން ކަޑަވާނެއެވެ. ނެރެވުނު ރެޑް ނޯޓިސްއެއް، ކެންސަލް ކުރި ޕާސްޕޯޓަކުން  ވީކަމެއް ހަރާމުން ހަރާމެވެ.

ކޮންމެއަކަސް ތިޔަކަމުން ހީވަނީ އެހެން އެއްޗެކެވެ. އަދިވެސް ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމެވެ. އެކަމާ ބިރުން އުޅޭ ކަމެވެ. ވާދަކުރައްވާނީ ރައީސް ނަޝީދުކަމަށް ރައީސް ޔާމީންވެސް ވިދާޅުވެގެން އެކަން ޤަބޫލް ނުކުރެވިގެން އުޅޭ ހެންނެވެ. ނޫންނަމަ ތިޔަ ގޮތަކަށް ރައީސް ނަޝީދުގެ ކެންޕޭނެއް ނުޖައްސާނެއެވެ. ތިޔަކަމުން އިތުރަށް ޕްރޮމޯޓް ވަނީ ރައީސް ނަޝީދެވެ. ތާއީދު އިތުރުވާނީވެސް އެމަނިކުފާނެވެ. ތިޔައީ ދެން ބޮޑެތި ސިންގާހާ ފިރިހެނުން އުޅޭ ގޮތަށްވުރެ ރަނޑު ގޮތެކެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަންތަރީސް

2 މަސް ކުރިން

މީހަކު ހިފާ ހައްޔަރު ކުރުމަކުން ކުށަކައްނުވޭތަ....؟ޑިމަކުރަސީގަ ވާގޮތްތަ...؟ވައްކަންކުރު މަކުން ކުށަކައްވޭތަ...؟ހަމަކަންކޮބާ؟ކުވެއްރިވަނީ ފަގީރުނިކަމެތި މީހާތަ..؟ރަޢީސްކަން ކޮއްފަވާ މީހާ ކުއްވެރި ނުވާގޮތައް ފަގީރުމީވެސް ކުއްވެރިނު ވާނެދޯ ވަރައްސަޅި ދޯ މިޑިމޮކުރަސީ މީހަމަކަން ދައުވާ މިކުރަނީ އިސްލާމްދީނާ ހިލާފައް

3
4