26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

"އަބުރުފުޅު" ފަންޑް

ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ

 • ފަންޑު ފޮށި ބަހައްޓާނީ ހުކުރު ދުވަހު
 • ރާއްޖެޓީވީ ޖޫރިމަނާކުރީ 5 ލައްކަ ރުފިޔާއިން
 • ޖޫރިމަނާ ކުރީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 18:56 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
 6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ހޯރަފުށީގައި ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ ފަންޑުފޮށި -- ރާއްޖެއެމްވީ ފޮޓޯ : އާމިނަތު ނުޒުހާ

ރާއްޖެޓީވީން ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް އެހީވުމުގެ ގޮތުން ހއ. ހޯރަފުށިގައި ފަންޑު ފޮއްޓެއް ބަހައްޓަން ނިންމައިފިއެވެ.

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން "އަބުރުފުޅު ފަންޑު"ގެ ނަމުގައި މި ހަފްތާގެ އަންގާރަ ދުވަހު ހުޅުވި ފަންޑަށް އެހީވުމަށް ހޯރަފުށިގައި ފަންޑު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވަނީ ހުކުރު ދުވަހުއެވެ.

ސަރުކާރުގެ ސިޔާސީ ނުފޫޒުގައި މަސައްކަތް ކުރާ ކަމަށް ވިސްނޭ، ދޭހަކުރެވޭ، އިޙްސާސްކުރެވޭ އަދި ސިފަކުރެވޭ ފަދަ ގޮތަކަށް މަސައްކަތްކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުން، ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓިވީ ޖޫރިމަނާކޮށްފައިވާއިރު، މިފަހަރު ވެސް ޖޫރިމަނާކޮށްފައި ވަނީ، "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" ގެ ނަމުގައި އަބުރަށް އަގުކިޔައި ދަޢުލަތް މުއްސަނދިކުރުމަށާއި ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ހެދި ޤަނޫނުގެ ދަށުންނެވެ.

ގިނަ ބައެއްގެ ފާޑުކިޔުން މި ގާނޫނަށް އަމާޒުވެފައިވާއިރު، މިއީ މީޑިއާގެ މިނިވަންކަން ނަގާލުމަށް ވުޖޫދަށް ގެނެވުނު ޤާނޫނެއް ކަމަށް ބުނެ، މިޤާނޫން އުވާލުމަށް ނުވަތަ އިސްލާހު ކުރުމަށް ނިމިގެން ދިޔަ ހަފްތާގައި އީޔޫއިން ރާއްޖެއާ ދެކޮޅަށް ފާސްކުރި ޤަރާރުގައި ވެސް ވަނީ ބުނެފައެވެ.

2016 ވަނަ އަހަރު ފާސްކުރި މިޤާނޫނުގެ ދަށުން މިފަހަރު ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެއެވެ.

"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" ދަށުން މީގެ ކުރިން 2 ފަހަރެއްގެ މަތިން ރާއްޖެޓީވީ ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ ދެ ލައްކަ ރުފިޔާއިންނެވެ. އަދި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކި ދުވަހު ދެވަނަ ފަހަރަށް ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ އެއް މިލިއަން ރުފިޔާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް