18 އޮކްޓޯބަރ 2017 | ބުދަ | 1 ހެއި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް

  • މި އޮޕަރޭޝަންގައި 3850 މީހުން މަރާފައިވޭ

| | | @Miuvaan | |



ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ -- ފޮޓޯ:އޭ.އެފް.ޕީ

ފިލިޕީންސްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އެޤައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ފެއްޓެވި މަސައްކަތުން ފުލުހުން ދުރުކޮށް، އެމަސައްކަތް ފިލިޕީންސްގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީއާއި ހަވާލު ކޮށްފިއެވެ.

މަސްތުވާކެއްޗާއި ދެކޮޅަށް ފުލުހުން ކުރި މަސައްކަތުގައި އެތައް ހާސް ބަޔަކު މަރަމުންދިޔައިރު، ބައިނަލްއަޤްވާމީ މުޖްތަމަތުގެ ފާޑުކިޔުންތައް ޑުޓާޓޭއަށް ދިޔައީ އަމާޒުވަމުންނެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ ގޮވާލުންތަކަށް ފުރަގަސް ދެއްވުމަށް ފަހު ޑުޓާޓޭ ގެންދެވީ ފުލުހުން ކުރަމުން ދިޔަ މަސައްކަތަށް  ތަޢުރީފްކުރައްވަމުންނެވެ. މި އޮޕަރޭޝަން ފިލިޕީންސްގެ ޑީއީއޭ އައި ހަވާލުކުރި އިރު ފުލުހުން މި އޮޕަރޭޝަންގައި މިހާތަނަށް 3850 މީހުން މަރާފައިވާ ކަމަށް ފުލުހުން އަމިއްލައަށް ވަނީ އެއްބަސްވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް ފުލުހުން ކޮރަޕްޓްވެފައިވާ ކަމަށް ބުނެ ޑުޓާޓޭ ވަނީ އެމަސައްކަތުން ފުލުހުން ދުރު ކޮށްފައެވެ. އެހެން ނަަމަވެސް ގިނަ ދުވަސްތަކެއްނުވެ، އެމަސައްކަތް އަނެއްކާ ވެސް ފުލުހުންނާއި ވަނީ ހަވާލު ކޮށްފައެވެ. އެފަހަރު މަސްތުވާކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނުން ފުލުހުން ދުރުކުރީ ފުލުހުން ދެކުނު ކޮރެއާގެ ވިޔަފާރިވެރިޔަކު ވަގަށް ނަގައި މަރާލި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އަދި މިފަހަރު ފުލުހުންގެ އަތުން މިމަސައްކަތް ނެގީ 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެކުއްޖާ ގަޔަށް ބަޑި ޖަހާ މަރާފައި ވަނީ ފުލުހުންނަށް ފިލަން ދުވަނިކޮށް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް ފުލުހުން އެކުއްޖާ ދަމާފައި ގެންދާ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މިހާދިސާއާއި ގުޅިގެން ވެރިރަށް މެނީލާގައި މަސައްކަތް ކުރާ 1200އަށް ވުރެ ގިނަ ފުލުހުންނަށް އިތުރު ތަމްރީންތަކެއްދީ އެމީހުން އެކި ޔުނިޓްތަކަށް ބަދަލުކުރުމަށް ފިލިޕީންސް ސަރުކާރުން ނިންމިއެވެ.

ބައިނަލްއަޤްވާމީ މުޖްތަމައުގެ ނުރުހުން ރައީސް ޑުޓާޓޭއަށް އަމާޒުވިނަމަވެސް ފިލިޕީންސްގައި ޑުޓާޓޭއަށް އަދިވެސް ތާޢީދު އެބައޮތެވެ. އެހެން ނަމަވެސް، އެތާޢީދު މަޑުމަޑުން ދަށްވަމުން އަންނަކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ