23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ކެލްސިއަމް

ހަށިގަނޑުން ކެލްސިއަމް މަދުވެއްޖެނަމަ ހިތް ހުއްޓިދާނެކަމުގެ ބިރު!

  • ކެލްސިޔަމް އަކީ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެއް
  • ކެލްސިޔަމް އާދަޔާ ޚިލާފަށް މަދުވެއްޖެ ނަމަ ހިތް ހުއްޓިދާނެ
އާމިނަތު ނުޒުހާ | nuzu8121

| 25 އޮކްޓޯބަރ 2017 | ބުދަ 18:24 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކެލްސިއަމް މަދުވެއްޖެނަމަ ކުއްލިއަކަށް ހިތް ހުއްޓިދާނެކަމުގެ ބިރު އެބައޮތް -- ގޫގުލް

ހަށިގަނޑުގައި އާދަޔާ ޚިލާފަށް ކެލްސިއަމް މަދުވެއްޖެނަމަ ކުއްލިއަކަށް ހިތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.
 
ކެލްސިއަމްއަކީ ހުޅުތަކާއި، ހަށިގަނޑުގެ ކަށިތަކާއި ދަތްޕިލަ އަދި ލޭ ހިނގާ ހޮޅިތައް  ނުވަތަ ނާރުތަކުގެ ދުޅަހެއުކަމަށް ވަރަށް ވެސް މުހިއްމު މާއްދާއެކެވެ.ފަހުގެ ސިއްހީ ހޯދުންތަކުން ދައްކާގޮތުގައި ހިތްހުއްޓިގެން  މަރުވެފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު، 90 އިންސައްތަމީހުންނަކީ ހަށިގަނޑުގައި  އާދަޔަ ޚިލާފަށް  ކެލްސިއަމް މަދުވެގެން ހިތް ހުއްޓުނު މީހުންނެވެ.

 
އެމެރިކާއަށް ބަލަލާއިރު، އެގައުމުގައި އެންމެ އާއްމު އެއްބަލިކަމުގައިވާ، ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދަށް ވުރެ ވެސް ހިތް ހުއްޓިގެން މަރުވާ މީހުންގެ ނިސްބަތް މާ މައްޗެވެ.

 
 
އެމެރިކާގެ ލޮސް އެންޖަލިސްގެ  ކާޑިއެކް އިލެކްޓްރޯ ފިޒިއޮލޮޖީގެ އިންވެސްޓިގޭޓަރު ސުމީތް އެސް ޗަޕް، އެމްޑީ ޕައުލިން އަދި ހެރަލްޑް ޕްރައިސް ޗެއާ ވިދާޅުވާގޮތުގައި، އެމެރިކާގައި ހިތް ހުއްޓިގެން މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ޓެސްޓް ސާޕްލަތަކުން ދައްކާފައިވާ ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ކެލްސިއަމްގެ ނިސްބަތް ވަރަށް މަދެވެ.
 
ދިރާސާ ކުރާ ސިއްހީ  މާހިރުން ވިދާޅުވާ ގޮތުގައި ހަށިގަނޑުން  ކެލްސިއަމްގެ ނިސްބަތް މަދުވިޔަ ދީގެން ނުވާނެއެވެ. އަދި އެ ނިސްބަތް ހުރި މިންވަރު ބެލުމަށް  އާދަވެގެން ރޫޓިން ޗެކްއަޕް އެއް ހަދަމުން ގެންދަން ޖެހޭނެއެވެ.
 
ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ދައްވާނަމަ އިތުރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ކެއުމުގައި ކެލްސިއަމް ލިބިދޭ ބާވަތްތައް ހިމަނައިގެން  ކެއުމެވެ.
 
ދުވާލަކު ހަށިގަނޑުގައި ކެލްސިއަމް ހުންނަން ޖެހޭވަރު:
 
ފުރާވަރު ކުދިން: 1000 މިލިގްރާމް
އަންހެނުން: 1200 މިލިގްރާ
ފިރިހެނުން: 1000 މިލިގްރާމް
މާބަނޑު މީހުން: 1200- 1400 މިލިގްރާމްއާއި ދެމެދު
 
ކިރު:
މަދުވެގެން ދުވާލަކު އެއްތަށި ކިރު ބޯން އާދަކުރާށެވެ.  ކިރު ތައްޓެއްގައި 300 މިލިގްރާމްގެ ކިރު އެކުލެވިގެންވެއެވެ.
 
 
ސޯޔާ، ނުވަތަ ސޯޔާ މިލްކް:
 ސޯޔާ މިލްކް ނުވަތަ ސޯޔާ ބީންސް އަކީ އޭގައި މަތީ މިންވަރަކަށް އެކުލެވޭ ބާވަތެކެވެ. މިގެ އިތުރުން ދަގަނޑު، މެގްނީޒިއަމް، ޕްރޮޓީންވެސް އެކުލެވެއެވެ. އެހެންކަމުން ކަށިތަކާއި ، ލޭ ހިނގާ ހޮޅިތަކުގެ ސިއްހަތު ދުޅަހެއުކޮށްދެއެވެ.
 
އޮރެންޖް:
އޮރެންޖަކި ނުކައި ދޫކޮށްލާވަރުގެ މޭވާއެއް ނޫނެވެ. ކޮންމެ ދުވަހަކު އާދަވެގެން އޮރެންޖެއް ކެއުމަށް އާދަކުރާށެވެ. ކުޑަ އެންމެ އޮރެންޖެއްގައިވެސް 60 މިލިގްރާމްގެ ކެލްސިއަމް އެކުލެވެއެެވެ. އޮރެންޖަކީ ވިޓަމިން ސީ އެންމެ ބޮޑަށް ލިއްބައިދޭ އެއް މޭވާއެވެ. އަދި އޭގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ސެލްތައް ވަރުގަވެސް ކޮށްދެއެވެ.
  
އާމަންޑްސް: އާމަންޑް ނުވަތަ އަލްމަންޑަކީ ވަރަށް މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވޭ ބާވަތެކެވެ. އަދި އެ ކެއުމުން ބަނޑުހައި ހޫނުކަމުން ދުރުކޮށްދެއެވެ. އަދި އޭގައި ހަށިގަނޑަށް ބޭނުންވާނެ ވަރަށް މުހިއްމު ފެޓްސްގެ ބާވަތެއް އެކުލެވެއެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދީ، ހިތުގެ ދުޅަހެއުކަން އިތުރުކޮށްދެއެވެ. އަދި ބަރުދަން ލުއިކޮށްދީ، ކޮލެސްޓްރޯލް ދައްކޮށްދެއެވެ.

 

ހަށިގަނޑުން ކެލްސިއަމް މަދުވިޔަ ނުދިނުމަށް މި ބާވަތުގެ ކާނާ ކެއުން އާދަކުރާށެވެ. އެއާއިއެކު ކެލްސިއަމް ހުރި ނިސްބަތް ބެލުމަށްޓަކައި ގަވާއިދުން ޗެކްއަޕް ހަދަމުންދާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް