12 ޑިސެންބަރު 2017 | އަންގާރަ | 3 މުލަ

ސްރީ ލަންކާއިން ސީރީސް ކާމިޔާބުކޮށްފި

  • ފުރަތަމަ ޓެސްޓް މެޗު ސްރީ ލަންކާއިން ކާމިޔާބު ކޮށްފައިވަނީ 21 ލަނޑުން
  • ދެވަނަ މެޗު ސްރީ ލަންކާއިން ކާމިޔާބު ކުރީ 68 ލަނޑުން
  • މިއީ ޔޫއޭއީއަށް ޓެސްޓް ސީރީސްގެ މެޗުތައް ޕާކިސްތާނުން ބަދަލުކުރި ފަހުން އެ ޓީމު ޓެސްޓް ސީރީސް އަކުން ބަލިވި ފުރަތަމަ ފަހަރު

| | | @Saaif80 | |ޕާކިސްތާނާއި ސްރީ ލަންކާ ކުޅުނު ދެވަނަ މެޗުގެ ތެރެއިން -- ފޮޓޯ:ގޫގުލް

ޕާކިސްތާނާއި ސްރީ ލަންކާއާ ދެމެދު ކުރިޔަށް ދިޔަ ޓެސްޓް ކްރިކެޓް ސީރީސް ސްރީ ލަންކާއިން ކާމިޔާބު ކޮށްފިއެވެ.

"ޕާކިސްތާން ވީ ސްރީ ލަންކާ ޓެސްޓް ސީރީސް 2017" ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްފައިވަނީ ސްރީ ލަންކާއިންނެވެ. މި ޓެސްޓް ސީރީސްގައި ކުޅެން ހަމަޖެހިފައިއޮތީ ތިން މެޗު ކަމުގައި ވިޔަސް ސްރީ ލަންކާ ދެ މެޗުން މޮޅުވުމާއެކު އެ ޓީމުން ވަނީ މި ސީރީސް ތިންވަނަ މެޗަކަށް ނުގެންގޮސް ސީރީސް ކާމިޔާބު ކޮށްފައެވެ.

އަބޫ ދާބީގެ ޝެއިހް ޒައިދް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ޓެސްޓް މެޗު ސްރީ ލަންކާއިން ކާމިޔާބު ކޮށްފައި ވަނީ 21 ލަނޑުންނެވެ. ފުރަތަމަ އިނިންގްސް ގައި ޓޮސް ދިމާވެގެން ކުޅެންއަރާ ސްރީ ލަންކާއިން ވަނީ 155 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 419 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ސްރީ ލަންކާއިން އެންމެ ރަނގަޅަށް ބެޓްކުރީ 372 ބޯޅައިން 155 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ދިނޭޝް ޗަންދިމާލްއެވެ.

ޖަވާބުގައި ކުޅެންއަރާ ޕާކިސްތާނުން ވަނީ 163 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 422 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް ބެޓް ކުރީ 226 ބޯޅައިން 85 ލަނޑު ހެދި އަޒްހަރު އަލީއެވެ.

ދެވަނަ އިނިންގްސްގައި ކުޅެންއަރާ ސްރީ ލަންކާއިން ވަނީ 66 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ލަންކާއިން އެންމެ ރަނގަޅަށް ބެޓް ކުރީ 76 ބޯޅައިން 40 ލަނޑު ހެދި ނިރޯޝަން ޑިކްވެއްލާއެވެ. ޖަވާބުގައި ކުޅެންއަރާ 48 އޯވަރުގެ ތެރޭގައި ޕާކިސްތާނަށް ހެދިފައި ވަނީ 144 ލަނޑެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 69 ބޯޅައިން 34 ލަނޑު ހެދި ހާރިސް ސޮހައިލްއެވެ.

މި ޓެސްޓް ސީރީސްގެ ދެވަނަ މެޗު ސްރީ ލަންކާއިން ކާމިޔާބު ކުރީ 68 ލަނޑުންނެވެ. ފުރަތަމަ އިނިންގްސްގައި ޓޮސް ދިމާވެގެން ކުޅެންއަރާ ލަންކާއިން ވަނީ 160 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 482 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 405 ބޯޅައިން 196 ލަނޑު ހެދި ކަރުނަޓްރާނޭއެވެ. ޖަވާބުގައި ކުޅެންއަރާ 90 އޯވަރުގެ ތެރޭގައި ޕާކިސްތާނަށް ހެދިފައި ވަނީ 262 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 128 ބޯޅައިން 59 ލަނޑު ހެދި އަޒްހަރު އަލީއެވެ.

ދެވަނަ އިނިންގްސްގައި ލަންކާއިން ވަނީ 26 އޯވަރުގެ ތެރޭގައި 96 ލަނޑު ހަދާފައެވެ. ލަންކާގެ މެންޑިސް 49 ބޯޅައިން 29 ލަނޑު ހެދިއިރު ޖަވާބުގައި ކުޅެންއަރާ 90 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް ހެދިފައިވަނީ 248 ލަނޑެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓްކުރީ 176 ބޯޅައިން 112 ލަނޑު ހެދި އަސަދު ޝާފިގްއެވެ.

2009 ވަނަ އަހަރު ލާހޯރުގައި ސްރީ ލަންކާގެ ޓީމުގެ ބަހަށް ބަޑިން ހަމަލާ ދިން ފަހުން ޕާކިސްތާނުން އަމިއްލަ ގައުމުގައި ޓެސްޓް ސީރީސް މެޗުތަށް ކުޅެފައެއް ނުވެއެވެ. މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ޓެސްޓް ސީރީސްގެ މެޗުތައް ޕާކިސްތާނުން ބަދަލުކުރި ފަހުން އެ ޓީމު ޓެސްޓް ސީރީސް އަކުން ބަލިވި ފުރަތަމަ ފަހަރެވެ.  

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ