26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ޕާޓީތަކަށް ފައިސާ ދޫކުރުން

ފައިސާނުދީގެން އެމްޑީޕީން ދައުލަތާއި ދެކޮޅަށް ދަޢުވާ ކޮށްފި

 • ދައުޥާކުރީ 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް
 • ގާނޫނު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޭންޖެހޭ
 • އިލެކްޝަނުން ބުނީ ހުރިހާ ލިޔެކިޔުމެއް ފިނޭންސަށް ފޮނުވާފައިވާ ކަމަށް
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 19:17 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
 6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި މީހަކު ވޯޓުލަނީ – ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބި، ޕާޓީގެ އެތައް ހަރަކާތެއް ހުޓިފައިވާ ކަމަށް އެޕާޓީން ބުނޭ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާ ފައިސާ ނުދީ ލަސްކުރަމުންދާ މައްސަލައިގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ދައުލަތާއި ދެކޮޅަށް ދަޢުވާ ކޮށްފިއެވެ.

އެމްޑީޕީން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނި ބުރާސްފަތި ދުވަހުއެވެ.

ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން މި އަހަރު އެ ޕާޓީއަށް ލިބެންޖެހޭ 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައި ދިނުމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ނިމި، އަހަރުގެ ފަހު ތިން މަސް ފެށިފައިވާއިރު ޕާޓީތަކަށް ފައިސާ ދޫކުރާނެ ދުވަހެއް ފިނޭންސް މިނިސްޓްރީން ނުބުނެއެވެ. މިދިޔަ އަހަރުވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ ގާނޫނުގައި ބުނާ ތިން މަސްދުވަސް ފާއިތުވެ ދިޔަތާ އެތައް މަހެއް ފަހުން ނޮވެމްބަރު މަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބުނަމުން ދިޔައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

ނަމަވެސް، މިއަހަރު ފައިސާ ދޫކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށާއި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ. މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މިދިޔަ އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް