22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

"އަބުރުފުޅު" ފަންޑް

"އަބުރުފުޅު" ފަންޑަށް ފަންޑް ރެއިޒް ކުރުމަށް ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ވިއްކަނީ!

  • މި ފަހަރު ރާއްޖެޓީވީ ޖޫރިމަނާކުރީ ފަސްލައްކަ ރުފިޔާއިން
  • ބޮޑެތިމީހުންގެ ޓީޝާޓެއް 300ރ. އަށް އަދި ކުޑަކުދިންގެ ޓީޝާޓް 200ރ. އަށް މިހާރު ރާއްޖެޓީވީން ލިބެން ހުންނާނެ
އާމިނަތު ނުޒުހާ | nuzu8121

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 17:45 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ރާއްޖެޓީވީން މިހާރު ލިބެން ހުންނާނެ -- ރާއްޖެއެމްވީ ފޮޓޯ : އާމިނަތު ނުޒުހާ

"އަބުރުފުޅު" ފަންޑަށް ފަންޑް ރެއިޒް ކުރުމަށް ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ވިއްކަންފަށައިފިއެވެ.

 

ރާއްޖެޓީވީގެ މެނޭޖްމެންޓުން ބުނީ، މިއީ  ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރިކަމަށް ބުނެ، ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން ފަންޑް ހޯދުމަށް ރާއްޖެޓީވީން ކުރިއަށްގެންދާ ހަރަކާކާތްތަކުގެ ބައެއް ކަމަށެވެ.

 

ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ، ރާއްޖެޓީވީއަށް އެކި ގޮތްގޮތުން އެހީވުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި އެހީވުމަށް އެކި ރަށްރަށުގައި ފަންޑްފޮށި ބަހައްޓައިގެންވެސް ހަރަކާތްތައް ހިންގިދާނެ ކަމަށެވެ. އަދި ހަރަކާތެއް ރާވަން ބޭނުންވާ ފަރާތްތަކުން، ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި ރައްޖެޓީވީއަށް އެހީވުމަށް ކޮންމެ ބޭފުޅަކުވެސް ޓީޝާޓެއް ބައްލަވައިގަތުމަށް މެނޭޖްމެންޓުން އެދެއެވެ.

 

އެގޮތުން ބޮޑެތިމީހުންގެ ޓީޝާޓެއް 300ރ. އަށް އަދި ކުޑަކުދިންގެ ޓީޝާޓް 200ރ. އަށް މިހާރު ރާއްޖެޓީވީން ލިބެން ހުންނާނެއެވެ.  

މީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ނައްތާލާ ވުޖޫދުން ފުހެލުމަށް ކުރާ މަސައްކަތެއް ކަމަށް ރާއްޖެޓީވީން ދެކެއެވެ. އެހެން ނަމަވެސް އެފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބެލުމެއް ނެތި ރާއްޖެޓީވީ ފަހަތަށް ނުޖެހިކުރިއަށް ދާނެކަމުގައި މެނޭޖްމެންޓުން ބުނެއެވެ. އަދި މިހާތަނަށް ވެސް ރާއްޖެޓީވީއާއިމެދު ރައްޔިތުން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް