20 ފެބުރުއަރީ 2019 | ބުދަ | 08 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޔާމީންގެ މަރުގެ ޝަރީއަތް

ޔާމީން ރަޝީދުގެ މަރުގެ ދައުވާއަށް ހަތަރު މީހަކު އިންކާރުކޮށްފި

  • ހަތަރު މީހަކު ދައުވާއަށް އިންކާރު ކުރިއިރު، ދެ މީހަކަށް ދައުވާ ސާފެއް ނުވި
  • ތޫނު އެއްޗެއް ބޭޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ފުލުހުންގެ ބުނެފައިވާ ގޮތުގައި ޔާމީން މަރާލީ ވަރަށް ބޮޑަށް ރާވައިގެން
އަޒުމޫން އަހުމަދު | azmoon_ahmed

| 8 ނޮވެންބަރު 2017 | ބުދަ 10:53 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ލިބޭ ހަ މީހުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރައިލައިފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހަކު ދައުވާ އަށް އިންކާރު ކޮށްފި އެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ  އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރީ ހައިޝަމާއި، ޒިހާނާއި، ދިފްރާނުގެ އިތުރުން ޝިފާޒެވެ. 

އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށާއި ޔާމީން މަރާލުމަށް އެ ދެ މީހުން ކުރި އަމަލަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ޝަރީއަތް ހިންގަމުންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދާ ސިއްރު ކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މައްޗަށް ކަމަށްވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ސިއްރުކުރަން އެދުނީ މައްސަލައިގެ ވަކި އަޑުއެހުންތަކެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދާއި، ހައިޝަމާއި، ޒިހާނަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.

ޔާމީން މަރައިލައިފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށާއި އެ މީހުން ޔާމީން މަރައިލައިފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ޔާމީން ރަޝީދު މަރައިލައިފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރައިލައިފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް