20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ޒަކާތު ފަންޑު

ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި

  • މިހާރުވެސް ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއިން ބޭރުގައި ޑޮކްޓަރުން ދަނީ ތަމްރީން ކުރަމުން
  • ޒަކާތު ފަންޑުން މަތީ ތައުލީމު އެކި ދާއިރާތަކުން ކިޔެވުމަށް ސޮކޮލާޝިޕް ދޭ
އާމިނަތު ނުޒުހާ | nuzu8121

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 19:01 | |

މަގުބޫލް

  1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދު ކުރުމަށް މަޝްވަރާކުރުމަަށް ބޭއްވި ބައްދަލުވުން -- ޓްވިޓަރ

ޒަކާތު ފަންޑުން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަށް ހަރަދު ކުރުމާ ބެހޭގޮތުން އިސްލާމިކްމިނިސްޓްރީގެ އިސްވެރިންނާއި، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮއްފައިވަނީ ޑޮކްޓަރުން ތަމްރީން ކުރަން ފަށާއިރު ހުރި ދަތިތަކާއި އެހީ ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

 

މަތީ ތައުލީމް ކިޔެވުމަށް ޒަކާތް ފަންޑުން މީގެ ކުރިންވެސް ސްކޮލާޝިޕް ދީފައިވެއެވެ. އެ ގޮތުން މި ފަހަރު ރާއްޖޭގައި އަލަށްފަށާ ސްޕެޝިއަލިސްޓް ޑޮކްޓަރުން ތަމްރީން ކުރާ ކޯސް ސްޕޮންސާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބެނެފައިވެއެވެ.

މިހާރުވެސް ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއިން ބޭރުގައި ޑޮކްޓަރީކަން ކިޔަވަން އަށް ކުދިން ތިބި އިރުގައި އެ ކުދިން ކިޔަވާ ނިމިގެން 2018 ވަނަ އަހަރު ރާއްޖެ އަންނާނެ އެވެ.



މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ފަންޑުން މަތީ ތައުލީމަށް އެކި ދާއިރާތަކުން ކިޔެވުމަށް ސޮކޮލާޝިޕް ދެއެވެ. އަދި މަތީ ތައުލީމަށް އިއުލާން ކުރުމާއެކު ސޮކޮލާޝިޕް ހޯދުމަށް ހުށައެޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފަގީރުކަލޯ

8 މަސް ކުރިން

ކޮންމެ ފަންޑަކުން ދިނަސް ތި ކުރާ ޙަރަދު އަނބުރާ ދައްކަން ޖެހޭނެ އުސޫލެއް ހަދަން ޖެހޭނެ. ތިއީ ރައްޔިތުންގެ ފައިސާ. ތިމީހުން ކިޔަވައިގެން ރާއްޖެ އަންނަނީ މަދު ބައެއް. ސިޓިޒަންޝިޕް ހޯދައިގެން އެހެން ގައުމުތަކަށް ހިނގައިދާނެ. ރާއްޖެއަޔަސް ސަރުކާރު ހޮސްޕިޓަލުގައި މިބަލަނީ ދުވާލަކު 10މީހުން

0
0