26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

އެފްޕީއައިޑީ އެއާމޯލްޑިވްސް

އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި

  • އެފްޕީއައިޑީގެ ޚިޔާނާތް ހިންގާފައިވަނީ 1990 ވަނަ އަހަރު
  • އެއާމޯލްޑިވްސް ބަނގުރޫޓް ވެގެން ހުއްޓާލީ 2000 ވަނަ އަހަރު
  • ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 15:28 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


އެއާމޯލްޑިވްސްގެ ފްލައިޓެއް، ކުންފުނީގައި އެއާބަސްގެ ފަސް ފްލައިޓް އޮތް -- ހަވީރު

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕިލިމެންޓޭޝަން ޑިޕާޓްމެންޓް (އެފްޕީއައިޑީ) އާއި އެއާމޯލްޑިވްސް ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއިން ބުނެފިއެވެ.

ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ޗެއަރ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި މީގެ 18 ވަރަކަށް އަހަރުގެ ކުރިން ހިނގާފައި ހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެގޮތުން އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ގުޅުންހުރި މައްސަލަތައް ފާހަގަކުރައްވާ ކަމަށެވެ.

އަޒްލީން ވިދާޅުވީ އެފްޕީއައިޑީއާއި އެއާމޯލްޑިވްސްގެ މައްސަލައާ ގުޅިގެން އެކި މުއައްސަސާތަކުން މައުލޫމާތާއި ލިޔެކިޔުންތައް ހޯދަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މައްސަލަ ދިރާސާކުރުމުގެ މަރުހަލާ ކަމަށާއި ކުރިއަށްދާނެ ގޮތެއް ނިންމާނީ އެ މަރުހަލާއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނުގެ ތަހުގީގަށް ފެންނަ ގޮތެއްގެ މަތިން މި ދެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ނިންމައި ދައުލަތުގެ ފައިސާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް އަޒްލީން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދެ މައްސަލައަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވާ ދެ މައްސަލައެވެ.

"މި ދެ މައްސަލައިގައި ހިމެނޭ ޖުމްލަ އަދަދުގެ ފައިސާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނާ ކޮމިޝަންގެ ފަރާތުން ބައްދަލުކުރާ ބައްދަލުކުރުމުގައި ހާމަކުރެވޭނެ ވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މި ބެލެވެނީ އެހެންވީމާ މިހާރު އެ ދެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު ދަންނަވަން އަޅުގަނޑަށް ދަތި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިޝަނަށް މިހާތަނަށް ބެލިފައިވަނީ 1999 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިމެނުނު ބައެއް މައްސަލަތައް ކަމަށެވެ. އަދި އެއަށްވުރެ "މުސްކުޅި" މައްސަލަތައްވެސް އެބަހުރި ކަމަށާއި އެ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފްޕީއައިޑީ ޚިޔާނާތުގެ މައްސަލަ ފެންމަތިވެފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 1990 ވަނަ އަހަރުއެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރިއެވެ.

އެއިރު އެފްޕީއައިޑީ ހިންގަމުން އައީ އެސްޓީއޯގެ ދަށުންނެވެ. އިލްޔާސް އިބްރާހިމް އަކީ އެސްޓީއޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެއާމޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައަކީ ވެސް ރައީސްގެ މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މައްސަލައެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރު އުފެއްދި އެއާމޯލްޑިވްސް އަކީ ރާއްޖޭގެ ފުރަތަމަ ގައުމީ އެއާލައިނެވެ. 

ދިވެހި ސަރުކާރުގެ 51 ޕަސެންޓް ހިއްސާއާއި ނަލޫރީ ބަރުހާދު (މެލޭޝިއާ އެއާލައިންގެ މައި ހިއްސާދާރު) ގެ 49 އިންސައްތަ ހިއްސާ އޮތް އެއާ މޯލްޑިވްސް ބަނގުރޫޓުވެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލާފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2000 ވަނަ އަހަރުއެވެ.

އެއާމޯލްޑިވްސް ބަނގުރޫޓުވިއިރު، ގާތްގަނޑަކަށް 69.2 މިލިއަން ޑޮލަރު، (ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ) ގެ ގެއްލުން ކުންފުންޏަށް ވެފައިވެއެވެ. އެއާމޯލްޑިވްސްގެ ރަން ދުވަސްވަރު އެ އެއާލައިނުން ޔޫރަޕްގެ ގައުމުތަކަށްވެސް ދަތުރުކޮށްފައިވެއެވެ. އެގޮތުން ފްރާންސާއި، ޖަރުމަނާއި، އިނގިރޭސިވިލާތާ ރާއްޖެ ވައިގެ މަގުން ގުޅާލިއެވެ. މީގެ އިތުރުން އޭޝިއާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ދަތުރުކޮށްފައިވެއެވެ.

އެއާ މޯލްޑިވްސްގައި އެއާބަސް އޭ300ގެ ދެ ފްލައިޓާއި، އެއާބަސް އޭ310 ގެ ތިން ފްލައިޓް އޮތެވެ. އަދި ޑޭޝް8 ގެ ފްލައިޓަކާއި ޑޯނިއާ 228ގެ ދެ ފްލައިޓާއި، ކޮންވްއެއާ 440 ގެ ދެ ފްލައިޓުގެ އިތުރުން ސްކައިވޭންގެ ފްލައިޓެއް އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް