20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39

ފަލަސްތީން

ޙަމާސްއާއި ފަތަޙަ އަނެއްކާވެސް ސުލްޙައިގެ މަގަށް

  • މިއީ އަހަރުތަކެއްގެ ތެރޭގައި މިޖަމާޢަތް އެއްގަލަކަށް އެރި ފުރަތަމަ ފަހަރު
މިއުވާން މުހައްމަދު | @Miuvaan

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 19:24 | |

މަގުބޫލް

  1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


އެއްބަސްވުމުގައި ސޮއެކުރުމަށް ފަހު ހަމާސްއާއި ފަތަހައިގެ ވެރިން -- ރޮއިޓަރސް

ފަަލަސްތީނުގު ޙަމާސް ޖަމާޢަތާއި ފަތަޙަ ޖަމާޢަތް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މިސްރު މެދުވެރިއެއްގެ ރޯލު އަދާކުރި މި އެއްބަސްވުމުގައި ސޮއެކުރީ މިސްރުގެ ވެރިރަށް ޤާހިރާގައެވެ. މި އެއްބަސްވުމުގެ ސަބަބުން ހަމާސްއާއި ފަތަހާއި ދެމެދު އޮތް ޒަމާންތަކެއް ވެފައިވާ ކޯޅުން ގަނޑަށް ނިމުމެއް އަންނާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޙަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާގެ އެޑްމިނިސްޓްރޭޓިވް ކަންކަމާއި އަދި ސަަރަހައްދީ އިމުގެ ކަންކަމާއި ރާމަﷲގައި ޤާއިމްކޮށްފައިވާ ފަލަސްތީނުގެ މައި ސަރުކާރުން ހަވާލުވާނެއެވެ. ހުޅަނގު އައްސޭރީގައި ފަތަހަ ޖަމާޢަތާޢި ގުޅިފައިވާ ޕަލަސްޓައިން އޮތޯރިޓީއިން ވެރިކަންކުރަމުން އަންނައިރު 2007ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަނީ ޙަމާސްއިންނެވެ.

މިއެއްބަސްވުމުގެ ދަށުން މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ  އިމުގައިވާ ރަފާ ބޯޑަރ ކްރޮސިންގ އަނެއްކާ ވެސް ހުޅުވާލާނެ ކަމަށް ބެލެވެއެވެ. އަދި ޙާލުގައި ޖެހިފައިވާ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފަސޭހަ ވެެގެންދާނެއެވެ.

ފަލަސްތީނުގައި ދާޚިލީ ހަމަނުޖެހުން އިތުރުވީ 2006ވަނަ އަހަރު ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހަމާސްއިން ނެގުމުންނެވެ. އަދި ޣައްޒާގައި ދެޖަމާޢަތުން ހަމަލާތަކެއް ބަދަލުކުރިއެވެ. އެއާއި ވިދިގެން 2007ވަނަ އަހަރު ކުރީކޮޅު ހަމާސްއިން ޣައްޒާ ހިފައި، އެތަނުގައި ވަކި ވެރިކަމެއް ޤާއިމްކުރިއެވެ. އިސްރާއީލުން ހަމާސް އަކީ ޓެރަރިސްޓް ޖަމާޢާތެއްގެ ގޮތުގައި ޙަމާސް ދެކޭތީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވެސް ބޯޑަރު ހުޅުވަން އިސްރާއީލް ދެކޮޅު ހަދައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް، އެޤައުމުގެ ވާދަވެރި ދެ ޖަމާޢަތުން އެއް ގަލަކަށް އެރުމުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް މުހައްލިލުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް