17 އޮކްޓޯބަރ 2017 | އަންގާރަ | 14 ހިތަ

ރާއްޖެޓީވީން ރޯކޮށްލުމުގެ މައްސަލައިގެ ފަހަތުގައި ތިބި މީހުން އެނގޭ ކަމަށް މުސްތަފާ ވިދާޅުވި މައްސަަލަ ފުލުހަށް ހުށަހަޅައިފި

  • މި މައްސަލަ ހުށަހަޅާފައިވަނީ މުސްތަފާ ދެއްކެވި ވާހަކަތަކަކަށް ބިނާކޮށްް
  • ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ބެލުމަށް ވަނީ އެދިފަ
  • ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ކުރަމުންދާ އިރު އިންސާފު ހޯދަދޭން ޖެހޭ

| | | FathimathShana | |



ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ސީސީޓީވީ ފޫޓޭޖުގެ ފޮޓޯއެއް -- ފޮޓޯ:ރެޑް ބުލް

ރާއްޖެޓީވީ ރޯކޮށްލުމުގެ ފަހަތުގައި ތިބި މީހުން އެނގޭ ކަަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސްކޮށް، ރާއްޖެޓީވީން ހުށަހެޅި މައްސައިގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 07 ގައި ރާއްޖެޓީވީ ރޯކޮށްލީ، ލިބެމުންދިޔަ އިންޒާރުތަކުގެ މައްސަލަ ޕޮލިހަށް ހުށަހަޅައި، ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ގޮތުން ފުލުސް އޮފީހުގެ ފަރާތުން އެޅުއްވެން އޮތް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް އެދިފައިވަނިކޮށެވެ.

މި މައްސަލައަށް ހަތަރު އަހަރު ވެގެންދިޔަ އިރު އިންސާފެއް ނުލިބޭ ކަމަށް ރާއްޖެޓީވީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަަލައިގެ އަޑީގާ ތިބި ބައެއް ނުހޯދޭ އިރު  ސަރުކާރަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު ރާއްޖެޓީވީން ވަގުތުން ގެނެސްދިން އިވެންޓެއްގައި ވިދާޅުވި ވާހަކަތަކަކީ ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގެ ހަގީގަތް ހޯދަން ބާރު ލިބޭނެ ވާހަކަަތަކެއް ކަމަށް ރާއްޖެޓީވީއަށް ފުލުހަށް ފޮނުވި ސިޓީގައި ހާމަކޮށްފަ އެވެ. މުސްތަފާ ދެއްކެވި  ވާހަކަތަކަކީ ތަހުގީގަށް މުހިއްމު ލީޑްތަކެއް ލިބިދާނެ ވާހަކަތަކެއް ކަމަށް ރާއްޖެޓީވީއަށް ގަބޫލު ކުރެވޭ ކަމަށާއި މުސްތަފާ ވިދާޅުވި ވާހަކަފުޅުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލައިވައި ދިނުމަށް އެދޭ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

ސިޓީ ފުލުސް އޮފީހަށް ހުށަހެޅުމަށްފަހު ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު، ރާއްޖެޓީވީއާ ވާހަކަދައްކަވަމުން، މެންބަރު މުސްތަފާ ރާއްޖެޓީވީ ރޯކޮށްލުމުގެ އަޑީގައި ތިބި ބައެއް އެނގޭކަމަށް ވިދާޅުވި މައްސަލަ ހުށަހެޅީ ރާއްޖެޓީވީއަށް އިންސާފު ހޯދުމަށް ކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތަކަކީ، އެކަމުގައި ބޭރު ފުށުން ފެންނަން ތިބޭ ޒުވާން ދެތިން ކުއްޖަކު، އެކުވެގެން ކުރާ ކަމަކަށް ވުރެ ބޮޑަށް ބާރުގަދަ ބަޔަކު އަޑީގައި ތިބގެނެް ދުރާލާ ހިންގާ ޖަރީމާއެއް ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ އިރު އިންސާފު ހޯދައި ދިނުމަށް އެކަށީގެންވާ ހަލުއި މިނެއްގައި މަސައްކަތްތައް ކުރިއަށް ނުދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި ރާއްޖެޓީވީއަށް ވަނީ 11.65 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ