22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

މާފުށި ޖަލު

ގައިދީއަކު މަރުވުމާއިއެކު މާފުށީ ޖަލުގައި މެޑިކަލް ޕޯސްޓެއް ހަދަން އަނެއްކާވެސް އިއުލާންކޮށްފި

  • މިއީ ޖަލުގައި މެޑިކަލް ޕޯސްޓެއް ހަދަން އިއުލާންކުރި 6ވަނަ ފަހަރު
މިއުވާން މުހައްމަދު | @Miuvaan

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 17:49 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


މާފުށި ޖަލު -- ރާއްޖެއެމްވީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދާދިފަހުން ނިޔާވި އަބްދުލް ރަޝީދު ނިޔާވީ ކަރެކްޝަނަލް ސަރވިސަސްގެ އިހުމާލުން ކަމަށް ތުހުމަތުކުރެވިފައިވަނިކޮށް، ޖަލުގެ އިމަރޖެންސީ މެޑިކަލް ޕޯސްޓް އަދި ކްރައިސިސް ކެއަރ ހޭންޑްލިން ޔުނިޓްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން 6 ވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލާފައި ވަނީ 2016ވަނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އަދި އެބީލަން ބާޠިލްކޮށް އަލުން 21 ޖުލައި 2016 ގައި ބީލަމަށް ހުޅުވާލީ ކުރީ ފަހަރު އަންދާސީ ހިސާބު ހުށަހެޅީ 2 ފަރާތަކުން ކަމަށް ވާތީއެވެ. މިމަސައްކަތަށް 3ވަނަ ފަހަރަށް އަންދާސީ ހިސާބު ހުށަހަޅަން 2016 ޑިސެމްބަރު 1ވަނަ ދުވަހު ހުޅުވާލީ ކުރިން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލުމުން ބީލަން ކާމިޔާބު ކުރި ފަރާތަށް އެމަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށް ބުނެއެވެ. ފުރަތަމަ 3 ފަހަރު ކަރެކްޝަނަލް ސަރވިސަސްއިން އިއުލާންކުރީ މެޑިކަލް ޕޯސްޓް އިމާރަތް ކުރުމަށެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު އިމަޖެންސީ މެޑިކަލް ޕޯސްޓް އަދި ކްރައިސިސް ކެއަރ ހޭންޑްލިންގް ޔުނިޓެއް ހެދުމަށް ބީލަމަށް ހުޅުވާލިއެވެ. އަދި ސަބަބު ބަޔާން ކުރުމެއް ނެތި ހަމަ އެބީލަމަށް އަނެއްކާ ވެސް 28 މެއިގައި ހުޅުވާލިއެވެ. އަދި 6 ވަނަ ފަހަރަށް މިކަމަށް އޮކްޓޯބަރު 12ގައި ބީލަން ހުޅުވާލާފައިވަނީ އެންމެ ފަހުން ކުރި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ދިޔައީ އެންމެ ފަރާތަކުން ކަމަށް ވާތީ ކަމަށް ކަރެކްޝަނަލް ސަރވިސަސްގެ އިއުލާނުގައިވެއެވެ.

ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ޤައިދީންގެ ބޭސްފަރުވާގެ ކަންކަން ދޯދިޔާކަމުގެ ޝަކުވާގެ ޤައިދީންގެ އާއިލާތަކުން ގެންދަނީ ކެނޑިނޭޅި ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް