26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ފިލިޕޭ ކުޓީނިއޯ

ޖެނުއަރީ މަހު ކުޓީނިއޯ ހޯދަން އަނެއްކާ ވެސް ދާނަން: ބާސާގެ ސީއީއޯ

  • ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުޓީނިއޯ ހޯދުމަށް ބިޑް ކޮށްފަ
  • ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ގަތުމަށް ބާސާއިން ބިޑު ކުރާނެ
  • ބާސާއިން ވަނީ 897 މިލިއަން ޔޫރޯގެ ބަޖެޓަކާއެކު މި ސީޒަނަށް އެ ކްލަބުގެ ރެކޯޑު ބަޖެޓެއް ފާސް ކޮށްފަ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 16:39 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ލިވަޕޫލްގެ މިޑްފީލްޑާ ކުޓީނިއޯ -- ގޯލް.ކޮމް

އަންނަ ޖެނުއަރީ މަހު އަނެއްކާ ވެސް ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ހޯދަން މަސައްކަތް ކުރާނެ ކަމަށް ބާސެލޯނާގެ ސީއީއޯ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ބާސާއިން ވަނީ ކުޓީނިއޯ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބާސާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުޓީނިއޯ ހޯދުމަށް ބިޑް ކޮށްފައެވެ. އެހެނަސް ލިވަޕޫލްއިން ވަނީ ބާސާއިން ކުޓީނިއޯ ގަތުމަށް 125 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ބާސާގެ ބިޑު އަނބުރާ ފޮނުވާލާފައެވެ.  

އެހެނަސް ބާސާގެ ސީއީއީ އޮސްކާ ގްރާއު ބުނެފައިވަނީ އަންނަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ގަތުމަށް ބާސާއިން ބިޑު ކުރާނެ ކަމަށެވެ. އޭނާ ބުނެފައި ވަނީ ކްލަބުގެ ޓެކްނިކަލް ސްޓާފުން ކުޓީނިއޯ ވިޔަސް ނުވަތަ އެހެން ކުޅުންތެރިޔަކު ގަންނަން އެދުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ތިބި ކަމަށާއި އެހެން ނަމަވެސް ޓްރާންސްފާ މާކެޓުގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާނީ ވަރަށް ވިސްނުންތެރި ކަމާއި ރޭވުންތެރި ކަމާއެކު ކަމަށެވެ. އަދި ނޭމާ ޕީއެސްޖީ އަށް ބަދަލުވި ޓްރާންސްފާގެ މަތިން ހަދާން ނައްތާލަން ޖެހޭނެ ކަމަށާއި އަބަދުވެސް ބާސާގެ ވިސްނުން ހުންނަނީ ސީޒަނުގައި ކުރިޔަށް ހުރި ދުވަސްތަކަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ހަމައެހެންމް ބާސާއިން ވަނީ 897 މިލިއަން ޔޫރޯގެ ބަޖެޓަކާއެކު މި ސީޒަނަށް އެ ކްލަބުގެ ރެކޯޑު ބަޖެޓެއް ފާސް ކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ބާސާއިން ވަނީ 708 މިލިއަން ޔޫރޯއާއެކު ރެކޯޑު އަދަދެއްގެ ފައިދާ ހޯދާފައެވެ.

ބާސާގެ ޑިރެކްޓާ އަލްބާޓޯ ސޯލާ މީގެ ކުރިން ބުނެފައިވަނީ ކުޓީނިއޯގެ އަގެއްގެ ގޮތުން 200 މިލިއަން ޔޫރޯ ހުށަހެޅުމަށް ލިވަޕޫލްއިން އެދުނު ކަމަށާއި އެހެނަސް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެހާ ބޮޑު އަދަދެއް ހުށަހަޅަން ބޭނުންނުވީ ކަމަށެވެ.

އެހެނަސް އޮސްކާ ގްރާއުގެ މި ވާހަކަތަކާއެކު ބޮޑަށް ބެލެވެނީ ފިނި މޫސުމުގެ ޓްރާންސްފާގައި ބާސާއިން އަލުން އެނބުރި ކުޓީނިއޯ ހޯދުމަށް ބިޑު ކުރަން ތައްޔާރު ވަމުންދާ ކަމެވެ. ބާސާއިން ކުޓީނިއޯ ގަންނަން އަނެއްކާވެސް ބިޑް ކުރަން ނިންމާފައިވާ އިރު އޭނާ ވަނީ 2022 ވަނަ އަހަރާ ހަމަޔަށް ލިވަޕޫލްއާއެކު ކޮންޓްރެކްޓް ހަދާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް ހަތް މެޗު ކުޅެފައިވާ އިރު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެންމެ ކުރީގައި އޮތް މެންޗެސްޓާގެ ދެ ޓީމަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. ކުޓީނިއޯއަށް ސީޒަނުގެ ކުރީކޮޅުގައި ފުރުސަތު ނުދިން ނަމަވެސް އޭނާ ވަނީ އެނބުރި އައިސް ކުޅުނު ތިން މެޗުގައި ލިވަޕޫލްއަށް ދެ ލަނޑު ޖަހައިދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް