20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39

ފުލުހަކަށް ހަމަލާ ދިނުން

ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް

  • ފުލުހުން ވަނީ މިފަދަ މައްސަލައެއް ބަލާކަން ކަށަވަރުކޮށްދީފަ
  • ފުލުސް މީހާ ޝަހީބު ފަހާ ދުއްވައިގަތީ ކަތުރެއް ހިފައިގެން
  • ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައި
މުހައްމަދު ފަޒީން | phaxyn

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 15:08 | |

މަގުބޫލް

  1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު (މެދުގައި) -- ޓްވިޓަރ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަ ކުރަން ބޭނުންނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުސް މީހާ ހުށަހެޅި އެ މައްސަލަ ބަލަމުންދާއިރު، ޝަހީބު ވެސް  މައްސަލަ ހުށަހަޅުއްވާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބު ހުށަހެޅުއްވީ އޭނާއަށް ފުލުސް މީހާ ހަމަލާދިން ކަމަށް ވިދާޅުވެ އެ މައްސަލައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިވަގުތު އެމައްސަލައާ ގުޅިގެން އެއްޗެއް ހާމަ ކުރެވެންނެތް ކަމަށެވެ.  

ފުލުސް މީހާ އެމައްސަލަ ހުށަހަޅާފައި ވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. 

ޝަހީބާއި ފުލުހަކާ ދެމެދު ހިނގި އެ ހަމަނުޖެހުމުގެ މަންޒަރު ފެނުނު މީހަކު ބުނީ ސޯސަންމަގު އެމްޑީޕީ އޮފީސް ކައިރީ ހުންނަ ގެއަކަށް ޝަހީބު ވަޑައިގެންނެވި ކަމަށާއި އެ ގެއަށް ވަދެވަޑައިގެންނެވިތާ އިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ދުވެވަޑައިގަންނަވަމުން ނިކުންނެވި މަންޒަރު ކަމަށެވެ.

ޝަހީބުގެ ފަހަތުން އެހެން މީހަކު ކަތުރެއް ހިފައިގެން އެގެއިން ދުވެފައި ނިކުތް މަންޒަރު ފެނުނު ކަމަށާއި ޝަހީބާއި އެ މީހާއާ ދެމެދު ހަމަނުޖެހުން ހިނގި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބުގެ ފަހަތުން ކަތުރެއް ހިފައިގެން ދިޔައީ ފުލުހުންގެ ސްޕަޝަލް އޮޕަރޭޝަންސް(އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހެކެވެ.

މިކަމާ ގުޅޭ ގޮތުން ޝަހީބުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީއިން މަސައްކަތް ކުރި ނަމަވެސް، ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރާއްޖެއެމްވީއިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައިނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް