24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

މާރާމާރި

ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

 • މިމާރާމާރީގައި 3 ކުއްޖެއްގެ ގަޔަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި
 • ހާލު ސީރިއަސްވެފައިވަނީ ގއ ކަނޑުހުޅުދޫ ރީލްމަންޒިލް އުމުރުން 15 އަހަރުގެ ނާސިއު ހަނީފް
 • އޭނާއަށް ދަނީ ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުން
އަހުމަދު މުހުސިނު | dhonbandaara

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 16:54 | |

މަގުބޫލް

 1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 3. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ފުލުހުންގެ އިންވެސްޓިގޭޝަނަށް މަގު ބަންދުކޮށްފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އައްވަޓެރި ސްރީލަންކާގައި ދިވެހިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ދިވެހި ކުޑަކުއްޖެއްގެ ގަޔަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ހާލު ސީރިއަސްވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި 3 ކުއްޖެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ކަތުރެއް ހެރުމުގެ ސަބަބުން އެއްކުއްޖެއްގެ ހާލު ވަނީ ސީރިއަސް ވެފައެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތުރަކުން ހަމަލާ ދިނުމުގެ ސަބަބުން ހާލު ސީރިއަސްވެފައިވަނީ ގއ ކަނޑުހުޅުދޫ ރީލްމަންޒިލް އުމުރުން 15 އަހަރުގެ ނާސިއު ހަނީފެވެ.

ނާސިއު ހަނީފްގެ އާއިލާއިން ރާއްޖެ އެމްވީއަށް ބުނީ އޭނާ ގަޔަށް ކަތުރެއް ހަރާފައިވަނީ ސްކޫލުގައި އޮތް ކޮންސެޓެއްގެ ރިހާސަލް އަކަށް ގޮސް އުޅެނިކޮށް އެސްކޫލްގައި ކިޔަވާ އެހެން ދިވެހިން ކުދިން ތަކަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ.

ނާސިއުގެ އާއިލާއިން ބުނީ ދަރިފުޅުގެ ހާލު ވަރަށް ސީއަރިއަސް ކަމަށެވެ.

ލަންކާގައި ހުންނަވާ ދިވެހި އެމްބެސެޑަރ މަހައްމަދު ހުސައިން ޝަރީފް (މުންދު) ރާއްޖެ އެމްވީއަށް ވިދާޅުވީ ނާސިއުގެ ބުރަކައްޓަށް ހަރާފައިވަނީ ކަތުރެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާއަށް ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. އަދި އެހާދިސާގައި ޒަޚަމްވެފައިވަނީ ދިވެހި ދެކުދިންނާއި ލަންކާ ކުއްޖެއް ކަމަށްވެސް މުންދު ވިދާޅުވިއެވެ

މުންދު ވިދާޅުވީ ނާސިއުގެ ހާލު ސީރިއަސް ނަމަވެސް ފުރާނައަށް ނުރައްކާވާވަރުގެ ޒަޚަމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އެކުދިންގެ މެދުގައި ދެބަސްވުމެއް ހިނގައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށް އެކުދިންގެ އާއިލާތަކުން ބުނެފައިވާކަމަށެވެ. އަދި ހާލު ސީރިއަސްވެފައިވާ ނާސިއު އަކީ ސޯސަންވިލާއަށް އަންނަ ކުއްޖެއް ކަމަށާއި އޭނާއަކީ އޚްލާގް ދަށް ކުއްޖެއް ނޫންކަމަށް އެތަނުގައި އުޅޭ ޓީޗަރުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް