25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ތަރިކަ ބެހުން

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

  • އަންހެނާއަށް ލިބޭ މިންވަރު، ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ ދިހަ ވަރަކަށް ޙާލަތުގައި ބޮޑެވެ.

| 20 އޮކްޓޯބަރ 2017 | ހުކުރު 06:59 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރާއްޖޭން ބޭރު ގައުމެއްގެ ގެތަކެއް -- ޓްވިޓަރ

"ޣައިރު މުސްލިމުންނާއި، މުސްލިމުންގެ ހިތްތަކުގައި އިސްލާމް ދީނަށް، ނަފުރަތު ކުރުވުމުގެ ގޮތުން ނުވަތަ ބިރުގެންނެވުމުގެ ގޮތުން މުސްތަޝްރިކުން ނުވަތަ ޣައިރު މުސްލިމުންނާއި، މުސްލިމުންގެ ތެރެއިން ބަޔަކު ވަރަށް ނުބައި ފިކުރެއް ފަތުރަމުން ގެންދެއެވެ. މި ފިކުރަކީ އިސްލާމް ދީނުގައި ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ނެތްކަން ދެއްކުމަށް ފަތުރަމުން ގެންދާ ވާހަކަތަކެކެވެ. އެބައި މީހުން ދައްކަމުން ގެންދާ ވަހަކަތަކުގެ ތެރޭގައި އިސްލާމް ދީނުގައި ތަރިކަ މުދާ ބެހުމުގައި އަންހެނުންނާއި، ފިރިހެނުން ތަފާތު ކުރެވިފައި ވާ ކަމުގައި ބުނެ ދޮގުވާހަކަ ފަތުރައެވެ. މިގޮތުން ތަރިކަ މުދާ ބެހެވެނީ އަންހެން ޖިންސަށް ނިކަމެތިވާ ގޮތަށް ކަމުގައެވެ. ދައްކާ މި ވާހަކަ ތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް، ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ޤަބޫލު ކުރެވެއެވެ.

މިހެންކަމުން ޣައިރު މުސްލިމުން ފަތުރަމުން ގެންދާ ދޮގު މި ވާހަކަތައް އަޑުއިވި ބައެއް މުސްލިމުން އަދި ޚާއްޞަކޮށް ބައެއް ދިވެހިންގެ ހިތްތަކުގައި ސުވާލު އުފެދި ޝައްކު އުފެދިފައިވާ ކަން ފާހަގަވެއެވެ. އެހެނީ ބައެއް މީހުން މިފަދަ ވާހަކަ ދައްކަމުން ގެންދާތީއެވެ. މިހެންވުމުން މިފަދަ ލިޔުންތައް ޢާއްމު ކުރެވުމަކީ މި ކަންކަމުގައި ޙާޤީޤީ މަޢުލޫމާތު ލިބުމަށް އެޅޭނޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި ދެކެމެވެ. އަދި މިމައުޟޫޢަށް މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން އެނގުނީ މި މައަޟޫޢު އަށް ދިވެހި ބަހުން ލިޔުން ލިޔެވިފައި ވަނީ ވަރަށް މަދު ލިޔުމެއް ކަމެވެ.

މައުލޫއަށް ބަލައިލުން

ޣައިރު މުސްލިމުން އިސްލާމް ދީނަށް، ދެމުން ގެންދާ ޙަމަލާތަކުގެ ތެރޭގައި ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެވެ. އެކަމުގެ ސަބަބުން މުސްލިމުންނާއި، ޣައިރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު އިސްލާމް ދީނަކީ ބިރުވެރި ދީނެއްގެ ގޮތުގައި ސިފަ ކުރެއެވެ. އަދި މުސްލިމުންގެ ތެރެއިން ބައެއް މީހުންގެ ހިތްތަކުގައި އިސްލާމް ދީނާ މެދު ޝައްކު އުފެދި ވަހުމްތަކެއްގެ ތެރެއަށް ގެނބިގެން ދެއެވެ. އިސްލާމްދީނާ ދެކޮޅަށް މުސްތަޝްރިޤުން ދެމުން ގެންދާ ޙަމަލާތަކާއި އަންހެނުންނާ ބެހޭގޮތުން އެ ދީނުގެ ތަޞައްވުރު ހުތުރުކޮށް ދެއްކުމަށާއި، އެ ދީނަކީ ބިރުވެރި ދީނެއް ކަމުގައި ދެއްކުމަށް އެބައި މީހުން މަސައްކަތްކުރާ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީން ހުޅަނގުގައި ފެތުރެމުންދާ ހަލުވި ދުވެލި ދެކެ ބިރުގަތުމާއި މުސްލިމުންނާ ކުރެވުނު "ޞަލީބީ ހަނގުރާމަ" އިން ބަލިވި ބަލިވުން ހިމެނެއެވެ.

އިސްލާމްދީނާ މެދު މުސްތަޝްރިޤުންގެ ހިތްތަކުގައި އުފެދިފައިވާ ޙަސަދަވެރިކަން ހާމަވާ ކަންތައްތަކެއް ވެއެވެ. އޭގެތެރެއިން ކަމެކެވެ. މިޞްރުގެ މަންޞޫރާގައި ކުރެވުނު ހަނގުރާމައިގައި އަސީރަކަށް ވި ފަރަންސޭސި ވިލާތުގެ އޭރުގެ ރަސްގެފާނު ނުވަ ވަނަ ލުވިސް، ސަލާމަތްވެގެން އޭނާގެ ޤައުމަށް އެނބުރި ގޮސް އިސްލާމްދީނާ ދެކޮޅަށް މަސައްކަތްތަކެއް ފެށިއެވެ. އޭގެތެރޭގައި އިސްލާމް ދީން ނައްތައިލުމަށް ޢަޒްމު ކަނަޑައެޅިއެވެ. އަދި މީނާ އަކީ އިސްލާމް ދީނާ އިދިކޮޅަށް ފަށާފައިވާ ފިކްރީ ހަނގުރާމައިގެ ބާނީ ކަމަށް ބެލެވޭ މީހާއެވެ. އޭނާ ބުނެފައިވާ ގޮތުގައި ކީރިތި ޤުރްއާނާއި، މުސްލިމުން ދުރުކޮށްގެން މެނުވީ މުސްލިމުން ބައްޔެއް ނުކުރެވޭނެ ކަމުގައެވެ. މި މަޤްޞަދުގެ ދަށުން އެބައި މީހުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މި ބުހުތާނުގެ ތެރެއިން ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ތަރިކަ މުދާ ބެހުމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގެ ތެރޭގައި ތަރިކަ މުދަލާ ބެހޭގޮތުން ދައްކަމުން ގެންދާ ވާހަކަތަކަކީ ވަރަށް ނުރައްކާތެރި ބުހުތާނު ދޮގު ވާހަކަތަކެކެވެ. މިހެން ޤަބޫލު ކުރެވެނީ ތަރިކަ މުދާ ބެހުމުގައި އެފަދަ ދީންތަކާއި، ފަލްސަފާތަކުގައި ކަނބަލުންނަށް ތަރިކަމުދަލުން ލިބޭ މިންވަރާއި، ލިބޭ ގޮތަށް ބަލައި، ކިޔައި ހެދުމުންނެވެ. އަޅައި ބެލުމުންނެވެ.

ތަރިކައަކީ ކޮބާ

 ތަރިކަ މިއީ ޢަރަބި ބަހުގެ ލަފްޡެކެވެ. ތަރިކައިގެ ލަފްޡީ މާނައެއް ކަމުގައި ޑިކްޝަނަރީ ނުވަތަ ރަދީފު ފަދަ ފޮތްކަގުއި ވަނީ މަރުވެފައިވާ މީހާގެ މުދާ އެވެ. ނުވަތަ ކާބަފައިން ދޫކޮށްފައިވާ ތަކެތިއެވެ.[1] ތަރިކަ މިލަފްޡުގެ އިޞްޠިލާހީ މާނައަށް ބަލާ އިރު މައިގަނޑު ގޮތެއްގައި މައްޔިތާ ދުކޮށް ދާ މުދާ ކަމުގައި ޢިލްމުވެރިން ޢާއްމު ގޮތެއްގައި އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް ޝަރަޙް ކުރެއްވުމުގައި އެކި މަޛްހަބް ތަކުގައި ތަފާތެވެ. ޝާފިޢީ މަޛްހަބުގައި ތަރިކައިގެ އިޞްޠިލާޙީ މާނަ އަކީ: "މައްޔިތާ ދޫކޮށްފައި ދާ ޙައްޤުތަކާއި، އޭނާއަށް ޚާއްޞަވެގެންވާ އެއްޗެއްސާއި، މުދާތަކާއި، ދިޔަތަކެވެ." ތަރިކަ މި ލަފްޡުގެ އިތުރުން އަލްފަރާއިޟް އަދި އަލްމީރާޘް ވެސް މި ޢިލްމަށް ބޭނުންކުރެވެއެވެ.

އިންސާނާ މަރުވުމަށްފަހު އޭނާއަށް މުދާ ތަކެއް މިލްކުވެގެން ވާ ނަމަ އެމުދަލަށް ވާން ޖެހޭ ގޮތް ނުވަތަ ހަދަން ޖެހޭ ގޮތް އިސްލާމް ދީނުގައި ވަނީ ވަރަށް ފުރިހަމަ މިންގަނޑަކުން ކަނޑައަޅުއްވައި ބައްސަވާފައެވެ. އެ ގޮތުން ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 7 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "މައިން ބަފައިންނާއި، ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުން ވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ." މި އާޔަތުން އެނގެނީ ވާރުތަ މުދާ ލިބުމުގައި މައްޔިތާގެ ތިމާގެ މީހުންގެ ތެރެއިން ދެ ޖިންސުގެ މީހުންނަށް ޙައްޤުވެގެން ވާ ކަމުގައެވެ.

ވާރުތަ މުދާ ބަހަން ކަނޑައަޅުއްވައި އަންގަވައިފައިވާ އިންތަކާއި މިންތަކާ މެދު އިންސާނުން ފާޑު ކިޔަމުން ގެންދާ އިރު، އެކަމުގެ ޙަޤީޤަތްތައް އޮޅުން ފިލުވުމުގެ ބަދަލުގައި ބޭރުފުށުން އަޅައިގަންނަ ނުވަތަ ބޭރުފުށުން ފެންނަ ފެނުމުގެ މައްޗަށް ބަލައި ފާޑުކިޔަ އެވެ. ޙަސަދަވެރީން ފާޑުކިޔުމުގައި އެބައި މީހުންނަށް ޙަޤީޤަތް އެނގުނު ނަމަވެސް ބޭރުފުށުން ތިލަކޮށް ފެންނަން އޮންނަ ފެނުން، ނަގައި އެ ހާމަކޮށް، ފާޑު ކިޔައި ޖަދަލުކޮށް މީހުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދެއެވެ. ތަރިކަ މުދާ ބެހުމުގެ މައްސަލައަށް ބަލާއިރު، ތަރިކަ މުދާ ބެހުމުގެ ހުރިހާ މައްސަލަތައް ދިރާސާކޮށްފި ނަމަ އެ މީހަކަށް ހާމަ ވާނެ ޙަޤީޤަތަކީ ތަރިކަ މުދާ ބެހުމުގައި ވެސް އަންހެނުންނަށް އިސްކަން ދެވިފައިވާ ކަމެވެ.

އިސްލާމް ދީނުގައި ތަރިކަ މުދާ ބެހުމަށް الله سبحانه وتعالى ކަނޑަ އަޅުއްވަފައިވާ މިންގަނޑުތައް ދެނަގަތުމަށް، ތަރިކަ މުދަލާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތްތަކަށް ބަލައިލުމުން، ވާރިސުންނާއި ވާރިސާއިންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ އަންހެން ފިރިހެން ވުމަކުން ނޫންކަން އެނގެއެވެ.  ތަރިކަ މުދާ ބެހުމުގައި އޮތް އިސްލާމީ ފަލްސަފާ އަށް ބަލާއިރު އޭގައި ރައްބާނީ ޙިކްމަތްތަކެއް ވެއެވެ. އިލާހީ މަޤްޞަދުތަކެއް ވެއެވެ. ވާރުތަމުދަލާ ބެހޭ އިލާހީ ޤަވާޢިދުތަކާ މެދު ފުންކޮށް ވިސްނައިގެން މެނުވީ الله ގެ މި ނިންމެވުންތަކުގެ އަމާޒުތައް ވިސްނައެއް ނު ގަނެވޭނެއެވެ.

އިބްރާހީމް ރަޝީދު މޫސާ. (2011).[2] ހާމަ ކުރައްވާފައިވާ ގޮތުގައި އިސްލާމް ދީނުގައި ތަރިކަ މުދާ ބެހުމުގެ މައްސަލާގައި ދެ ޖިންސުގެ މީހުންނަށް (އަންހެނުންނާ ފިރިހެނުންގެ) ލިބޭ ބައިގެ މިންގަނޑުގައި ތަފާތެއް ވެއެވެ. އިސްލާމްދީނުގެ ޙަސަދަ ވެރިންނަށާއި ދުޝްމަނުންގެ ވާހަކަތައް ޤަބޫލުކޮށް، އިސްލާމްދީނަށް ފާޑުކިޔައި ފުރައްސާރަ ކުރާ މީހުންނަށް މި މިންގަނޑުތަކުގެ ޙަޤީޤީ މަޢުލޫމާތު ލިބިފައި ނުހުންނަކަން ފާހަގަ ކުރައްވާ ކަމުގައެވެ. ތަރިކަ މުދަލާ ބެހޭ މަސްއަލަތައް ދިރާސާކުރައްވާ ބޭފުޅުންގެ ޚުލާޞާތަކުން މައިގައިނޑު ހަތަރު ކަމެއް ފާހަގަ ވެއެވެ. އެއީ:

  • އަންހެނާއަށް ލިބޭ މިންވަރު، ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ ދިހަ ވަރަކަށް ޙާލަތުގައި ބޮޑެވެ.
  • ތަރިކަ މުދާ ބެހުމުގައި އިސްލާމީ މިންގަނޑަށް ބަލާއިރު، ފިރިހެނަކަށް ލިބޭ މިންވަރަށްވުރެ މަދުން (ދެބައިކުޅަ އެއްބައި) އަންހެނަކަށް ލިބޭނީ އެންމެ 4 ޙާލަތުގައެވެ.
  • މި ހަތަރު ޙާލަތަށް ވުރެ މާގިނަ ޙާލަތްތަކުގައި އަންހެނާ އަށާއި ފިރިހެނާ އަށް ލިބޭ ތަރިކައިގެ މިންވަރު އެއްވަރު ވެފައިވެއެވެ.
  • ފިރިހެނާއަށް ތަރިކަ މުދަލުން ނުލިބޭ ޙާލަތުގައި، އަންހެނާއަށް ލިބޭ ޙާލަތާއި، ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވާ ޙާލަތާއި، ނުވަތަ ފިރިހެނާ އާއި އަންހެނާއަށް ލިބޭ މިންވަރު އެއްވަރުވާ 30 ހަކަށް ޙާލަތު ވެއެވެ.

 


[1]  ބަސްފޮތް/ދިވެހި ބަހުގެ ރަދީފު.(2014).

5 އިބްރާހީމް ރަޝީދު މޫސާ. (2011).

 

ނުނިމޭ

 

 

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް