26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

އެސެޓް ރިކަވަރީ ކޮމިޝަން

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

 • ބަލާނިމިފައިވާ މައްސަލަތަކުން ލިބެންޖެހޭ އަދަދު 802.6 މިލިއަނަށް އަރާ
 • ބަލަމުންދާ މައްސަލަތަކުން ލިބެންޖެހޭ އަދަދު 12.6 ބިލިއަނަށް އަރާ
 • މިއީ ހަމައެކަނި ފަސް މިލިއަނަށް ވުރެ ބޮޑެތި އަދަދުތަކުގެ ފައިސާ ހިމެނޭ މައްސަލަތައް
އަޒުމޫން އަހުމަދު | azmoon_ahmed

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 14:13 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
 6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުންތައް، ކޮމިޝަން އުފައްދާފައިވަނީ އެއްއަހަރުގެ މުއްދަތަކަށް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޚިޔާނާތުގެ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން ޖުލައި މަހުގެ ތެރޭގައި އުފެއްދި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އިން ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު ފުރަތަމަ ފަހަރަށް ވަނީ ހިއްސާކޮށްފަ އެވެ. 

ކޮމިޝަނުގެ ޗެއަރ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ކޮމިޝަނުން ފުރަތަމަ ބަލަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފަސް މިލިއަނަށް ވުރެ ބޮޑެތި އަދަދުތަކުގެ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަތައް ބަލާ ނިންމުމަށް ފަހު ފަސް މިލިއަނަށް ވުރެ ކުޑަ އަދަދުތަކުގެ ފައިސާގެ މައްސަލަ ކޮމިޝަނުން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ކަމާބެހޭ އިދާރާތަކުން ބަލާނިމިފައި ހުރި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 802.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އަދި މުއައްސަސާތަކުން މިހާރު ވެސް ބަލަމުންދާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 12.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން މައްސަލަތައް ބެލުމުގައި ފިނޭންސް މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޮރިޓީ(މީރާ) އާއި، ފުލުހުންގެ އިދާރާއިން މައުލޫމާތު އެއްކޮށްފައިވާނެ ކަމަށެވެ. 

އަޒްލީން ވިދާޅުވި ގޮތުގައި ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އޭސީސީ އިން ބަލާނިމިފައިވާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު  776.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޖުމްލަ 12.3 ބިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެއް އޭސީސީއިންނާއި ފިނޭންސް މިނިސްޓްރީއިން މިހާރު ވެސް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަޒްލީން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑެތި އަދަދުތަކުގެ ގިނަ މައްސަލަތަކަކީ ކުރީގެ ސަރުކާރުތަކުގެ ތެރެއިން ނުބެލި "ޕާކް" ކުރެވިފައި ހުރި މައްސަލަތަކެއް ކަމަށާއި އެހެންނަމަވެސް، ރައީސް ޔާމީން ކޮމިޝަނެއް އުފެއްދެވީ ދައުލަތަށް ގެއްލިފައިވާ ފައިސާ އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

އަޒްލީން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދި ގިނަ ދުވަސްތަކެއް ވެގެންދިޔައީ ކުރީގެ ސަރުކާރުތަކުން އެކަމާ އަޅާނުލުމުގެ ސަބަބުން ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދައި ހުރުމަކީ ދައުލަތަށް ތަހައްމަލް ކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ.

"ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ގިނަ ކަމާއި މިފަދަ މައްސަލަތަކުން ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އެދެވޭ ސްޕީޑެއްގައި ގޮސްފައިނުވާކަން ހިތާމައާއެކު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ފަސް މިލިއަނަށް ވުރެ މަދު އަދަދެއްގެ ފައިސާ ހިމެނޭ މައްސަލަތައް ވަރަށް ގިނަ ކަމަށާއި އެ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު މިހާތަނަށް އަދި ބެލިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ވަރަށް ބޮޑު އަދަދަކުން އެ ފައިސާ ވެސް ދައުލަތަށް ލިބެންޖެހޭ ކަމަށް ތަސައްވަރު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގައި ހޯމް މިނިސްޓަރު އަހްމަދު އަޒުލީންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުޖްތާާޒާއި، ޚަދީޖާ ޙުސައިންއާއި، ޑޮކްޓަރ އިބްރާހީމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމް(ރޭނީޒް ސަލީމް) އެވެ. މި ކޮމިޝަނަކީ އެއް އަހަރުގެ މުއްދަތަކަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

މި ކޮމިޝަންގެ މަގުސަދުގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް