17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އިދިކޮޅު ޕާޓީތަކުން ރ. މަޑުއްވަރީއަށް ޚާއްސަ ދަތުރެއް

  • އިދިކޮޅުގެ ވަފުދު މަޑުއްވަރީގެ އިތުރުން އެ އަތޮޅު މީދޫއަށް ވެސް ދާނެ

| | 9 ނޮވެންބަރު 2017 | ބުރާސްފަތި 17:08 | nuzu8121 | |އިދިކޮޅުގެ ވަފުދު މަޑުއްވަރީގެ އިތުރުން އެ އަތޮޅު މީދޫއަށް ވެސް ވަޑައިގަންނަވާނެ -- ފޮޓޯ:އެމްޑީޕީ

އިދިކޮޅު ޕާޓީތަކުގެ ވަފުދެއް ރ. މަޑުއްވަރީއަށް  ގޮސްފި އެވެ.

އިދިކޮޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހިމެނެއެވެ. އަދި އެ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވެސް މި ދަތުރުގައި ބައިވެރިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ މަޑުއްވަރީއަށް ވަޑައިގަންނަވަނީ ހުކުރު ދުވަހު އެވެ.


އިދިކޮޅުގެ ވަފުދު މަޑުއްވަރީގެ އިތުރުން އެ އަތޮޅު މީދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. މިފަހުން މަޑުއްވަރީއަށާއި މީދޫއަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވަޑައިގެންފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ އިސްވެރިން ދާދިފަހުން ވަނީ ހއ. ދިއްދުއަށް ވެސް ވަޑައިގެންފަ އެވެ. މަޑުއްވަރީ ދާއިރާއެކޭ އެއްގޮތަށް ދިއްދޫ ދާއިރާއަކީ ވެސް މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ދާއިރާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް