24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އުރީދޫ ދިވެހި ޕްރިމިއާ ލީގު

ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި

 • އެފްއޭއެމްއިން ވަނީ ކުޑަހުވަދޫގެ ޓީމު 25 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ
 • އެއީ މިލަންދޫއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި މެޗު ނުކުޅެ ކުޅުންތެރިން ދަނޑުން ފޭބުމުން
 • މިއީ މި ސީޒަނުގައި ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުން ހުއްޓާލައިގެން ކްލަބަކަށް އަދަބު ދިން ދެވަނަ ފަހަރު
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 07:19 | |

މަގުބޫލް

 1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 3. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ކުޑަހުވަދޫގެ ކުޅުންތެރިން ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަަދަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ކުޑަހުވަދޫ ޓީމު ޖޫރިމަނާކޮށް އިންޒާރުދީފިއެވެ.

މި ނިމުނު ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި މިލަންދޫއިން ދެވަނަ ލަނޑު ޖެހުމާ އެކު ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހި، ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑުން ފޭބުމަށް އިޝާރާތް ކުރުމުން އެ ޓީމު ކުޅުންތެރިން މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވަނީސް ދަނޑުން ފޭބިއެވެ. އަދި މިހެން ކަންހިނގުމާއެކު ކުޑަހުވަދޫގެ ޓީމުގެ މެނޭޖަރު އިސްމާއިލް މައުރޫފްއަށް ތަކުރާރުކޮށް އަލުން މެޗު ކުރިއަށް ގެންދިޔުމަށް އެންގުމުން ވެސް އޭރު މެޗުގެ ރެފްރީގެ ގޮތުގައި ހުރި ރެފްރީއާ އެކު މެޗު ކުރިއަށް ނުގެންދާނެ ކަމަށް ބުނެ މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އެ ޓީމުން މެޗު ހުއްޓުވާފައި ވާތީ އެފްއޭއެމްއިން ވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 49 މާއްދާގެ ދަށުން ކުޑަހުވަދޫގެ ޓީމު 25 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި މެޗާ މެދު ގޮތެއް ނިންމާފައި ވަނީ މެޗް ކޮމިޝަނަރޒް ރިޕޯޓާ ރެފްރީސް ރިޕޯޓާއި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑަށް ރިޢާޔަތްކުރުމަށްފަހު ކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ހަމައެހެންމެ އެފްއޭއެމް އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަނުކޮށް ކުޅުން ކުރިޔަށް ގެންދިއުމަށް އެއްވެސް ޓީމަކުން ދެކޮޅު ހަދައިފިނަމަ، ފުޓްބޯޅައިގެ ގަވާއިދުތަށް ތަންދޭ އެންމެ ހަރުކަށި އަދަބު މިފަދަ އަމަލު ހިންގާ ކްލަބުތަކަށް ދޭނެ ކަމަށްބުނެ އާންމު އިންޒާރެއް ދީފައެވެ.

މިއީ މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުން ހުއްޓާލައިގެން ކްލަބަކަށް އަދަބު ދިން ދެވަނަ ފަހަރެވެ. މީގެ ކުރިން ލީގުގައި މާޒިޔާ އަދި ކްލަބް ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗުވެސް ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ. އެ މެޗުގެ ކުޅުން ވެސް ހުއްޓާލަން ޖެހުނީ ގްރީން އިން މެޗުގެ ރެފްރީއާ އެކު އިތުރަށް ކުރިޔަށްދާން ދެކޮޅު ހެދުމުންނެވެ.

އެ މެޗަށް ފަހު އެފްއޭއެމް އިން އިންޑިއާގެ ރެފްރީން ލީގުގައި ބޭނުންކުރަން ފެށިއިރު، މާޒިޔާ އަދި ގްރީން ބައްދަލު ކުރި މެޗުގައި 0-1 ގެ ނަތީޖާއިން މާޒިޔާ ކުރީގައި އޮތުމާއެކު، އެޓީމު މެޗުން މޮޅުވި ކަމަށް ނިންމިއެވެ. އަދި އެފްއޭއެމް އިން ވަނީ 25 ހާސް ރުފިޔާ އިން ގްރީން ޖޫރިމަނާކޮށް، އިންޒާރު ވެސް ދީފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް