26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ފަލަސުރުހީ

ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވޭނެކަން އީޔޫގެ ޤަރާރުން ވަރަށް ސާފުކޮށް އެނގޭ: އީވާ

 • ރިޔާސީ އިންތިޙާބާއި ކައިރިކޮށް ޔޫރަޕްގެ ޤައުމުތަކުންނާއި އިންޑިއާ އަދި އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް ޕްރެޝަރ ކުރާނެ
 • ސަރުކާރު ތަމްސީލުކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުން ތިއްބެވީ ހާސްކަމެއްގެ ތެރޭގައި
 • ހާރިޖީ ސިޔާސަތު ރައީސް ޔާމީން ސައުދީ ސަރުކާރަށް ވިއްކާލާއިފައިވަނީ އަމިއްލަފުޅު ފައިދާއަށް
ސިމާހާ ނަސީމް | sim_kamana

| 12 އޮކްޓޯބަރ 2017 | ބުރާސްފަތި 06:41 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
 6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ -- ރާއްޖެއެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވޭނެކަން އީޔޫގެ ޤަރާރުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބާ ކައިރިކޮށް ޔޫރަޕްގެ ޤައުމުތަކުންނާއި އިންޑިއާ އަދި އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް ޕްރެޝަރ ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ވަފުދަށް ޕްރެޝަރ ކުރާނެކަން ދުރާލާ އެނގިވަޑައިގަތުމުން ދުނިޔެ ޤަބޫލުކުރާ ބާރުތައް އޮންނަ ޤައުމުތަކާއި ޖަމިއްޔާތަކާ އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އީޔޫގެ ޤަރާރުން ވަރަށް ރަނގަޅަށް އިނގޭ ރައީސް ނަޝީދު ބޭނުންވާ އަދި އެ ޕާޓީއަކުން ބޭނުންވާ ކޮންމެ ސިޔާސީ ލީޑަރަކަށް ކުރިމަތިލެއްވޭނެ ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އިނގޭ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސަރުކާރު ތަމްސީލު ކުރައްވަމުންދާ ރައްޔިތުން މަޖިލީސް މެމްބަރުންނަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަން ދެމި ނޯންނާނެ ކަން އެނގޭ ކަމަށެވެ. އަދި ސަރުކާރު ތަމްސީލުކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުން ތިއްބެވީ ހާސްކަމެއްގެ ތެރޭގައި ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ޤާނޫނާ ޙިލާފަށް ރައީސް މަސީހު މަޖިލީހުގައި އިންނަވާކަން ފާހަގަކުރައްވައި އިވާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖްތައް ނުހުއްޓާނެ ކަމަށެވެ.

މަސީހު އަމިއްލަ އިހްތިޔާރުގައި ކަންތައްކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިނުވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަސީހު މަޤާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދުގެ ހާލަތަށް އަލިއަޅުއްވާލައްވައި އީވާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ނުކުރަނީ އިތުބާރު ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ޤައުމުގައި ކޮރަޕްޝަން ގިނަވެފައި ބަލިކަށި ސަރުކާރެއް އޮތުމުގެ ސަބަބުން އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުން ވެސް އެކަންކަން ބަލާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ރައީސް ޔާމީން ސައުދީ ސަރުކާރަށް ވިއްކާލާއިފައި ވަނީ އަމިއްލަފުޅު ފައިދާއަށް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ސައުދީ އަށް ވިއްކާލައިގެން ދިވެހިރައްޔިތުން ބޭނުންވާ އިންވެސްޓްމަންޓް އަންނަ މަންޒަރު ނުފެންނަކަން އީވާ ވަނީ ފާހަގަކުރައްވާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގާހިރު

12 މަސް ކުރިން

ކަމަނާ! އެ ގަރާރުގައި އޮތީ ޕާޓީތަކުން ބޭނުންވާ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތުއޮތްކަން. ފަހަރެއްގައިވެސް ދިވެހިރާއްޖޭގެ ޤާނޫނުތައް މުގުރާލާފައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތަކަށް އެފުރުޞަތު ދޭންޖެހޭނެއެކޭ ނެތް ބުނެފައެއް.. އޮޅުވާލެއްވިއަސް ތިވަރުބޮޑު.

1
0
Thiladhumathy badhavii

12 މަސް ކުރިން

mi ee EU ge gaumeh noon emeehun angaahaa gothakah amalau kuran dhivehin nakah nujeheyne , R. Nasheed minivan koh verikamah kurimathi leveyne goi hadhaifi nama eyge maana aky mi gaumuga meehun vagahnegun huhdha ey. mee lakka vaahaka

1
1